މާލެ: 31°C

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ތާރީޚީ ރެކޯޑެއް ހެދުމަށް ރޮނާލްޑޯއަށް ފުރުސަތު ލިބިއްޖެ

May 22, 2024
2 ފަހަރު ބަލާފައި
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ތާރީޚީ ރެކޯޑެއް ހެދުމަށް ރޮނާލްޑޯއަށް ފުރުސަތު ލިބިއްޖެ
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ތާރީޚީ ރެކޯޑެއް ހެދުމަށް ރޮނާލްޑޯއަށް ފުރުސަތު ލިބިއްޖެ
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ތާރީޚީ ރެކޯޑެއް ހެދުމަށް ޕޯޗްގަލްގެ ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ފުރުސަތު ފަހިވެގެން ހިނގައްޖެއެވެ. އެއީ ޔޫރޯ 2024 އަށް ނެގި ޕޯޗުގަލްގެ ސްކޮޑުގައި އޭނާ ހިމެނުމާއެކު، ރޮނާލްޑޯ ޔޫރޯގައި ކުޅެފިނަމަ އޭނާ ވެގެންދާނީ އެ މުބާރާތުގައި ހަ ފަހަރު ކުޅޭ ފުރަތަމަ ކުޅުންތެރިޔާއަށެވެ. ރޮނާލްޑޯ ފުރަތަމަ ޔޫރޯ ކުޅުނީ 2004 ވަނަ އަހަރު އެވެ. ރޮނާލްޑޯ، 39، ޕޯޗުގަލްއާ އެކު ނުކުންނަ މިއީ 11 ވަނަ ބައިނަލްއަގްވާމީ މުބާރާތެވެ. ރޮނާލްޑޯ އަކީ ފިރިހެނުންގެ ފުޓްބޯޅައިގައި އެންމެ ގިނަ މެޗު ކުޅެ އެންމެ ގިނަ ގޯލު ޖަހާފައިވާ ކުޅުންތެރިޔާ އެވެ. އެގައުމަށް ކުޅުނު 206 މެޗުގައި ރޮނާލްޑޯ ވަނީ 128 ލަނޑު ޖަހައިފަ އެވެ. ޕޯޗުގަލްއާ އެކު ރޮނާލްޑޯ ވަނީ 2016 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްފަ އެވެ. އަދި، 2004 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރުކުރި އެވެ. ޔޫރޯގައި ވާދަކުރާ ޕޯޗުގަލްގެ ކޯޗަކީ ރޮބާޓޯ މާޓިނޭޒް އެވެ. މާޓިނޭޒްގެ ކޯޗުކަމުގައި ޕޯޗުގަލް ޔޫރޯ އަށް ކޮލިފައިވީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ޕޯޗްގަލްގެ މިފަހަރުގެ ސްކޮޑަކީ ފޯވަޑުން ގިނަ އަދަދު ތަޖުރިބާކާރު ޑިފެންޑަރުން ވެސް ހިމަނާފައިވާ 26 ކުޅުންތެރިންގެ ސްކޮޑެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ