މާލެ: 31°C

ރޮނާލްޑޯ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ލިބޭ މާއްދާއެއް އޮތްކަމުގެ އަޑުތަކެއް!

January 3, 2023
2 ފަހަރު ބަލާފައި
ރޮނާލްޑޯ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ލިބޭ މާއްދާއެއް އޮތްކަމުގެ އަޑުތަކެއް!
ރޮނާލްޑޯ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު ލިބޭ މާއްދާއެއް އޮތްކަމުގެ އަޑުތަކެއް!
ފުޓްބޯޅައިގެ ސްޕަސްޓާ ކްރިސްޓިއާނޯ ރޮނާލްޑޯ ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ބަދަލުވުމުން، ޔޫރަޕްގެ ފުޓްބޯޅައިން އޭނާ ދެން ނުފެންނާނެ ކަމަށް ބެލެވުނު ނަމަވެސް، ޔޫރަޕްގެ އެންމެ ބޮޑު އެއް މުބާރާތް ކަމަށްވާ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ ފުރުސަތު އޭނާއަށް އަދި އެ ބަ އޮތް ކަމަށް ބުނާ ވާހަކަތަކެއް ފެތުރިއްޖެ އެވެ. ސޯޝަލްމީޑިއާއާއި ބައިނަލް އަގުވާމީ ބައެއް މީޑިއާތަކުން ވެސް މިއަދު ފެތުރި މައުލޫމާތެއްގައިވާ ގޮތުން، އިންގްލިޝް ޕްރެމިއަ ލީގްގައި ކުޅޭ ނިއުކާސުލް، ޔޫއެފާ ޔޫރަޕިއަން ޗެމްޕިއަންސް ލީގަށް ކޮލިފައިވެއްޖެ ނަމަ ރޮނާލްޑޯއަށް އެކުލަބަށް ކުޅެވޭ ގޮތަށް އޮތް މާއްދާއެއް، އަލް ނަސްރާ އެކު އޭނާ ސޮއިކުރި އެއްބަސްވުމުގައި އެބަ އޮތެވެ. އެ މާއްދާގައި އޮތީ ނިއުކާސުލް ޗެމްޕިއަންސް ލީގަށް ކޮލިފައި ވެއްޖެ ނަމަ ލޯނު އެއްބަސްވުމެއްގެ ދަށުން، އެ ކުލަބަށް ކުޅެން އަލް ނަސްރުން އޭނާ ދޫކުރާ ގޮތަށް ކަަމަށް ވެސް ެރިޕޯޓްތައް ބުންޏެވެ. ރޮނާލްޑޯއަށް އެ ފުރުސަތު ލިބެނީ ނިއުކާސުލްގެ އޯނަރަކީ މިހާރު، ސައުދީ ޕަބްލިކް އިންވެސްޓްމެންޓް ފަންޑުކަމަށް ވާތީ އެވެ. އަލް ނަސްރުގެ އޯނަރަކީ ވެސް ސައުދީ އިންވެސްޓްމަންޓް ފަންޑެވެ.  ސައުދީ އިންވެސްޓްމެންޓް ފަންޑުން 2021 ވަަނަ އަހަރު ނިއުކާސުލް ގަތީ 300 މިލިޔަން ޑޮލަރުގެ އަގަކަށެެވެ. އަލް ނަސްރާ އެކު ރޮނާލްޑޯ ސޮއިކުރި އެއްބަސްވުމުގައި އެފަދަ މާއްދާއެއް އޮތް ކަމަށް އަޑު ފެތުރުނު ނަމަވެސް އެ ކްލަބުން އަދި އެކަން ކަށަވަރެއް ނުކޮށްދެ އެވެ. ރޮނާލްޑޯ އެ ކްލަބަށް ސޮއިކުރުމަށް ފަހު އޭނާ ބުނީ ޔޫރަޕްގެ ފުޓްބޯޅައިގައި އޭނާ ހާސިލުކުރަން ބޭނުންވި ހުރިހާ ކަމެއް ހާސިލުވެއްޖެ ކަމަށާއި ދެން އޮތީ އޭޝިއާއާ ތަޖުރިބާ ހިއްސާކުރުން ކަމަށެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ