މާލެ: 31°C

ރަކުލް އާއި ޖެކީގެ ކައިވެނި އަންނަ މަހު 22 ގައި

January 2, 2024
2 ފަހަރު ބަލާފައި
ރަކުލް އާއި ޖެކީގެ ކައިވެނި އަންނަ މަހު 22 ގައި
ރަކުލް އާއި ޖެކީގެ ކައިވެނި އަންނަ މަހު 22 ގައި
ބޮލީވުޑްގެ އިތުރުން އިންޑިއާގެ ސައުތު ސިނަމާގެ ފިލްމުތަކުން ވެސް މަޝްހޫރު ކަމެއް ހޯދާފައިވާ ބަތަލާ ރަކުލް ޕްރީތު ސިންގާއި ލޯބިވެރިޔާ ޖެކީ ބަގްނާނީގެ ކައިވެނި އަންނަ މަހު ކުރަން ނިންމައިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ރަކުލް، 33، އާއި މަޝްހޫރު ފިލްމު ޕްރޮޑިއުސަރު ވާޝޫ ބަގްނާނީ ދަރި ޖެކީ، 39، ރައްޓެހިވެގެން އުޅޭކަން އިއުލާންކުރީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެގޮތުން، ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާތަކުން މައުލޫމާތުދޭ ގޮތުގައި ދެ ލޯބިވެރިން ކައިވެނިކުރަން ނިންމައިފައިވަނީ ކުރިޔަށް އޮތް ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އިންޑިއާގެ ގޯއާގައެވެ. ކައިވެނި ހަފްލާގައި ބައިވެރިވުމަށް ދެ ތަރިން ބޭނުންވާ ކަމަށް ބެލެވެނީ ހަމައެކަނި އާއިލާގެ މެމްބަރުންނާއި ވަރަށް ގާތް ރަޙްމަތްތެރިން ކަމަށް ރިޕޯޓްތައް ބުނެއެވެ.

އަދި ކައިވެނީގެ ހަބަރުތައް އެހާ ބޮޑަށް ހިއްސާކުރަން ކުރަން ބޭނުންނުވާ ކަމަށާއި ދެ މީހުންގެ އާއިލާއިން ވެސް ބޭނުން ވަނީ ކައިވެނީގެ ހަފްލާތައް ވަރަށް ޕްރައިވެޓްކޮށް ގެންދިއުމަށް ކަމަށް ވެސް ބުނެފައިވެއެވެ.

2014 ވަނަ އަހަރު ފިލްމު "ޔާރިއާން" އިން ބޮލީވުޑަށް ތައާރަފްވި ރަކުލާއި ޖެކީ ވެސް މި ވަގުތު ދަނީ ބެންގްކޮކްގެ ތައިލެންޑްގައި އާ އަހަރު ފެށުމަށް ޗުއްޓީ ހޭދަކުރަމުންނެވެ. ރަކުލްގެ އެންމެ ފާހަގަކޮށްލެވޭ ހިންދީ ފިލްމުތަކުގެ ތެރޭގައި "ދޭ ދޭ ޕިޔާރު ދޭ"، "ރަންވޭ 34"، "ޑޮކްޓަ ޖީ" އަދި "ޗަތުރީވާލީ" ހިމެނެއެވެ. ޖެކީ، ކުރިން ބައެއް ފިލްމުތަކުން ފެނިފައިވާވީ ނަމަވެސް މިހާރު ބޮޑަށް ހަރަކާތްތެރިވަނީ ފިލްމު ޕްރޮޑިއުސްކުރުމުގެ މަސައްކަތުގައެވެ. އޭނަ އެންމެ ފަހުން ފެނިފައިވަނީ 2018 ގެ ތަމަޅަ ފިލްމު "މޯހިނީ" ގެ ރޯލަކުންނެވެ. ޖެކީ ކުޅުނު ފިލްމުތަކުގެ ތެރެއިން ކިރިޔާ ވެސް ފާހަގަކޮށްލެވޭ ފިލްމަކީ 2011 ގެ "ފާލްތޫ" އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ