މާލެ: 31°C

ޕްރެޒިޑެންޓްސް ކަޕް: ޒުވާން ކީޕަރު ޝައިހާންގެ މޮޅު ކުޅުމާއެކު ވަރުގަދަ މާޒިޔާ ބަލިކޮށް ބުރު ސެމީ ފައިނަލަށް

April 21, 2023
2 ފަހަރު ބަލާފައި
ޕްރެޒިޑެންޓްސް ކަޕް: ޒުވާން ކީޕަރު ޝައިހާންގެ މޮޅު ކުޅުމާއެކު ވަރުގަދަ މާޒިޔާ ބަލިކޮށް ބުރު ސެމީ ފައިނަލަށް
ޕްރެޒިޑެންޓްސް ކަޕް: ޒުވާން ކީޕަރު ޝައިހާންގެ މޮޅު ކުޅުމާއެކު ވަރުގަދަ މާޒިޔާ ބަލިކޮށް ބުރު ސެމީ ފައިނަލަށް
ވަރުގަދަ މާޒިޔާ ބަލިކޮށް މިއަހަަރު އަލަށް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވި ބުރު ސްޕޯޓްސް ކުލަބުން ޕްރެސިޑެންޓްސްކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. މާޒިޔާގެ މައްޗަށް ބުރު ސްޕޯޓްސްއިން ކުރި ހޯދީ 2-1 ލަނޑުން މެޗް ކާމިޔާބުކޮށްގެންނެވެ. މެޗްގެ ފުރަތަމަ ހާފް ނިމުނީ 1-0 ބުރު ކުރީގައި އޮވެގެންނެވެ. މެޗުގެ ފުރަތަމަ ގޯލު ޖަހައި ބުރުން ލީޑް ނެގީ 41 ވަނަ މިނެޓުގަ އެވެ. މިއީ މާޒިޔާގެ ޑިފެންޑަރު އެޑްގާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މާޒިޔާ ކީޕަރު ހުސައިން އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ބުރުން ލީޑު ފުޅާކުރީ މެޗުގެ 75 ވަނަ މިނެޓުގަ އެވެ. މި ގޯލްޖެހިތާ 2 މިނެޓްފަހުން މާޒިޔާއިން ގޯލް ޖެހީ ލިބުނު ޕެނަލްޓީ އަކުންނެވެ. މި ގޯލު ޖަހައިދިނީ މިޑްފިލްޑަރު އައިސަމް އެވެ. މިމެޗްގައި މި ސީޒަންގައި އަލަށް ބުރު ސްޕޯޓްސްއާ ގުޅުނު ޒުވާން ޤައުމީ ޓީމުގެ ކީޕަރު ޝައިހާން އަލީގެ ފަރާތުން މޮޅު ސޭވްތަކެއް ފެނިގެން ދިޔައެވެ. މާޒިޔާގެ ނުރައްކާތެރި އެތަކެއް ހަމަލާތަކެއް ޝައިހާން މަތަކުރިއެވެ. މާޒިޔާ އަތުން ބުރު މޮޅުވުމާ އެކު މި ގްރޫޕުގެ ކޮންމެ ޓީމަކަށް ލިބެނީ ތިން ޕޮއިންޓެވެ. ޕޮއިންޓާއި ހެޑް-ޓު-ހެޑަށް ބަލާއިރު ތިން ޓީމު އެއްވަރުވެ، ފައިދާ ގޯލަށް ބަލާއިރު ކުރި ލިބެނީ މާޒިޔާ އަށެވެ. އެ ޓީމަށް އެއް ވަނަ ލިބުނުއިރު ގްރޫޕްގެ ދެ ވަނަ ލިބުނީ ބުރަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ