ބޮޑެތި ބަދަލުތަކާއެކު އޮލިމްޕަސް އަލުން ހުޅުވައިފި

ބޮޑެތި ބަދަލުތަކާއެކު އޮލިމްޕަސް އަލުން ހުޅުވައިފި
ލިޔުން:
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އޮލިމްޕަސް އަލުން ހުޅުވައިދެއްވައިފިއެވެ. އޮލިމްޕަސް އަލުން ހުޅުވައިދެއްވީ އެކަމަށް އޮލިމްޕަހުގައި ބޭއްވި ޙަފްލާއެއްގައެވެ.
މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ވަޒީރުންގެ އިތުރުން މުނިފޫހިފިލުވުމުގެ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެކިބާވަތުގެ ހުނަރާއި ފުނަރުވެރިކަން ހުރި ޒުވާނުންނަށް ކުރިއަރާ ދިޔުމުގެ ހުރިހާ މަގެއް ހުޅުވާލައިދީ އުފެއްދުންތެރި ޒުވާނުން ބިނާ ކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.
އޮލިމްޕަސް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިޔަށްގެންގޮސްފައިވަނީ ދައުލަތުގެ ބަޖެޓާއި އިންޑިއާ ސަރުކާރުގެ"ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ގްރާންޓުގެ ދަށުންނެވެ. އޮލިމްޕަސް އަލުން ހުޅުވާފައި މި ވަނީ އެތަން އިތުރަށް ތަރައްޤީކޮށް ޒަމާނީ އެތައް ބަދަލުތަކަކާއެކުގައެވެ. މި ގެނެވުނު ބަދަލުތަކާއެކު ދިވެހި ފިލްމުތައް ސްކްރީން ކުރުމުގައި އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެގޮތަށް ޚިދުމަތްތަކާ ވަޞީލަތްތައް ވަނީ ތަރައްޤީކޮށްފައެވެ. އެގޮތުން މާލޭގައި މިއުޒިކު ޝޯތައް ބޭއްވުމާއި، ރާއްޖޭގައި އުވެމުންދާ ސްޓޭޖް ތަމްސީލް ކުޅުމުގެ ފުރުސަތު ފަހިވާގޮތައް ބަދަލުތައް ގެނެސްފައި ވުމާއި މިއުޒިކާއި ނެށުމަށް ޚާއްޞަ ޕްރެކްޓިސް ރޫމް ތަރައްޤީކުރުމުގެ އިތުރުން އޮލިމްޕަސްގެ ބެކްޔާޑްވެސް ވަނީ ތަފާތު ހަރަކާތްތައް ބޭއްވޭގޮތަށް ތަރައްގީކޮށް ޚިދުމަތްތަކާއި ވަޞީލަތްތައް އިތުރަށް ތަރައްޤީކޮށްފައެވެ.
މީގެ 64 އަހަރުކުރިން ހުޅުވި އޮލިމްޕަހަކީ އެތައް ފަންނުވެރި އުފެއްދުންތަކާއި އަދި އެތަކެއް ފަންނާނުންނެއް އުފެއްދުންތެރިކަން ފެށުމާ ގުޅިފައިވާ މުހިންމު ބިނާއެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ބޮލީވްޑްގެ އެކްޓަރ ސޯނޫ ސޫދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް ނެރެފި

އަމީތާބުގެ ކާފަދަރި އަނެއްކާވެސް ވެބްސައިޓް ތަކުގައި ހުރި ބައެއް ފޮޓޯއާއި މައުލޫމާތު ނަގައިދިނުމަށްއެދި އިންޑިއާގެ ހައިކޯޓަށް މައްސަލަ ހުށަހަޅައިފި

ސައިފް އަލީ ޚާން އަށް ވަޅިން ހަމަލާދިނުމުން ހޮސްޕިޓަލްގައި އެޑްމިޑްކޮށްފި

"ޕުޝްޕާ 2" ޕްރިމިއާގައި އަންހެނަކު މަރުވި މައްސަލާގައި އައްލޫ އަރުޖުން ހައްޔަރުކޮށްފި

ހަފީޒާ 4ވަނަ ބައި

ހަފީޒާ 2ވަނަ ބައި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
