މާލެ: 31°C

އޮލިންޕިކްސް އަންހެނުންގެ ރެސްލިން ފައިނަލަށް ގޮސްފައިވާ އިންޑިއާގެ ވިނޭޝްގެ ހަށިގަނޑު 100 ގުރާމު ބަރުވެގެން މުބާރާތުން ޑިސްކޮލިފައިކޮށްފި

August 7, 2024
2 ފަހަރު ބަލާފައި
އޮލިންޕިކްސް އަންހެނުންގެ ރެސްލިން ފައިނަލަށް ގޮސްފައިވާ އިންޑިއާގެ ވިނޭޝްގެ ހަށިގަނޑު 100 ގުރާމު ބަރުވެގެން މުބާރާތުން ޑިސްކޮލިފައިކޮށްފި
އޮލިންޕިކްސް އަންހެނުންގެ ރެސްލިން ފައިނަލަށް ގޮސްފައިވާ އިންޑިއާގެ ވިނޭޝްގެ ހަށިގަނޑު 100 ގުރާމު ބަރުވެގެން މުބާރާތުން ޑިސްކޮލިފައިކޮށްފި
އޮލިމްޕިކްސްގެ ވިމަންސް ފްރީސްޓައިލް ރެސްލިންގ ކޮމްޕެޓިޝަނުގެ ފައިނަލަށް ގޮސްފައިވާ އިންޑިއާގެ ވިނޭޝް ޕޮގަޓް ފައިނަލް އިވެންޓަށް ކުޑަތަންވެފައިވަނިކޮށް އޭނާގެ ބަރުދަނުން 50 ގުރާމު އިތުރުވުމުން މުބާރާތުން ޑިސްކޮލިފައިކޮށްފޮއެވެ. ޔޫޑަބްލިއުޑަބްލިއު ގެ އިންޓަނޭޝަނަލް ރެސްލިންގ ކޮމްޕެޓިޝަނުގެ ގަވާއިދު ބުނާގޮތުން ވިނޭޝް އޮލިމްޕިކްސް ރެސްލިންގ ފައިނަލަށް ގޮސްފައިވީނަމަވެސް ދެން އޭނާއަށް އެއްވެސް މެޑެލްއެއް ނުލިބޭނެއެވެ. ޔުނައިޓެޑް ވޯލްޑް ރެސްލިންގ ގެ ގަވާއިދު ބުނާގޮތުން ދެން ފައިނަލުގައި ވާދަކުރާނީ ވިނޭޝް އާ ވާދަކޮށް ބަލިވި ރެސްލާ އެވެ. އިންޑިއާއި އޮލިމްޕިކް ރަންމެޑަލް ހޯދާނެކަމަށް އެއްމެ ބޮޑަށް އުންމީދު ކުރި އެތުލީޓް މުބާރާތުން ޑިސްކޮލިފައިކުރުމާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރުވަނީ އިންޑިއާގެ އޮލިންޕިކް ކޮމެޓީގެ ރައީސް ޕީޓީ އުޝާ އަށް ގުޅުއްވައި އޮލިންޕިކްސް ގެ އުސޫލުތަކާއެއްގޮތަށް އެކަމުގައި ކުރެވެންހުރި ކަންކަން ބަލައި އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް އެދިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ