މާލެ: 31°C

އުރީދޫން ނޭމާއާއެކު، ކޮބާ ތައްޔާރު؟

June 20, 2022
171 ފަހަރު ބަލާފައި
އުރީދޫން ނޭމާއާއެކު، ކޮބާ ތައްޔާރު؟
އުރީދޫން ނޭމާއާއެކު، ކޮބާ ތައްޔާރު؟
"ކޮބާ ތައްޔާރު؟" ދިވެހި ބަހުން ބްރެޒިލްގެ މަޝްހޫރު ފުޓުބޯޅަ ތަރި ނޭމާ ބުނާ ވީޑީއޯ ކްލިޕެއް އުރީދޫ މޯލްޑިވްސްގެ ޓުވީޓާ ހެންޑަލްއިން މިރޭ މިވަނީ އާއްމުކޮށްފައެވެ. އެ ވިޑީއޯ އުރީދޫގެ ސީއީއޯ، ހާލިދް އަލް ހަމަދީއާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒްވެސް ވަނީ ޓުވީޓާގައި ހިއްސާކުރައްވާފައެވެ. އެންމެ އަށް ސުކުންތުގެ އެ ވީޑިއޯ ކްލިޕްގައި ނޭމާ ބުނަނީ "ގޭމް އޮން، ކޮބާ ތައްޔާރު؟" މިހެންނެވެ. ކުރިއަށް ހެލޯ މޯލްޑިވްސް ޖަހާފައިވާ ލިޔުންކޮޅެއް އަރުވާއިރު، މިއީ ރާއްޖެއަށް ހާއްސަ ކްލިޕެއްކަން ޔަގީންވެއެވެ. [embed]https://twitter.com/khfii/status/1538817100147372033?s=21&t=DJ70NdY83m_7l39rrL6x-Q[/embed] އުރީދޫގެ ސަޕްރައިޒް ވީޑިއޯ ކްލިޕްގައިވާ މެސެޖުން ބޮޑަށް ދޭހަވަނީ މިއަހަރު ގަތަރުގައި އޮންނަ ފީފާ ވޯލްޑްކަޕުގެ ތައްޔާރީތައް ރާއްޖޭގައި ފެށުމަށް އުރީދޫ މޯލްޑިވްސްއިން ތައްޔާރަށް އޮތް ކަމެވެ. އަދި އެކަމަށް ހާއްސަ ކަންތައްތަކެއް އެކުންފުނިން ރާވާފައިވާ ކަމެވެ. ނަމަވެސް އެއީ ކޮންކަމެއްކަމެއް އުރީދޫ މޯލްޑިވްސްއިން ބުނެފައި ނުވާއިރު އެކުންފުނިން ވަނީ ވަރަށް ހާއްސަ އިވެންޓެއް މާދަމާ ކުރިއަށް ގެންދަން ނިންމާފައެވެ. [embed]https://twitter.com/hniyaz/status/1538865138886795264?s=21&t=DJ70NdY83m_7l39rrL6x-Q[/embed] މާދަމާ ބާއްވާ އުރީދޫގެ އިވެންޓުގައި، ދިވެހި ބަހުން ތައްޔާރުވުމަށް ނޭމާ އެބުނީ ކީއްވެގެންކަން އަދި ކޮންކަމަކާ ގުޅިގެންކަން އެނގިގެންދާނެއެވެ. އުރީދޫ މޯލްޑިވްސްއަކީ އަބަދުވެސް ފުޓުބޯޅައާ ގުޅޭ ކަންކަމުގައި ވަރަށް ހަރަކާތްތެރި ކުންފުންޏެކެވެ. އުރީދޫއާއެކު ބޮޑެތި ފުޓުބޯޅަ މުބާރާތްތަކުގެ ފޯރި އިތުރަށް ގަދަވެގެންދެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ