މާލެ: 31°C

ރަންބީރާއި ޝްރަދާގެ "ތޫ ޖޫޓީ" މިއަދު ނެޓްފްލިކްސް އަަށް ނެރެފި

May 3, 2023
2 ފަހަރު ބަލާފައި
ރަންބީރާއި ޝްރަދާގެ "ތޫ ޖޫޓީ" މިއަދު ނެޓްފްލިކްސް އަަށް ނެރެފި
ރަންބީރާއި ޝްރަދާގެ "ތޫ ޖޫޓީ" މިއަދު ނެޓްފްލިކްސް އަަށް ނެރެފި
ހުނަރުވެރި އެކްޓަރުން ކަމަށްވާ ރަންބީރު ކަޕޫރާއި ޝްރައްދާ ކަޕޫރު ލީޑް ރޯލުން ފެނިގެންދާ "ތޫ ޖޫޓީ މައި މައްކާރު" މިއަދު ނެޓްފްލިކްސް އަށް ނެރެފިއެވެ. މި އަހަރުގެ މިހާތަނަށް ރިލީޒްކުރި ބޮލީވުޑްގެ ފިލްމުތަކުގެ ތެރެއިން އެ ފިލްމަކީ އެންމެ ކާމިޔާބު އެއްފިލްމަށް ވާނެ ކަމަށް ބޮލީވުޑް ދިރާސާކުރާ މީހުން ބުނެއެވެ. މާޗް މަހުގެ 8 ގައި ރިލީޒްކުރި މި ފިލްމަކީ ރޮމޭންޓިކް ކޮމެޑީއެކެވެ. އެ ދެ ތަރިންގެ އިތުރުން ޑިމްޕަލް ކަޕާޑިއާ އާއި ބޯނީ ކަޕޫރް ވެސް ފިލްމުގެ ކާސްޓުންގެ ގޮތުގައި ފެނިގެންދާނެއެވެ. މިއީ ލަވް ރަންޖަންގެ އުފެއްދުމެކެވެ. "ސިނަމާތަކުން ލިބުނު ތަރުހީބަށް ފަހު، އަޅުގަނޑުމެންގެ ބުރަ މަސައްކަތް އެތައް ގައުމެއްގެ ނެޓްފްލިކްސްގެ ބެލުންތެރިންނަށް ދައްކާލެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް" އެ ފިލްމަށް ލިބެމުން އަންނަ ކާމިޔާބީއާ މެދު ވާހަކަ ދައްކަމުން ރަންބީރު ބުންޏެވެ. ޝްރައްދާ ބުނީ ޓޫ ޖޫޓީ މައި މައްކާރަކީ ރައްޓެހިންނާއި އާއިލާއާއެކު ކޮންމެ ވަގުތެއްގައިވެސް ބަލާލަން ރަނގަޅު ފިލްމެއް ކަމަށާއި އެ ފިލްމު ގްލޯބަލް އޯޑިއަންސަކާ ހިއްސާ ކުރެވޭތީ އިންތިހާއަށް އުފާވާ ކަމަށެވެ. "ފިލްމު އުފައްދާ މީހެއްގެ ގޮތުގައި އަހަރެންގެ އަމާޒަކީ އަބަދުވެސް ބެލުންތެރިން އެންމެ ފުރިހަމައަށް މުނިފޫހިފިލުވައިދިނުމާއި، ކެރެކްޓަރުން ރިލޭޓެބަލް އަދި ތެދުވެރިކޮށް ބެހެއްޓުން." ފިލްމުގެ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ލުވް ރަންޖަން ބުންޏެވެ. "ތޫ ޖޫޓީ މޭ މައްކާރު" އަށް މިހާތަނަށް ބޮކްސް އޮފީހުގައި 219.72 ކްރޯޑް ރުޕީސް (27 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ލިބިފައިވާއިރު، ފިލްމު ހަދާފައިވަނީ 200 ކްރޯޑް ރުޕީސް (24 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ