މާލެ: 31°C

ރޮނާލްޑޯ-މެސީ، މެޗްގެ ޓިކެޓަކަށް ސައުދީ ވިޔަފާރިވެރިއަކު 2.6 މިލިޔަން ޑޮލަރު ހަރުދުކޮށްލައިފި

January 19, 2023
2 ފަހަރު ބަލާފައި
ރޮނާލްޑޯ-މެސީ، މެޗްގެ ޓިކެޓަކަށް ސައުދީ ވިޔަފާރިވެރިއަކު 2.6 މިލިޔަން ޑޮލަރު ހަރުދުކޮށްލައިފި
ރޮނާލްޑޯ-މެސީ، މެޗްގެ ޓިކެޓަކަށް ސައުދީ ވިޔަފާރިވެރިއަކު 2.6 މިލިޔަން ޑޮލަރު ހަރުދުކޮށްލައިފި
ސައުދީ ލީގުގެ ޓީމްތަކުން ހޮވައިލެވޭ ޓީމަކާ ދެކޮޅަށް ފްރާންސްގެ ފްރާސްންސްގެ ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) މިރޭ ކުޅޭ މެޗުގެ ވީއައިޕީ ޓިކެޓެއް ސައުދީގެ ވިޔަފާރިވެރިއަކު 2.6 މިލިއަން ޑޮލަރަށް ގަނެފި އެވެ. ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅު ދެކުޅުންތެރިންކަމަށްވާ އާޖެންޓީނާގެ ލިއޮނެލް މެސީ އެޓީމަކަށް ކުޅޭ ޕީއެސްޖީއާއި ސައުދީ ކްލަބުތަކުން ހޮވައިލި ޓީމު ބައްދަލުކުރާ މެޗު ހާއްސަވީ އެއީ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯ ބައްދަލުކުރާ މެޗަކަށް އެ މެޗު ވެފައި ވާތީ އެވެ. މުޝައްރަފް އަލްޣަމްދީ ނަމަކަށް ކިޔާ ވިޔަފާރިވެރިއަކު އެ މެޗްގެ ވީއައިޕީ ޓިކެޓެއް 2.6 މިލިޔަން ޑޮލަރަށް ގަތީ ބިޑް އުސޫލުންނެވެ. ސައުދީ ނޫސްތަކުން ބުނި ގޮތުގައި އެ ޓިކެޓްގެ ބިޑް ފެށީ އެއް މިލިއަން ސައުދީ ރިޔާލަ، (ޑޮލަރު 266،000) އިންނެވެ. މުޝައްރަފަށް ބިޑް ކާމިޔާބުވީ އޭނާ  10 މިލިއަން (2.6 މިލިއަން ޑޮލަރު) ސައުދީ ރިޔާލަ ހުށަހެޅުމުން، އެއަށް ވުރެ ބޮޑު އަގެއް ހުށަހަޅާނެ އެހެން މީހަކު ނުވުމުންނެވެ. އެ ޓިކެޓްގެ ހާއްސަ ކަމަކީ ސައުދީ ނޫސްތަކުން ބުނި ގޮތުގައި، އެ ޓިކެޓް ގަންނަ މީހާއަށް  ޗޭންޖިން ރޫމަށް ވެސް ވަދެވުމާއި  އިތުރުން މިމެޗުގައި މޮޅުވާ ޓީމަކާއެއްކޮށް ފޮޓޯ ނެގުމުގެ ފުރުސަތުވެސް އެ ޓިކެޓް ގަންނަ މީހާއަށް ލިބޭތީ އެވެ.  އެ ޓިކެޓް ވިއްކައިގެން ލިބުނު ފައިސާ ސައުދީ ފުޓްބޯޅަ ފެޑެރޭޝަނުން ހަދިޔާކުރާނީ "އިހުސާން" ނަމަކަށް ކިޔާ ޗެރިޓީ އަކަށެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މެސީ-ރޮނާލްޑޯ މެޗް ބަލަން ޓިކެޓް ގަންނަން، ދެ މިލިޔަނަށް ވުރެ ގިނަ މީހުން މަސައްކަތް ކުރި އެވެ. ނިމިގެންދިޔަ ވޯލްޑްކަޕަށްފަހު ރޮނާލްޑޯ ޔޫރަޕް ދޫކޮށް ސައުދީއަށް ބަދަލުވުމުން ދެން ރޮނާލްޑޯ އާއި މެސީގެ ކުރިމަތިލުމެއް ނުފެންނާނެތީ އެދެ ކުޅުންތެރިންގެ ސަޕޯޓަރުން މާޔޫސްވެފައި ވަނިކޮށް، މިފަދަ މެޗެއް ސައުދީން އިންތިޒާމު ކުރުމުން މުޅި ދުނިޔޭގެ ސަމާލުކަން އެ މެޗަށް މިހާރު ވަނީ ހުއްޓިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ