މާލެ: 31°C

ޕްރިމިއާ ލީގުގެ އޮރިޖިނަލް ހޯމް ކިޓެއް ގަންނަން ލިބެނީ ކިހާވަރަކަށް؟

August 20, 2024
2 ފަހަރު ބަލާފައި
ޕްރިމިއާ ލީގުގެ އޮރިޖިނަލް ހޯމް ކިޓެއް ގަންނަން ލިބެނީ ކިހާވަރަކަށް؟
ޕްރިމިއާ ލީގުގެ އޮރިޖިނަލް ހޯމް ކިޓެއް ގަންނަން ލިބެނީ ކިހާވަރަކަށް؟
ހަފުތާ ބަންދުގައި ޕްރިމިއާ ލީގުގެ އައު ސީޒަން ފެށުނުއިރު ސަޕޯޓަރުން ވަނީ އެމީހުން ސަޕޯޓް ކުރާ ޓީމުގެ އައު ޖާޒީ ކިޓް ގަނެ ޓީމަށް ސަޕޯޓް ކުރުމަށް ފުރިހަމައަށް ތައްޔާރުވެފައެވެ. ފުޓް ބޯޅައިގެ ގިނަ ސްޕޯޓަރުން އެމީހުން ސަޕޯޓް ކުރާ ޓީމުގެ އޮރިޖިނަލް ރެޕްލިކާ ހޯމް ކިޓެއް ކޮންމެ ސީޒަނަކުވެސް ހޯދުމަކީ ކުރާކަމެކެވެ. ފަހަކަށް އައިސް ޓީމުތަކުން ދަނީ ޖާޒީ ކިޓް ތަކުގެ އަގުތައް އެއް އަހަރުން އަނެއް އަހަރަށް ބޮޑުކުރަމުންނެވެ. އެގޮތުން މީގެ ފަސް އަހަރު ކުރިއާ އަޅާ ބަލާއިރު ބައެއް ކްލަބްތަކުން ހޯމް ކިޓުގެ އަގުވަނީ 50 ޕަސެންޓަށްވުރެވެސް ބޮޑުކޮށްފައެވެ. ހޯމް ކިޓްގެ އަގުތައް- ބޮޑެތި މީހުން   ހޯމް ކިޓްގެ އަގުތައް- ކުޑަކުދިން ދިރާސާތަކުން ދައްކާ ގޮތުގައި މި ސީޒަނުގެ ޕްރިމިއާ ލީގުގައި އެންމެ އަގުބޮޑު ހޯމް ޖާޒީ އަކީ ޓޮޓެންހަމް ހޮޓްސްޕާގެ  ލިލީވައިޓްސް ކިޓެވެ. އެ ކިޓްގެ އަގަކީ 85 ޕައުންޑެވެ. ނުވަތަ 1704 ރުފިޔާ އެވެ. ދިރާސާއަކުން ދައްކާ ގޮތުގައި އަގަށް އެއްމެ ބޮޑު ތަފާތެއް އައިސްފައިވަނީ ނޮޓިންހަމް ފޮރެސްޓްގެ ޖާޒީގެ އަގަށެވެ އެގޮތުން 2019 ވަނަ އަހަރު 45 ޕައުންޑަށް ހުރި ރެޕްލިކާ ޖާޒީ ކިޓުގެ މިފަހަރުގެ އަގަކީ 75 ޕައުންޑް އެވެ. ސައުތުހެމްޓަންގެ ޖާޒީ ގެ އަގުވެސް 2019 ވަނަ އަހަރާ އަޅާ ބަލާއިރު 9 އިންސައްތަ ވަނީ ބޮޑުކޮށްފައެވެ. އެ ޓީމުގެ ރެޕްލިކާ ޖާޒީ ކިޓެއް މިހާރު ވިއްކަނީ 60 ޕައުންޑް އަށެވެ. ކުޑަކުދިންގެ ރެޕްލިކާ ހޯމް ކިޓުގެ އެއްމެ އަގުބޮޑު ކުލަބަކީވެސް ޓޮޓެންހަމަ ހޮޓްސްޕާ އެވެ. އެޓީމުގެ ކުޑަކުދިންގެ ރެޕްލިކާ ހޯމްކިޓެއް ގެ އަހަކީ 65 ޕައުންޑު އެވެ. ފުލަމް، ލިވަޕޫލް، މެންޗެސްޓާ ސިޓީ އަދި ވެސްޓް ހޭމް އިން ކުޑަކުދިންގެ ރެޕްލިކާ ހޯމް ކިޓަކަށް 60 ޕައުންޑު އަށެވެ.      

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ