މާލެ: 31°C

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗްގައި ކުވެއިތާއި ނޭޕާލް!

June 21, 2023
2 ފަހަރު ބަލާފައި
ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗްގައި ކުވެއިތާއި ނޭޕާލް!
ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗްގައި ކުވެއިތާއި ނޭޕާލް!
އިންޑިޔާގެ ބެންގަލޫރުގައި ފަށުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް މިއަދު 2 މެޗް ކުޅެނެއެވެ. ޖުމްލަ 8 ޓީމަކުން ވާދަކުރާ މި މުބާރާތުގައި މިއަދު ފުރަތަމަ ކުޅުމަށް ހަމަޖެހިފައިވަނީ، ކުވެއިތާއި، ނޭޕާލެވެ. 2 ވަނަ މެޗްގައި މިރޭ ކުޅޭނީ އިންޑިއާއާއި ޕާކިސްތާނެއެވެ. މި މުބާރާތުގެ މެޗުތައް ދެއްކުމަށް ހަމަޖެހިފައިވަނީ ޕަބްލިކް ސަރވިސް މީޑިއާގެ ޔެސް ޓީވީންނެވެ. އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ނުބާރާތުގައި، މުޅިން އަލަށް ބޭރުގެ ދެ ޤައުމެއްވެސް ކުޅޭން ވަނީ ހަމަޖެހިފައެވެ. ދެ ގުރޫޕަކަށް ބަހާލައިގެން ކުރިޔަށް ގެނދިއުމަށް ހަމަ ޖެހިފައިވާ މި މުބާރާތުގައި  ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ހިމެނެއިރު، ރާއްޖޭގެ ގައުމީ ޓީމް ހިމެނިފައިވަނީ ގްރޫޕް ބީ ގައެވެ. އެ ގުރޫޕް ގައި ރާއްޖޭގެ ގައުމީ ޓީމުގެ އިތުރުން ބޫޓާން އާއި ލުބްނާން އަދި ބަންގްލަދޭޝް ހިމެނެއެވެ. ރާއްޖޭގެ ގައުމީ ޓީމް ވަނީ 2008 އަދި 2018 ވަނަ އަހަރުގެ  ޗެމްޕިއަންކަންް ކާމިޔާބު ކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ