ޕްރިޔަންކާގެ އާ ފިލްމްގެ ޓްރެއިލާ އަށް ބޮޑު ތަރުހީބެއް!

ޕްރިޔަންކާގެ އާ ފިލްމްގެ ޓްރެއިލާ އަށް ބޮޑު ތަރުހީބެއް!
ލިޔުން:
ދެ އަހަރަށް ފަހު ފިލްމް އިންޑަސްޓްރީއަށް އެނބުރި އައި މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ލޯބީގެ ފިލްމު "ލަވް އެގެއިން" ގެ ޕޯސްޓަރާއި ޓްރެއިލާ އާންމުކުރުމުން އެ ފިލްމުގެ ޓްރެއިލާއަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ. "ލަވް އެގެއިން"ގެ ޓްރެއިލާ ޔޫޓިއުބްގައި އާއްމުކުރިތާ 11 ގަޑި އިރުގެ ތެރޭގައި ދެ މިލިޔަން ވިއުސް ލިބުނެވެ.
އަންނަ މެއި މަހުގެ 12 ގައި ރިލީޒްކުރާ ހޮލީވުޑްގެ މި ފިލްމަކީ ލޯބީގެ ރޯލަކުން މި ހުނަރުވެރި ބަތަލާ އަދި އޭނާގެ ފިރިމީހާ ނިކް ޖޯނަސް ފެނިގެން ދާނެ ފިލްމެކެވެ. އަދި މި ފިލްމްގެ ބަތަލަކީ މަޝްހޫރު ސިލްސިލާ "ދި އައުޓްލޭންޑާ" ރޯލެއް ވެސް ކުޅެފައިވާ ސޭމް ހިއުގަން އެވެ. އޭނަ ކުޅުނު ފިލްމުތަކުގެ ތެރޭގައި 2018 ގެ "ދަ ސްޕައި ހޫ ޑަމްޕްޑް މީ" އާއި 2021 ގެ "ޓު އޮލީވިއާ" ހިމެނެ އެވެ.
[embed]https://youtu.be/CQDXtD2HJAs[/embed]
"ޑެސްޓިނީ ހޭޒް އަ ޕްލޭން" ޓެޕް ލައިނަކަށް ހިމަނާފައިވާ މި ލޯބީގެ ފިލްމް "ލަވް އެގެއިން" ޑައިރެކްޓްކޮށްފައިވަނީ ޖޭމްސް ސީ ސްޓްރައުސް އެވެ. މި ފިލްމްގެ ރޯލަކުން މަޝްހޫރު ލަވަ ކިޔުން ތެރިއެއް ކަމުގައިވާ ސެލީން ޑިއޯން ވެސް ފެނިގެންދާނެ އެވެ. އޭނާ މަޝްހުރު ވެފައިވަނީ 1997 އަހަރު ގިނަ ބައެއްގެ މަގްބޫލުކަން ހޯދި "ޓައިޓޭނިކް" ގެ ތީމް ލަވަ "މައި ހާޓް ވިލް ގޯ އޮން" ކިޔައިގެން ނެވެ. މި ފިލްމް ގައި ވެސް އެނާގެ ލަވަތަކެއް އަޑުއިވިގެން ދާނެއެވެ.
"ލަވް އެގެއިން" އަކީ ޖަރުމަންގެ 2016 ގެ ރޮމޭންޓިކް ކޮމެޑީ-ޑްރާމާ "ޓެކްސްޓް ފޯ ޔޫ" ގެ ރިމޭކެކެވެ.
މަޝޮހޫރު ބަތަލާ ޕްރިޔަންކާ އެންމެ ފަހުން ފެނިގެން ދިޔައީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ރިލީޒްކުރި "މެޓްރިކްސް ރިސަރެކްޝަންސް" ގައެވެ. އަދި އޭނާގެ އެންމެ ފަހުގެ ހިންދީ ފިލްމެއްގެ ގޮތުގައި ފެނިގެން ދިޔައީ 2019 ވަނަ އަހަރު ނެރުނު "ދަ ސްކައި އިޒް ޕިންކް" އިންނެވެ. ފަރުހާން އަޚްތަރު ޑައިރެކްޓު ކުރާ "ޖީ ލޭ ޒަރާ" އިން ވެސް މިއަހަރު އޭނާ ފެނިގެން ދާނެއެވެ. ޕްރިޔަންކާގެ އިތުރުން އާލިއާ ބަޓާއި ކެޓްރީނާ ކައިފް ވެސް މި ރޯޑް ޓްރިޕް ފިލްމުން ފެނިގެންދާނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ބޮލީވްޑްގެ އެކްޓަރ ސޯނޫ ސޫދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް ނެރެފި

އަމީތާބުގެ ކާފަދަރި އަނެއްކާވެސް ވެބްސައިޓް ތަކުގައި ހުރި ބައެއް ފޮޓޯއާއި މައުލޫމާތު ނަގައިދިނުމަށްއެދި އިންޑިއާގެ ހައިކޯޓަށް މައްސަލަ ހުށަހަޅައިފި

ސައިފް އަލީ ޚާން އަށް ވަޅިން ހަމަލާދިނުމުން ހޮސްޕިޓަލްގައި އެޑްމިޑްކޮށްފި

"ޕުޝްޕާ 2" ޕްރިމިއާގައި އަންހެނަކު މަރުވި މައްސަލާގައި އައްލޫ އަރުޖުން ހައްޔަރުކޮށްފި

ހަފީޒާ 4ވަނަ ބައި

ހަފީޒާ 2ވަނަ ބައި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
