މާލެ: 31°C

ޕްރިޔަންކާ ހުރީ ދަރިފުޅަށްޓަކައި ކެރިއަރު ދޫކޮށްލަން ތައްޔާރަށް

May 13, 2023
2 ފަހަރު ބަލާފައި
ޕްރިޔަންކާ ހުރީ ދަރިފުޅަށްޓަކައި ކެރިއަރު ދޫކޮށްލަން ތައްޔާރަށް
ޕްރިޔަންކާ ހުރީ ދަރިފުޅަށްޓަކައި ކެރިއަރު ދޫކޮށްލަން ތައްޔާރަށް
ދާދިފަހުން ދިން އިންޓަވިއު އެއްގައި މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ބުނީ، އޭނާ މިހާރުވެސް މިހުރީ ދަރިފުޅު މާލްތީ މޭރީ ޗޯޕްރާ ޖޯނަސް އަށްޓަކައި ކެރިއަރު ދޫކޮށްލަން ތައްޔާރަށް ކަމަށެވެ. އިންޓަވިއުގައި، އެކްޓިން ދޫކޮށްލާފައި ދަރިފުޅު މޯލްތީއާއެކު ދަތުރު ކޮށްފާނަންތޯ ސުވާލު ކުރުމުން ޖަވާބުގައި ޕްރިޔަންކާ ބުނީ އެކަން އެއްވެސް ސުވާލަކާ ނުލައި އޭނާ ކުރާނެ ކަމަށާއި، ދަރިފުޅަށްޓަކައި ކެރިއަރު ދޫކޮށްލަން މިހާރުވެސް ހުރީ ތައްޔާރަށް ކަމަށެވެ. ޕްރިޔަންކާގެ މައިންބަފައިން ދިޔަ ކޮންމެ ތަނަކަށް ވެސް އޭނާ ގޮވައިގެން ދަތުރުކުރާ ގޮތް ހަނދާންކޮށްލަމުން ޕްރިޔަންކާ ބުނީ، އޭރު އެ ހުރިހާ ކަމެއް ވެސް އޭނާ ނެގީ މުޅިން އާދައިގެ ކަމެއްގެ ގޮތުގައި ކަމަށާއި، އޭނާ ހީކުރީ ހަމަ ޔަގީނުންވެސް އެކަން ކުރުމަކީ މައިންބަފައިންގެ ޒިންމާއެއް ކަމަށެވެ. ޕްރިޔަންކާ ބުނީ އޭނާގެ ކެރިއަރު މުހިންމު ކަމަށެވެ. ނަމަވެސް ޕްރިޔަންކާ ބުނީ މިހާރު އޭނާގެ ހިތަށް އަރަނީ، އޭނާގެ އުމުރުން 40 އަހަރު ވެއްޖެކަމަށާއި، އަދި އެއީ ކެރިއަރު ދޫކޮށްލާފައި ހަމައެކަނި ގައުމުތަކަށް ބަދަލުވާން އެންގައިފި ނަމަ އޭނާގެ ދަރިފުޅަށްޓަކައި އެވެސް ސުވާލެއް ނެތި އެކަން ކުރާނެކަމަށެވެ. އުމުރުން 40 އަހަރުގައި ސަރޮގޭސީ މެދުވެރިކޮށް މަންމަ އަކަށްވެފައިވާ ޕްރިޔަންކާ ވަނީ ދިރިއުޅުމުގައި ދަރިން ލިބުމުގެ މުހިނމު ކަމާއި އެކުދިންނާ އެކު ދަތުރުކުރަންވީ ސަބަބުތަކާއި ބެހޭގޮތުން ވާހަކަ ދައްކާފައެވެ. މާލްތީ އަކީ، ސަރޮގެސީ މެދުވެރިކޮށް މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޮނަސް އަށް ލިބުނު ފުރަތަމަ ދަރިފުޅެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ