މާލެ: 31°C
ޕެނަލްޓީން ބަލިވެ އެފްއޭކަޕްގެ އެއްމެ ފަހުގެ ޗެމްޕިއަން އެ މުބާރާތުން ކަޓައިފި

ޕެނަލްޓީން ބަލިވެ އެފްއޭކަޕްގެ އެއްމެ ފަހުގެ ޗެމްޕިއަން އެ މުބާރާތުން ކަޓައިފި

3 މާރިޗު 2025
345 ފަހަރު ބަލާފައި
ޕެނަލްޓީން ބަލިވެ އިނގިރޭސި އެފްއޭ ކަޕްގެ އެއްމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ޔުނައިޓެޑް އެ މުބާރާތުން ކަޓައިފި އެވެ.

ޕެނަލްޓީން ބަލިވެ އިނގިރޭސި އެފްއޭ ކަޕްގެ އެއްމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ޔުނައިޓެޑް އެ މުބާރާތުން ކަޓައިފި އެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ ދަނޑުގައި ރޭ ފްލަމް އާއި ބައްދަލުކުރި މެޗުގެ ވަގުތު ހަމަވިއިރު ދެޓީމުންވެސް ކާމިޔާބުކޮށްފައިވަނީ 1 ގޯލް އެވެއެވެ. އެހެންކަމުން މެޗްގެ ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހަިގެންނެވެ.

ރޭގެ މެޗުހައި ފުރަތަމަ ފެނިގެންދިޔަ ފުރަތަމަ ގޯލް ފެނިގެން ގޮސްފައިވަނީ ފުލަމް ގެ ފަރާތުންނެވެ. އެގޮތުން އެ ގޯލަކީ ފުރަތަމަ ހާފް ނިމެން ކައިރިވެފައިވަނިކޮށް ފުލަމްގެ ޑިފެންޑަރު ކަލްވިން ބާސީ ޖަހައިދިން ލަނޑެކެވެ. މެންޗެސްޓަރ އެއްވަރު ކޮށްދިން ގޯލް ޖަހައިދިނީ މެޗުގެ 2 ވަނަ ހާފުގައި ބްރޫނޯ ފެނާންޑޭސް އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން ޕެނަލްޓީގައި، ފުލަމް އިން ވަނީ ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ. ޔުނައިޓެޑްގެ ފުރަތަމަ ތިން ޕެނަލްޓީ ކާމިޔާބުކުރި ނަމަވެސް، ލިންޑޮލޮފް އާއި ޒާކްޒީ ފޮނުވާލި 2 ފެނަލްޓީ ފުލަމްގެ ކީޕަރު ބާޑް ލެނޯ މަތަ ކުރުމާއެކު 3-4 ގެ ސްކޯއަކުން ފުލަމް އަށް ވަނީ ކުރި ލިބިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ