މާލެ: 31°C
ބްރެޒިލްގެ ފްޓްބޯޅަ އިދާރާގެ ރައީސްގެ އިންތިހާބުން ރޮނާލްޑޯ ވަކިވެއްޖެ

ބްރެޒިލްގެ ފްޓްބޯޅަ އިދާރާގެ ރައީސްގެ އިންތިހާބުން ރޮނާލްޑޯ ވަކިވެއްޖެ

13 މާރިޗު 2025
472 ފަހަރު ބަލާފައި
ފްޓްބޯޅައިގެ ކުރީގެ މަޝްހޫރު ތަރި ރޮނާލްޑޯ ބްރެޒިލް ގެ ބްރެޒިލްގެ ފުޓްބޯޅަ އިދާރާ (ސީބީއޭއެފް) ގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށްފަހު ނަން އަނބުރާ ގެންގޮސްފިއެވެ.

ފްޓްބޯޅައިގެ ކުރީގެ މަޝްހޫރު ތަރި ރޮނާލްޑޯ ބްރެޒިލް ގެ ބްރެޒިލްގެ ފުޓްބޯޅަ އިދާރާ (ސީބީއޭއެފް) ގެ ރައީސްގެ މަގާމަށް ކުރިމަތިލުމަށްފަހު ނަން އަނބުރާ ގެންގޮސްފިއެވެ.

މީޑިއާތަކުން ރިޕޯޓްކޮސްފައިވާ ގޮތުގައި ރޮނާލްޑޯ ބްރެޒިލް ގެ ބްރެޒިލްގެ ފުޓްބޯޅަ އިދާރާގެ ރައީސް ކަމުގެ އިންތިހާބުން ވަކިވީ ބްރެޒިލްގެ ސަރަހައްދީ ފުޓްބޯޅަ އެސޯސިއޭޝަންތަކުގެ ތާއީދު އޭނާ އަށް ނުލިބުނުންނެވެ.

ސްޕއިންގެ ލަލީގާގެ ކްލަބް، ރެއާލް ވަޔަޑޮލިޑްގެ ރައީސްކަން ވެސް ކުރާ ރޮނާލްޑޯ، ބުނެފައިވަނީ އިންތިހާބީ ކޮންގްރެސް މެންބަރުންގެ 27 އެސޯސިއޭޝަންތަކުގެ ތެރެއިން 23 އެސޯސިއޭޝަނަކުން އޭނާ އަށް ދޮރު ބަންދުކޮށްފައިވާ ކަމަށާއި، އެ މީހުން އެތިބީ މިހާރުގެ ލީޑާޝިޕް އަލުން އިންތިހާބު ކުރުމަށް  ތާއީދުކޮށްގެން ކަމަށާއި، ސަރަހައްދީ ފެޑެރޭޝަންތަކުން އެ މީހުންގެ ހޯމްގެ ގޮތުގައި ބަލާ އިދާރާ އަށް އޭނާ އަންނަން ބޭނުން ނުވީ ކަމަށެވެ.

އިތުރަށް ރޮނާލްޑޯ ބުނީ އޭނާގެ ތަސައްވަރު އެ މީހުންނަށް ހުށަހަޅުމުން އެމީހުންނަށް އެކަން ކަމުދާ ކަމަކަށް ނުވީ ކަމަށެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރޮންލްޑޯގެ ހުށަހެޅުމުގެ އެންމެ ހާއްސަކަމަކީ ބްރެޒިލްގެ ގައުމީ ޓީމު ރިފޯމް ކުރުމާއި، އެ ގައުމުގެ ގައުމީ ޓީމުގެ ކޯޗު ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ގެންދިއުން ކަމަށެވެ.

އިންތިހާބުގައި މިހާރު ވާދަކުރާނެ ހަމައެކަނި ކެންޑިޑޭޓަކީ ބްރެޒިލް ގެ ބްރެޒިލްގެ ފުޓްބޯޅަ އިދާރާގެ ވަގުތީ ރައީސްގެ މަގާމު އަދާކުރަމުންދާ އެޑްނާލްޑޯ ރޮޑްރިގޭޒް އެވެ.

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ