ބޮލީވުޑްގެ މަޝްހޫރު ތަރި ޕަރިނީތީ ޗޯޕްރާ އާއި އިންޑިއާގެ ސިޔާސީ ހަރަކާތްތެރިއާ ރާގަވް ޗައްޑ އިއްޔެ އެންގޭޖްވެފައިވާ އިރު، އޭގެ އިރުކޮޅެއް ވަހުނ ޕަރިނީތީ އެމީހުންގެ އެންޖޭގްމަންޓް ފޮޓޯ އާންމުކޮށްފިއެވެ.
އޮފް ވައިޓް ކުލައިގެ ސާދާ އެކަމަކު އެހާ ރީތި ދޯޕައްޓާ ހެދުމެއްގައި ޕަރީ ފެންނަނީ ވަރަށް ފުރިހަމަ ކޮށެވެ.

ޕަރިނީތީ އިންސްޓަގްރާމުގައި އެންގޭޖުމެންޓުގެ ރަސްމީ ފޮޓޯތައް އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި އިރު ބުނީ އޭނާ ދުއާކުރި ހުރިހާ އެއްޗެއް ލިބުނީ ކަމަށެވެ.
ޕަރިނީތީ ދައްކާލަނީ ގާތްގަނޑަކަށް 80 އާއި 90 ލައްކަ އާއި ދެމެދުގެ އަދަދަކަށް އަގު ކުރެވޭ ބޮޑު ޑައިމަންޑް އަނގޮޓިއެކެވެ. އޭނާގެ ޑައިމަންޑް އަނގޮޓި ގިނަ ބައެއްގެ ޝައުގުވެރިކަން ދަމައިގަތް އިރު، ރީތި އަނބިމީހާއަށް ބަލަހައްޓައިގެން ވާން އުޅޭ ފިރިމީހާ ހުރި ގޮތުން ރާގަވް ޗައްދާ ހުރި ގޮތުން ވެސް މީހުން ދަނީ ތައުރީފްކުރަމުން ނެވެ.

ޕަރީނީތީ އަކީ މަޝްހޫރު ބަތަލާ ޕްރިޔަންކާގެ ދެބެން ދެދަރި ކޮއްކޮ އަށް ވާ އިރު މި އެންގޭޖްމެންޓް ހަފްލާ ގައި ޕްރިޔަންކާ ވެސް ބައިވެރިވިއެވެ. އޭނާ ހުރީ ރީތި ރީނދޫ ކުލައިގެ ސާޅިއެއް އަޅައިގެންނެވެ.