ޕޯޗުގަލް ކަޓުވާލާ މޮރޯކޯ ފުޓްބޯޅަ ތާރީހުގެ ތެރެއަށް

ޕޯޗުގަލް ކަޓުވާލާ މޮރޯކޯ ފުޓްބޯޅަ ތާރީހުގެ ތެރެއަށް
ލިޔުން:
ރޮނާލްޑޯ އާއި ޕޯޗުގަލް ކަޓުވާލުމަށްފަހު ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުން ޖާގަ ހޯދި އެފްރިކާ ބައްރުގެ ފުރަތަމަ ޤައުމުގެ ޝަރަފު މޮރޯކޯއިން ހޯދައިފިއެވެ.
ވޯލްޑް ކަޕް ގަދަ ހަތަރު ޓީމުގެ ތެރެއިން މޮރޯކޯ ޖާގަ ހޯދުމާއެކު މުޅި ޤައުމު އެކަމުގެ އުފާ ފާޅުކުރަމުންދާއިރު މި ކާމިޔާބީއަކީ މުޅި އެފްރިކާ އާއި އަރިބި ބައްރުވެސް އެކަން ފާހަގަކޮށް އުފާކުރަންޖެހޭވަރު ބޮޑު ކާމިޔާބެކެވެ.
މޮރޯކޯ ކުއާޓަރ ފައިނަލާ ހަމަށް ދަތުރުކުރީ ބެލްޖިއަމް އާއި ކްރޮއޭޝިއާ ހިމެނުނު ގްރޫޕްގެ އެއްވަނަ ހޯދައިގެން ދެވަނަ ބުރަށް ދަތުރުކޮށް ދެވަނަ ބުރުގައި ވަރުގަދަ ސްޕެއިން ބަލިކުރުމަށްފަހުއެވެ.
ކުއާޓަރ ފައިނަލްގައި ވަރުގަދަ ޕޯޗުގަލްގެ މައްޗަށް ކުރި ހޯދި މެޗު ބަލަން މޮރޯކޯގެ އެތައްހާސް ސަޕޯޓަރުންނެއް ވަނީ ގަތަރަށް ގޮސްފައެވެ.
މިމެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މޮރޯކޯއަށް ކާމިޔާބުކޮށްދިނީ ފޯވާޑް އެން ނަސީރެވެ.
މި ބައްޔާއެކު ޕޯޗުގަލްގެ ފުޓްބޯޅައަށްވެސް ބޮޑު ބަދަލުތަކެއް ފެނިގެންދާނެއެވެ. ކޯޗު މަގާމުން ދުރުވުމުގެ އިތުރުން ޓީމުގެ ދެ ކެޕްޓަނުންގެ ގޮތުގައި ފެނިގެންދިޔަ ރޮނާލްޑޯ އާއި ޕެޕޭވެސް ޤައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މޮރޯކޯއިން މިވަނީ މިކާމިޔާބާއެކު އެޓީމް ފުޓްބޯޅައިގެ ތާރީހުގެ ތެރެއިން ޖާގަ ހޯދާ މުޅި ދުނިޔެ ސިއްސުވާލާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕެނަލްޓީން ބަލިވެ ޖަރުމަނު ވޯލްޑްކަޕް މުބާރާތުން ކަޓައިފި

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މޮރީނިއޯ ސަސްޕެންޑް ކޮށްފި

މޮރީނިއޯ ގަލަތަސަރާއީގެ ކޯޗަށް ހަމަލާދީފި

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި

ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
