މާލެ: 31°C

ޕްރިޔަންކާގެ ސްޓަންޓް ހުނަރު މިފަހަރު ފެނިގެންދަނީ ސީރީޒްއަކުން

April 19, 2023
2 ފަހަރު ބަލާފައި
ޕްރިޔަންކާގެ ސްޓަންޓް ހުނަރު މިފަހަރު ފެނިގެންދަނީ ސީރީޒްއަކުން
ޕްރިޔަންކާގެ ސްޓަންޓް ހުނަރު މިފަހަރު ފެނިގެންދަނީ ސީރީޒްއަކުން
އިންޑިއާގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ދެން އެންމެ އަވަހަށް ފެނިގެންދާ ތްރިލާ ސީރީޒް އެއް ކަމަށްވާ "ސިޓަޑެލް" ގައި އޭނާ ކުޅޭނީ ވަރަށް ވަރުގަދަ ރޯލެއް ކަމަށް އޭނާ ބުނެފިއެވެ. އެ ސީރީޒްއާއި ގުޅޭ ގޮތުން އިންޑިއާގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ އެއީ ވަރަށް ބޮޑު ޕްރޮޖެކްޓެއް ކަމަށާއިި ބެލުންތެރިންނަށް ބަލާލަން ލިބޭނެ ދުވަހަކަށް ކެތްމަދުވެފައި ހުރި ކަމަށެވެ. އަދި އޭނާ ވަނީ އެކްޝަން ސީކުއެންސްތައް ތަފާތު ގޮތަކަށް، ސިޓަޑެލްގައި ފެނިގެންދާނެކަމަށް ބުނެފައެވެ. "މީގެ ކުރިންވެސް ސްޓަންޓް ހެދިން. ހިންދީ ފިލްމުތަކުގައި އެކްޝަންވެސް ކުރިން. އަދި ކުއަންޓިކޯގައި އެކްޝަން ހުންނާނެ. އަދި އެއީ ތިން ސީޒަން، ކޮންމެ ސީޒަނެއްގައި 22 އެޕިސޯޑް. އަހަރެން ލައިވްކޮށް އެކްޓް ކުރާތަން ގިނަ ބަޔަކަށް ފެނުނު." ޕްރިޔަންކާ ބުންޏެވެ. ސިޓަޑެލް އަކީ ރޫސޯ ބްރަދާސް އިން ޑައިރެކްޓްކުރާ ސީރީޒްއެއް ކަމަށާއި ރިލީޒް ކުރުމުގެ ކުރިން ހުނަރުވެރި ބަތަލާ މިހާރު ވެސް ދަނީ އަވަދިނެތި ޖާސޫސެއްގެ ރޯލުން ފެނިގެންދާ މި ޕްރޮޖެކްޓްގެ ޕްރޮމޯޝަނަލް ހަރަކާތްތަކުގައެވެ. އެ ސީރީޒް ރިލީޒް ކުރުމަށް ހަމަޖެހިފަިވަނީ އެމެޒޯން ޕްރައިމް އަށެވެ. ދުނިޔޭގެ މުނިފޫހިފިލުވުމުގެ ޕްލެޓްފޯމްގެ އެންމެ ގިނަ ބަޔަކު ގަބޫލުކުރާ އެއް ހުނަރުވެރިއެއްގެ ގޮތުގައި ގާއިމްވެފައިވާ އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ މިހާރު ދަނީ ޕްރޯއެއް ފަދައިން މަސައްކަތާއި ދިރިއުޅުން ބެލެންސްކޮށްގެން ނަމޫނާ ދައްކަމުންނެވެ. އެގޮތުން ރިޗަޑް މެޑެން ފެނިގެންދަނީ ސިޓަޑެލްގައި އެމްނީޝިއާ ޖެހިފައިވާ ޖާސޫސެއް ކަމަށްވާ މޭސަން ކޭންގެ ރޯލުންނެވެ. އަދި ޕްރިޔަންކާ ޗޯޕްރާ ކުޅެނީ ހަމަ މި މައްސަލަ ތަހައްމަލުކުރާ އެހެން ޖާސޫސެއް ކަމަށްވާ ނާދިޔާ ސިންހްގެ ރޯލެވެ. މި ޝޯގައި އިތުރު ކާސްޓުންގެ ގޮތުގައި ސްޓެންލީ ޓޫޗީ، ލެސްލީ މެންވިލް، އޮސީ އިޚައިލް، އޭޝްލީ ކަމިންގްސް، ރޯލަންޑް މޮލާ، ކެއޮއިލިން ސްޕްރިންގްއޯލް، އަދި އެހެނިހެން ތަރިން ސަޕޯޓިން ރޯލުން ފެނިގެންދެއެވެ. ސްޕައި ތްރިލާ ޕްރޮޑިއުސްކޮށްފައިވަނީ އެމެޒޯން ސްޓޫޑިއޯސް، ގޯޒީ އޭޖީބީއޯ، އަދި މިޑްނައިޓް ރޭޑިއޯ ގުޅިގެންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ