މާލެ: 31°C

ސަނާ ހާން ވިހައިފި

July 5, 2023
8 ފަހަރު ބަލާފައި
ސަނާ ހާން ވިހައިފި
ސަނާ ހާން ވިހައިފި
ކުރީގެ ބޮލީވުޑްގެ ބަތަލާ ސަނާ ހާން އާއި އޭނާގެ ފިރިމީހާ މުފްތީ އަނަސް އަށް އަލަތު ފިރިހެން ދަރިއަކު ލިބިއްޖެއެވެ. ކުޑަ އިރުކޮޅެއް ކުރިން ސަނާ ވަނީ އޭނާގެ އިންސްޓަގްރާމްގައި އެނިމޭޓެޑް ވީޑިއޯއެއްގެ ޒަރިއްޔާއިން މި އުފާވެރި ހަބަރު އޭނާގެ ފޭނުންނަށް ހިއްސާކޮށްފައެވެ. ސަނާ އާއި އަނަސް އަށް ދަރިއަކު ލިބެން އުޅޭކަން ހާމަ ކުރީ މިފަހުން ދިން އިންޓަވިއުއެއްގައިއެވެ. އެ އިންޓަވިއުގައި ސަނާ ބަނޑުބޮޑު ވާހަކަ ނުބުނަން މަސައްކަތްކުރި ނަމަވެސް އެ ޕްރޮގްރާމްގެ ތެރެއިން އަނަސް ވަނީ ފަހުރުވެރިިކަމާއި އެކު ދެމީހުންނަށް ފުރަތަމަ ދަރިފުޅު ލިބެން އުޅޭކަން ހާމަކޮށްފައިއެވެ. އެއަށްފަހު އެ ދެމަފިރިން ވަނީ ދަރިއަކު ލިބެން އުޅޭތީ ވަރަށް އުފާވާ ކަމަށް ބުނެ، އަދި ކުޑަ ދަރިފުޅު އުރާލާ ހިތުންް ކެތްމަދުވެފައި ހުރިކަމަށް ވެސް ބުނެފައެވެ. މި ދެމަފިރިން ކައިވެނި ކުރީ 2020 ވަނަ އަހަރުގެ ނޮވެމްބަރ 21 ގައެވެ. ކައިވެންޏަށްފަހު ދެމަފިރިން އެކުގައި ހައްޖު އަދި އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ވެސް ވަނީ ގޮސްފައެވެ. ސަނާ އަނަސްއާއި ކައިވެނިކުރުމަށް ބޮލީވުޑް ދޫކޮށް ބުރުގާ އެޅުން ވެގެންދިޔައީ އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށް ގުޑުން ގެނައި ހަބަރަކަށެވެ. ކައިވެނީގެ ކުރިން ސަނާ ވަނީ ޓީވީ ބަތަލާއެއްގެ އިތުރުން ބައެއް ރިއަލިޓީ ޝޯތަކުންނާއި، އަދި ހިންދީ ތަމަޅަ އަދި ޓެލެގޫ ފިލްމުތަކުން މަޝްހޫރުކަން ހޯދާފައެވެ. އެގޮތުން ސަނާ ވަނީ ބިގް ބޮސް 6، ކަޓްރޯން ކޭ ކިލާޑީ ސީޒަން 6، އަދި އެހެނިހެން ޝޯތަކުގެ ބައެއްގެ ގޮތުގައި ހަރަކާތްތެރިވެފައެވެ. އޭގެ އިތުރުން ސަނާ ފެނިގެންދިޔަ ފިލްމް ތަކުގެ ތެރޭގައި ޖައި ހޯ، ވަޖާ ޓޫމް ހޯ، ޓޮއިލެޓް: އެކް ޕްރެމް ކަތާ ފަދަ ހިޓް ފިލްމުތައް ހިމެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ