މާލެ: 31°C

ފްރިމިއާ ލީގު 25-2024 ގެ އެއްމެ ހިތްގައިމީ ކޮން ޖާޒީއެއް

August 7, 2024
2 ފަހަރު ބަލާފައި
ފްރިމިއާ ލީގު 25-2024 ގެ އެއްމެ ހިތްގައިމީ ކޮން ޖާޒީއެއް
ފްރިމިއާ ލީގު 25-2024 ގެ އެއްމެ ހިތްގައިމީ ކޮން ޖާޒީއެއް
ސީޒަން ބުރޭކަށްފަހު މިމަހު 16 ގައި ޕްރެމިއާ ލީގު 25-2024 ފަށަން ކުޑަތަންވެފައިވާ އިރު މި ސީޒަނުގައި ކުލަބުތަކުން ބޭނުންކުރާނެ ޖާޒީތައް މިހާރު ދަނީ ބާޒާރަށް ނެރެމުންނެވެ. ސަޕޯޓަރުންގެ މެދުގައި އެއްމެ ހިތްގައިމު ޖާޒީ ކަނޑައެޅުމުގެ ވާދަވެރިކަން އިތުރުވެފައިވާއިރު ކުޅިވަރު ހަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުންދަނީ ސަޕޯޓަރުންގެ ހޮވުންތަށް ރޭންކު ކުރަމުންނެވެ. ބައެއް ކުލަބުތަކުން ހޯމް. އަވޭ އަދި 3 ވަނަ ޖާޒީ ކިޓް ވެސް ނެރެފައިވާއިރު 20 ކުލަބަކުން މިހާތަނަށް މަދުވެގެން 1 ޖާޒީ ވަނީ ނެރެފައެވެ. އެހެންކަމުން ބައެއް މީޑިއާތަކުން ޖާޒީތައް ރޭންކު ކޮސްފައިވާ ގޮތް ގެނެސްދޭނަމެވެ. 1- ނިއުކާސަލް ޔުނައިޓެޑް - އެޑިޑާސް 1995 އިން ފެށިގެން 2010 ވަނަ އަހަރާ ހަމައަށް 15 އަހަރު އެޑިޑާސްގެ ޖާޒީ ލުމަށްފަހު އަނެއްކާވެސް މި ސީޒަނުގައި ނިއުކާސަލް ޔުނައިޓެޑުން ލާނީ އެޑިޑާސް ބްރޭންޑުގެ ޖާޒީއެކެވެ. މި ސިޒަނުގައި އެކުލަބުގެ ހޯމް ޖާޒީ ފަރުމާކޮށްފައިވަނީ  2002-03 ގެ ހޯމް ކިޓާއި، އޭގެ ފުޅާ ފަށާއި، ބޮޑު، ޑުއަލް ޓޯން ވީ-ނެކް ކޮލާ ހިމެނޭހެން ކްލެސިކް ސްޓައިލް އަކަށެވެ. އެ ކުލަބުގެ ތިންވަނަ ކިޓް ފަރުމާކޮށްފައިވަނީ 1970 ގައި އެކުލަބުން ބޭނުންކުރި ކްރެސެންޓް ފެހި ކުލައާއި 1999-2000 ވަނަ އަހަރު ބޭނުންކުރި އަވޭ ކިޓާއި ވައްތަރު ގޮތަކަށެވެ. 2- މެންޗެސްޓަރ ޔުނައިޓެޑް - އެޑިޑާސް ހޯމް- މި ޓީމުގެ ހޯމް ޖާޒީ ފަރުމާކޮށްފައިވަނީ ގްރޭޑިއަންޓް އިފެކްޓެއް ހުންނަ ގޮތަށް ޖާޒީގެ ކޮނޑާހަމައިން ޓޮމާޓޯ ރަތްކުލަ ތިރިއަށް އައިސް ޑާކު ފޭޑެއް ހުންނަގޮތަށެވެ. މި އިފެކްޓަކީ އެޓީމުގެ 1950 ގެ އަހަރުތަކުގެ "ބަސްބީ ބޭބްސް" ގެ ގޮތުގައި މަޝްހޫރުވި ޖާޒީ ގެ ނަކަލަކާ ވައްތަރުގޮތަކަށް ފަރުމާކޮށްފައިވާ ޖާޒީއެކެވެ. އަވޭ - 1990 ވަނަ އަހަރަށް ޔުނައިޓެޑް އެނބުރި ދާއިރު އެ ޓީމް އަވޭ ކިޓް ގެ ގޮތުގައި ބޭނުންކޮށްފައިވަނީ ބްލޫ ޖާޒީއެވެ. 2024-25 ވަނަ އަހަރުގެ ވާޝަން ރަސްމީކޮށް "އިންޑިގޯ" ގެ ގޮތުގައި ލިސްޓުކޮށްފައިވާއިރު، މެޓީރިއަލްގައި "އެމް" މޮނޮގްރާމެއް އޮޅާލުމުގެ އިތުރުން މައިގަނޑު ތިން ވޯޓާވޭ ރަމްޒުކޮށްދޭ ވޭވީ ކޮލަރއެއް ހިމެނެއެވެ. 3- އާސެނަލް- ޢެޑިޑާސް   ހޯމް- މިދިޔަ މެއި މަހު ތަޢާރަފްކުރި އާސެނަލްގެ އެންމެ ފަހުގެ ހޯމް ޖާޒީގައިވެސް އެޑިޑާސްއިންވަނީ އެ ކްލަބުގެ ޖާޒީގައި ދަމަހައްޓަމުންއައި ސިފަތައް ހިފަހައްޓާފައެވެ. އެގޮތުން ކުރީގެ ބޮޑުބަޑި މޭމަތީގައި އިނުމުން އާސެނަލްގެ ސަޕޯޓަރުންގެ ހިތްވަރު އާވެގެންދާނެކަމަށްވެއެވެ. އަވޭ- އެކުލަބުގެ އަވޭ ޖާޒީ ގައި ދައްކުވައިދެނީ އިނގިރޭސި އެފްރިކާގެ ތަރިކަ އާއި ވަކިން ހާއްސަކޮށް ނޯތު ލަންޑަންގެ ސަޕޯޓަރުންގެ ތެރޭގައި ހިމެނޭ ޑައިސްޕޯރާ ސިފަކޮށްދޭ ޖާޒީއެކެވެ. 4- މެންޗެސްޓަ ސިޓީ- ޕޫމާ ހޯމް- ލޯކަލް 0161 ޑައިލިން ކޯޑް ޖަހާފައިވާ ޓޭޕް ޓްރިމެއް ހިމެނޭ ސިޓީގެ އާ ހޯމް ކިޓަކީ މަންކޫނިއަން މުނިސިޕަލް ކަލްޗަރ ސިފަވާގޮތައް ފަރުމާ ކޮށްފައިވާ ޖާޒީއެކެވެ. 3ވަނަ- ސިޓީގެ ތިންވަނަ ކިޓުގެ ކުލަ އަކީ 1950 ގެ އަހަރުތަކުން ފެށިގެން އެ ކްލަބުން އާންމުކޮށް ބޭނުންކުރަމުންއަންނަ ކުލައެކެވެ. 5- ކްރިސްޓަލް ޕެލަސް- މެކްރޯން ހޯމް- ކްރިސްޓަލް ޕެލަސްއަކީ އަބަދުވެސް ގްރެފިކް ޑިޒައިނަށް ލޯބިކުރާޓީމެކެވެ. އެހެންކަމުން މިފަހަރުވެސް މިދިޔަ ސީޒަނުގެ ހާފް އެންޑް ހާފް ޑިޒައިނުން ފެނުނު އާދަޔާ ހިލާފު އާކިޓެކްޗަރަލް ޕްރިންޓްގެ ބަދަލުގައި އީގަލްސްގެ ވިންގްތައް އިންޓަލޮކިން އާއި އޯވަލެޕިން ހަދާފައިވާ ޒޭނީ ރެޑް އެންޑް ބްލޫ ސްޓްރައިޕް ޕެޓާން އެއް އެ ޖާޒީގައިވަނީ ހިމަނާފައެވެ. އަވޭ- ކްލަބުގެ ވިންގްޑް ސްޕިރިޓް ބާޒް ގަދަ ރީނދޫ ކުލައިގެ އަވޭ ޖާޒީގައި ކުރިމަށްޗަށް ޕްރިންޓްކޮސްފައިވާއިރު  އީގަލް މޮޓިފް ފެންނަނީ ފެބްރިކްގެ ތެރޭގައި އިންނަ ގްރެފިކްއެއްގެ ގޮތުގައެވެ. 6- ވެސްޓްހޭމް ޔުނައިޓެޑް- އަމްބްރޯ ހޯމް- ވެސްޓްހޭމް ގެ ހޯމް ޖާޒީ ފަރުމާކޮށްފައިވަނީ ސިމްޕަލް ލޭއައުޓާއި ޗަންކީ، ރައުންޑް ކޮލަރސް އަދި ކަފްސް ހިމެނޭހެން އެކުލަބުގެ ރަން ދުވަސްވަރު ކަމުގައިވާ 1960 ތައް ސިފަވާގޮތަށެވެ. އަވޭ- އެކުލަބުގެ އަވޭ ކިޓް ފަރުމާކޮށްފައިވަނީ އީސްޓް ލަންޑަންގެ ސެއިންޓް މެރީ-ލީ-ބޯ ޗާޗުން އިންސްޕަޔާ ކޮށްފައިވާ ކަޅު ކުލަ ހިމަނައިގެންކަމަށްވެއެވެ. 7- ބޯން މައުތު- އަމްބްރޯ ހޯމް- މިފަހަރު ބޯން މައުތު ނިކުންނަނީ އިނގިރޭސި ޕްރިމިއާ ލީގަށް އެޓީމް ޕްރޮމޯޓްވިތާ 10 އަހަރު ފުރުން ފާހަގަކުރި ސީޒަންގައި ބޭނުންކުރި ރަން ކުލައިގެ ޖާޒީގެ މައްޗަށް މި ސީޒަނުގެ ހޯމް ކިޓް ބިނާކޮށްގެންނެވެ. އަވޭ- ޕާޕަލް ޑައިމަންޑް ޕްރިންޓަކާއެކު ހުދު ކުލައިގެ އަވޭ ޖާޒީއަކީ 1992 ވަނަ އަހަރުން ފެށިގެން 1994 ވަނަ އަހަރާ ދެމެދު ލަންޑަންގެ މަގުތަކުގައި އަޅާފައިވާ "ޒިގްޒެގް" ސްޓްރިޕްގެ ސިފަތައް ގެނެސްދީފައިވާ ޖާޒީއެކެވެ. 3ވަނަ- މި ޖޯޒީ ފަރުމާކޮށްފައިވަނީ ބޯންމައުތުގެ ގޮނޑުދޮށުގެ މާހައުލުތައް އަސާސްގެ ގޮތުގައި ބޭނުންކޮށްފައިވާ ތަނެވެ. 8- ޓޮޓެންހަމް ހޮޓްސްޕަ- ނައިކީ ހޯމް- 2017 ވަނަ އަހަރުން ފެށިގެން ނައިކީއިން ތައްޔާރުކުރަމުންއައި ޓޮޓެންހަމްގެ ހޯމް ޖާޒީގައި މާބޮޑު ތަފާތެއް ނެތްކަން ފާހަގަކުރެވެއެވެ. ނަމަވެސް ކަނޑު ނޫކުލަ ތަންކޮޅެއް ގިނަ ކަން ފާހަގަކުރެވެއެވެ. އަވޭ-  އޮފްޓް-ފެވާޑް ބްލޫ، އެކަމަކު ޓޯނަލް ސްޓްރައިޕްތަކާ އެކު ލުއި ކުލައަކާއި ރެޓްރޯ 1980 ގެ އަހަރުތަށް ސިފަކޮށްދޭ މަޑު މެޓަލިކް ޝީން އަވޭ ކިޓުގައި ހިމެނެއެވެ. އެއީ 1982 ވަނަ އަހަރުން ފެށިގެން 1987 ވަނަ އަހަރާ ދެމެދު އެ ކްލަބުން ބޭނުންކުރި ކްލެސިކް ސްކައި ބްލޫ ލެ ކޮކް ސްޕޯޓިފް އަދި ހުމެލް ޖާޒީތަކުން އިންސްޕިރޭޝަނެއް ހޯދުމުން ވިސްނައިގެން ގެނެސްފައިވާ ބަދަލެއްކަމަށްވެއެވެ. 9- ޗެލްސީ- ނައިކީ   ހޯމް- ޗެލްސީގެ އާ ނޫކުލައިގެ ހޯމް ޖާޒީ އަކީ ލިކުއިޑް ގޯލްޑް އާއި ސިލްވަ ސިފަވާގޮތަށް ފަރުމާކޮށްފައިވާ ޖާޒީއެކެވެ. މިތީމު ނަގާފައިވަނީ "ވީ ބާން ބްލޫ" މޮޓޯއިން އިންސްޕަޔާވެގެން ނެވެ. ޖާޒީ އެންމެ ފުރަތަމަ ރިލީޒްކުރިއިރު ސަޕޯޓަރުންގެ މެދުގައި ހިޔާލުތަފާތުވުން ވަރަށް ބޮޑަށް އުފެދިފައިވެއެވެ. އަވޭ- ޗެލްސީގެ އަވޭ ކިޓުގައި ވެސްބޭނުންކޮށްފައިވަނީ އަލިފާނުގެ ތީމްއެކެވެ. އޮރެންޖާއި ނޫ ކުލައިގެ ޓްރިމްގެ ފްލިކަރތައް ބޭނުންކޮށްގެން ފަރުމާކޮސްފައިވާ ޖާޒީއަކީ ހުދު ޖާޒީއެއްހެން ހީވިޔަސް އެ ޖާޒީއަކީ  އޮރެންޖުގެ ވަރަށް މަޑު ފޭޑެކެވެ. 10- އިޕްސްވިޗް ޓައުން- އަމްބްރޯ ހޯމް- 22 އަހަރަށް ފަހު އެނބުރި ޕްރިމިއާ ލީގަށް އައުމަށްފަހު މި ޓީމް ދަނޑުމައްޗަށް ނިކުންނަނީ އެ ޓީމުގެ އެންމެ މަޝްހޫރު ފޭން ކަމަށްވާ އެޑް ޝީރަން ގެ ސްޕޮންސާ ގެ ނިޝާންތައް ހިމެނޭ ޑިޒައިންގެ ޖާޒީއެއްގައެވެ. އެ ޖާޒީއަކީ 1980ގެ އަހަރުތަކުގެ ކުރީކޮޅުގެ ފެޝަނާ އެއްގޮތައް ފަރުމާކޮސްފައިވާ ޖާޒީއެކެވެ. އަވޭ- މި ޓީމުގެ އަވޭ ޖާޒީ ފަރުމާކޮށްފައިވަނީ ޑައިމަންޑް ޕެޓާން އަށް ފަރުމާކޮށްފައިވާ ސަޕޯޓަރުންގެ ދިދަތަކާއި ސްކާފްތަކާއި ބެނާތަކުގެ ސިފަވާގޮތަށެވެ. 11- ބްރެންޓްފޯރޑް- އަމްބްރޯ ހޯމް- މި ޓީމުން މި ސީޒަނުގައި ހޯމް ޖާޒީއަށް ބަދަލެއް ނުގެނެެއެވެ. އަވޭ- ބްރެންޓްފޯޑުން މިފަހަރުވަނީ އެ ޓީމުގެ  އަވޭ ޖާޒީއަށް ފިޔާތޮށި ޕިންކްފޭޑެއް ގެނެސްއެ ޓީމުގެ ރަތާއި ހުދު މިކްސް ކޮށް މަޑު ފިޔާތޮށި ކުލަ ސިފަކޮށްދީފައެވެ. 12- ލިވަޕޫލް- ނައިކީ 12- ހޯމް- ރެޑްސް ގެ ގޮތުގައި މަޝްހޫރު ލިވަޕޫލްގެ ހޯމް ޖާޒީގައި މިފަހަރު  1983-84 އަށް ޖޯ ފަގަން އެ ޓީމުގެ ޖާޒީއަށް އިތުރުކޮށްދިން އެންގިއުލާ ޔެލޯ ޕިންސްޓްރިޕް ޕެޓާންވަނީ ހިމަނާފައެވެ. އަވޭ- "ނައިޓް ފޮރެސްޓް" ފެހި ކުލައިގެ ޑާކް ޝޭޑަކަށް ފަރުމާކޮށްފައިވާ ލިވަޕޫލްގެ ޖާޒީއަކީ ހާއްސަ ކަމެއް ނެތް ޖާޒީއެއްގެ ގޮތުގައި ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. 13- އެސްޓަންވިލާ- އެޑިޑާސް ހޯމް- މި ޓީމުގެ އާ ހޯމް ޖާޒީއަކީ ބާމިންގހަމްގެ އާސާރު ސިފަކޮށްދޭ ކްލެރެޓާއި ސްކައި ބްލޫ ހިމެނޭހެން ކްލެސިކް ޑިޒައިނެކެވެ. 14- ލެސްޓަރ ސިޓީ- އެޑިޑާސް ހޯމް- މެދުމިނުގެ ނޫ ކުލައިން ފަރުމާކޮށްފައިވާ ހޯމް ޖާޒީއަކީ އެޓީމުގެ ސަޕޯޓަރުންގެ ހިތާ ކުލެލާނެ ޖާޒީއެއްކަމަށް ވެއެވެ. އަވޭ- މި ޓީމުގެ އަވޭ ޖާޒީއަކީ ސްޕްރޭ ގެ މަސައްކަތެއް ފެށުމުގެ ކުރިން ފުޅި ޓެސްޓް ކުރަން ފާރަކަށް ސްޕްރޭ ކޮށްލީމަ ހުންނަ ކަހަލަ ގޮތެއް ސިފަކޮށްދޭ ޖާޒީއެއްކަމަށް އެޑިޑާސްއިން ބުނެފައިވެއެވެ. ކަޅު ކުލައިގެ ވަށައިގެން އޮރެންޖް އަދި ޕިންކް ސްޕްރޭ އިފެކްޓެއް އެކުލެވޭ އިރު، އޭގެ ސަބަބުން ކޮންމެހެން ބޭނުންވާ އެލިމެންޓްތައް ކަމަށްވާ ލޯގޯ، ސްޕޮންސަރު ވެސް ފަސޭހައިން ފެންނަން ހުރެއެވެ. 15- ފުލަމް- އެޑިޑާސް ހޯމް- މި ޓީމުން އަނެއްކާވެސް ޑިޒައިންކޮށްްފައި މިވަނީ ހުދު ކުލައިގެ ކްރިސްޕް ޖާޒީއެއްގައި ކަޅާއި ރަތް ކުލައިގެ ޓްރިމްގެ ބައެއް އެކްސެންޓުތަކާއެކު ނިމިގެދާގޮތައް ފަރުމާކޮސްފައިވާ ޖާޒީއެކެވެ. 16- ނޮޓިންހަމް ފޮރެސްޓް- އެޑިޑާސް  ހޯމް- ފަހަކަށް އައިސް މި ޓީމުން ބޭނުންކުރި ޖާޒީތަކަށް ބަލާއިރު މާބޮޑު ބަދަލެއް މިފަހަރުގެ ޖާޒީއަކަށް ނުގެނެއެވެ. އަވޭ- ފޮރެސްޓްގެ އަވޭ ޖާޒީ އަކީ މަޑު ނޫކުލައިގެ ޕެނަލްތަކުން ޑިޒައިންކޮށްފައިވާ ސްލެންޓެޑް، ޗެކަރޑް ޕެޓާންއެކެވެ. 17- ބްރައިޓަން- ނައިކީ ހޯމް- ބްރައިޓަން ގެ ހޯމް ޖާޒީގައި މި ސީޒަނުގައި އަނެއްކާވެސް ފާހަގަކޮށްލަން ޖެހޭ ބަދަލުތަކެއް އެބަހުއްޓެވެ. ފުރަތަމަ ކަމަކީ ޕްރިމިއާ ލީގުގައި އެ ކްލަބުގެ ފުރަތަމަ ސީޒަން ކަމަށްވާ 2017-18 އަށް ފަހު ފުރަތަމަ ފަހަރަށް ކޮނޑުގައި މައިގަނޑު ހުދުކުލަ ހުރުމެވެ. ދެވަނަ ކަމަކީ ނޫ ކުލައިގެ ވާޓިކަލް ބޭންޑްތަކުގެ ތެރޭގައި ފައިން ގްރޭޑިއަންޓް ޕިންސްޓްރިޕްސް ހުރުމުން ޑިޒައިނަށް ފުރިހަމަކަމެއް ގެނުވާކަމަށް ނައިކީ އިން ބުނެއެވެ. އަވޭ- ސަންޝާއިން ރީނދޫ ކުލައިގެ ޖާޒީގައި ނެވީ ސްޓްރައިޕްތަކެއް ހުންނަ ގޮތަށް ފަރުމާކޮސްފައިވާ ބްރައިޓަންގެ އަވޭ ޖާޒީއަކީ 2013-14 ވަނަ އަހަރުގެ ޖާޒީއާއި ވައްތަރުގޮތަކަށް ފަރުމާކޮށްފައިވާ ޖާޒީއެކެވެ. 18- އެވަޓަން- ކާސްޓޯރެ ހޯމް- ކުރީގެ އެ ކުލަބުގެ ޖާޒީ ބްރޭންޑު ހަމެލްގެ ބަދަލުގައި މި ސީޒަނުގައި އެކުލަބުން ޖާޒީ ފަރުމާކޮށްފައިވަނީ ކަސްޓޯރެ ބްރޭންޑުންނެވެ، ނަމަވެސް އެކުލަބުގެ ޖާޒީއަށް ސަޕޯޓަރުން އުންމީދުކުރިވަރުގެ ފުރިހަމަކަމެއް ކާސްޓޯރެ އަށް ގެނެވިފައިނުވާކަމަށް ބުނެއެވެ. 19- ސައުތުހެމްޓަންް - ޕޫމާ ހޯމް- އެއް އަހަރު ގެ މެދުކެނޑުމަކަށްފަހު އެނބުރި ޕްރިމިއާ ލީގަށް އެނބުރިއައި ނަމަވެސް މިފަހަރުގެ ޖާޒީ އެހާ ހިތްގައިމް ނޫންކަމަށް ސަޕޯޓަރުންދަނީ ބުނަމުންނެވެ. އަވޭ- އަވޭ ޖާޒީއަކީ ޖިއޮމެޓްރިކް ޑިޒައިނެއް އެކުލެވޭ ޖާޒީއެއްނަމަވެސް އެ ޖާޒީ ބޮޑަށް ވައްތަރީ ޕްރެކެޓިސް ޖާޒީއަކާކަމަށް ސަޕޯޓަރުންބުނެއެވެ. 20- ވޮލްވްސް- ސުޑު ހޯމް- ޖާޒީ ބްރޭންޑް ޗައިނާގެ ބްރޭންޑަކަށް ބަދަލުވިނަމަވެސް ވުލްވްސް މިފަހަރުވެސް ބޭނުންކުރަނީ މިދިޔަ ސީޒަނުގައި ބޭނުންކުރި ޑިޒައިންގެ ހޯމް ޖާޒީކިޓެކެވެ. އަވޭ- ވުލްވްސްގެ ގަދަ ކަޅު ކުލައިގެ އަވޭ ޖާޒީއަކީ ކަނާތްފަރާތުން އެތެރެއަށް ވާގޮތަށް ޑިޒައިންކޮށްފައިވާ ވުލްފްގެ ބޮޑު ލައިން ކުރެހުންތަކުގެ ސަބަބުން ވަރަށް ބޮޑަށް ހިތްގައިމު ޖާޒީއެއްކަމަށް ބުނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ