މާލެ: 31°C

ފްރާންސްގެ އަންހެން ފުޓުބޯޅަ ތަރި ސަކީނާއަށް އެމްބާޕޭ ފްލާޓްކުރަނީ

June 4, 2024
2 ފަހަރު ބަލާފައި
ފްރާންސްގެ އަންހެން ފުޓުބޯޅަ ތަރި ސަކީނާއަށް އެމްބާޕޭ ފްލާޓްކުރަނީ
ފްރާންސްގެ އަންހެން ފުޓުބޯޅަ ތަރި ސަކީނާއަށް އެމްބާޕޭ ފްލާޓްކުރަނީ
ފްރެންސްގެ އަންހެން ގައުމީ ފުޓްބޯޅަ ޓީމުގެ ޑިފެންޑަރު ސަކީނާ ކަރުޗާވޭ އަކީ ރީތި ކަމަށް މަޝްހޫރު ކުޅުންތެރިއެކެވެ. އާދައިގެ އާއިލާއަކަށް އުފަން ސަނީކާ އޭނާގެ އާއިލާއާ ދޫކޮށް ހިލޭ ބައެއްގެ ގާތުގައި ވަރަށް ދަތި ގޮތަކަށް އުޅެމުން ފުޓުބޯޅައިގެ އެކިއެކި ޓްރޭނިންތައް ހަދައި، ގައުމީ ޓީމުން ޖާގަ ހޯދިއެވެ. ވާތް ފަރާތު ބެކަށް ކުޅޭ ސަކީނާއަށް ފްލާޓް ކުރާ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން އިތުރުވަމުން އަންނަ ކަމަށް ފްރާންސްގެ ޓެބްލޮއިޑް ނޫސްތަކުން އަންނަނީ ބުނަމުންނެވެ. ފްރާންސްގެ މީޑިޔާއިން ރިޕޯޓްކުރާ ގޮތުގައި އެމްބާޕޭ ވަނީ ސަކީނާއަށް ފްލާޓްކޮށްފައެވެ. އަނެއް ބައި ނޫސްތަކުގައި ބައެއް ދެތަރިން އެކުގައި ޕާޓީއެއްގައި ތިބި ފޮޓޯތަކެއް އާންމު ކުރުމާއެކު ބުނެފައިވަނީ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަަމަށެވެ. އެމްބާޕޭ އަކީ ދުނިޔޭގެ އެންމެ ރީތި ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ފްރާންސްގެ ތަރިއެކެވެ. ނޫސްތަކުން ސިފަކުރާ ގޮތުގައި އެމްބަޕޭއަކީ ވިމަނައިޒައެކެވެ. އެމްބާޕޭއާ ބެހޭ ގޮތުން ސަކީނާއާ ސުވާލު ކުރުމުން ރަކި ހިނިތުންވުމެއް ނޫނީ ޖަވާބުގައި ނުދެއެވެ. ސަކީނާގެ ބައެއް ޓީމް މޭޓުން ބުނެފައިވާ ގޮތުގައި ސަކީނާއަކީ ވަރަށް ޕްރޮފެޝަނަލް ކުޅުންތެރިއެއް ކަމަށާއި އޭނާގެ ވިސްނުން ބޮޑަށް ހުރީ ލޯބިވެރިންގެ ކަންތަކަށްވުރެ ރަނގަޅު ކެރިއައެއް ބިލްޑް ކުރުމަށެވެ. އެމްބާޕޭއާ ސަކީނާއާ ބެހޭ ގޮތުން ސުވާލު ކުރުމުން ބުނެފައި ވަނީ ސަކީނާއަކީ ވަރަށް ރީތީ އަދި މޮޅު ކުޅުންތެރިއެއް ކަމަށާއި އޭނާއާ ބައްދަލުވާ ކޮންމެ ފަހަރަކު އޭނާއަށް ހިތްހަމަ ޖެހުން ލިބޭ ކަމަށެވެ. ދެމީހުން ދޭތެރޭގައި ޚާއްސަ ގުޅުމެއް އޮވޭތޯ ސުވާލު ކުރުމުން އެކަމާ ސީދާ ޖަވާބެއް އަދިވެސް ނުދެއެވެ. 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ