މާލެ: 31°C

ޕެލޭގެ ޖަނާޒާގައި ލައްކައަކަށްވުރެ ގިނަ މީހުން

January 3, 2023
2 ފަހަރު ބަލާފައި
ޕެލޭގެ ޖަނާޒާގައި ލައްކައަކަށްވުރެ ގިނަ މީހުން
ޕެލޭގެ ޖަނާޒާގައި ލައްކައަކަށްވުރެ ގިނަ މީހުން
ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ޕެލޭގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ފަށައިފިއެވ.ެ ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ ހިމެނޭ ގޮތަށް 150،000 އަށް ވުރެ ގިނަ މީހުން ވަނީ ޖަނާޒާގައި ބައިވެރިވެ ޕެލޭއަށް އެންމެ ފަހުގެ އަލްވަދާއު ކިޔާފަ އެވެ. އެއް އަހަރު ވަންދެން ކޮލޯން ކެންސަރާ ހަނގުރާމަކުރުމަށްފަހު އުމުރުން 82 އަހަރުގައި ޕެލޭ މަރުވީ މިދިޔަ ހަފުތާގައެވެ. ޕެލޭ ވަޅުލަން ހަމަޖެހިފައިވަނީ އޭނާ އެންމެ ފުރަތަމަ ކުޅުނު ސަންޓޯސް ކްލަބް ނިސްބަތްވާ ސިޓީގައެވެ. ޕެލޭގެ ސަންދޯށް ޒީނަތްތެރި ކޮށްފައިވަނީ ބްރެޒިލްގެ ދިދައިންނެވެ.  އޭނާ އަކީ މިހާތަނަށް ތިން ވޯލްޑް ކަޕް ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާ އެވެ. 1960 އާއި 70 ގެ އަހަރުތަކުގައި ޕެލޭ އަކީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ކުޅުންތެރިޔާއެވެ. ޕެލޭގެ ޖަނާޒާގައި ބްރެޒިލްގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ރޮނަލްޑޯ، ޕީއެސްޖީއަށް ކުޅޭ ނޭމާގެ އިތުރުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯވެސް ބައިވެރިވެވަޑައިގެންވިއެވެ. ޕެލޭގެ ނަމުން ސްޓޭޑިއަމަކަށް ނަން ދިނުމަށް ފީފާގެ މެމްބަރު ގައުމުތަކަށް އިންފަންޓީނޯ ވަނީ ބަރު އަޅުއްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ