މާލެ: 31°C

ޕެލޭ މަރުވުމުން ބްރެޒިލްގައި ހިތާމަފާޅުކުރުމުގެ ތިން ދުވަސް

December 31, 2022
2 ފަހަރު ބަލާފައި
ޕެލޭ މަރުވުމުން ބްރެޒިލްގައި ހިތާމަފާޅުކުރުމުގެ ތިން ދުވަސް
ޕެލޭ މަރުވުމުން ބްރެޒިލްގައި ހިތާމަފާޅުކުރުމުގެ ތިން ދުވަސް
ބްރެޒިލްގެ ލެޖެންޑަރީ ފުޓުބޯޅަ ކުޅުންތެރިޔާ ޕެލޭ މަރުވުމާ ގުޅިގެން އެ ގައުމުގައި ހިތާމަފާޅުކުރަން ތިން ދުވަސް ކަނޑައަޅައިފިއެވެ. އެ ނިންމުން ނިންމާފައިވަނީ ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނާރޯއެވެ. ޕެލޭ މަރުވީ ކޮލޯން ކެންސަރު ޖެހުމުގެ ސަބަބުން ގިނަ ގުނަވަންތައް ފެއިލްވުމުގެ ސަބަބުންނެވެ. ޕެލޭގެ ޖަނާޒާ ބާއްވަން އޮންނާނީ އަންގާރަ ދުވަހުއެވެ. ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ އޭނާ އެންމެ ކުރިން ކުޅުނު ސަންޓޯސް ކްލަބްގައެވެ. އެ ކްލަބުން ބުނީ ޕެލޭގެ ޖަނާޒާގެ ކުރިން ސިޓީގެ މަގު މަތީގައި މަގުމަތީގައި ހިތަމާފާޅުކުރުމުގެ ގޮތުން ހިނގާލުމެއް އޮންނާނެ ކަމަށެވެ. ސްވިޒަލޭންޑްގެ ޒިއުރިކްގައި ހުންނަ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގައު ހުކުރު ދުވަހު ވަނީ ޕެލޭ މަރުުވުމުގެ ހިތާމާގައި މެމްބަރު ހުރިހާ ގައުމެއްގެ ދިދަތައް ބައިދަނޑިއަށް ތިރިކޮށްފައެވެ. ޕެލޭ ހޮވިފައިވަނީ 20 ވަނަ ގަރުނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައެވެ. ބްރެޒިލްގެ ލެޖެންޑަކީ ތިން ފަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާއެވެ. ޕެލޭ މަރުވުމާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ކުރީގެ ރައީސް ބަރަކް އޮބާމާ އާއި ބްރެޒިލްގެ މިއުޒިކް ލެޖެންޑުން ކަމަށްވާ ކެޓާނޯ ވެލޯސޯ އާއި ގިލްބާޓޯ ގިލް އާއި އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ވެރިޔާ ތޯމަސް ބަޗް އަދި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ވަނީ ހިތާމާފާޅުކުރައްވާފައެވެ. އިންގްލެންޑާއި އިޓަލީ އަދި ފްރާންސްގެ ފުޓްބޯޅަ ލީގުގެ މެޗްތައް ފެށުމުގެ ކުރިން ވަނީ ޕެލޭގެ ހަނދާނުގައު ސުކޫތެއް ގެނެސްފައެވެ. އަދި ކުރިއަށް އޮތް މެޗްތަކުގައި ޕެލޭގެ ހަނދާނުގައި ކުޅުންތެރިންނާއި މެޗްގެ އޮފިޝަލުން ކަޅުކުލައިގެ ބޭންޑެއް އެޅުމަށް ވަނީ ނިންމާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ