މާލެ: 31°C
މަރުހަބާ! އޮލިމްޕިސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓަކަށް ދީމާ

މަރުހަބާ! އޮލިމްޕިސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓަކަށް ދީމާ

15 މޭ 2024
20 ފަހަރު ބަލާފައި
މަރުހަބާ! އޮލިމްޕިސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓަކަށް ދީމާ
ރާއްޖޭގެ ތާރީހުގައި އޮލިމްޕިކްސް ގޭމްސްއަށް ކޮލިފައިވި ފުރަތަމަ އެތުލީޓުގެ ޝަރަފް ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީ ހޯދައިފި އެވެ. މިއަހަރުގެ ޖުލައި މަހު ފްރާންސްގެ ޕެރިހުގައި އޮންނަ އޮލިމްޕިކްސްއަށް ދީނާ ކޮލިފައިވީ ނޭޕާލުގައި މިހާރު ކުރިއަށްދާ ސައުތު އޭޝިއާ ރީޖަންގެ ކޮލިފިކޭޝަން ޓޯނަމެންޓްގައި ސިންގަލްސްއިން ޗެމްޕިއަންކަން ހޯދައިގެންނެވެ. ފައިނަލް މެޗް ދީމާ ކާމިޔާބު ކުރީ ހަތަރު ސެޓް އެއް ސެޓުން ސްރީލަންކާގެ ބަންޑާރަ ބިމަންދީއާ ވާދަކޮށްގެންނެވެ. އެހެންކަމުން ދީމާ ވެގެންދާނީ އޮލިމްޕިކްސް ގޭމްގައި ރާއްޖެ ވާދަކުރާ ފުރަތަމަ އެތުލީޓުގެ އިތުރުން، އޮލިމްޕިކްސްގައި ޓީޓީން ރާއްޖެ ތަމްސީލު ކުރާ ފުރަތަމަ ކުޅުންތެރިޔާ އަށެވެ. ދީމާ އޮލިމްޕިކްސްއަށް ކޮލިފައިވުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ މަރުހަބާ ކިޔަމުންނެވެ. އަދި ސަރުކާރުގެ މުއައްސަސާތަކާއި އިސްވެރިންވެސް ދަނީ ސޯޝަލް މީޑިއާގައި ދީމާއަށް މަރުހަބާ ކިޔައި މެސެޖުތައް ހިއްސާކުރަމުންނެވެ. މެސެޖުތަކުގައި މުބާރާތުގައި ދީމާއަށް ކާމިޔާބީއަށް އެދިފައި ވެއެވެ. ދީމާ އަކީ އިންޑިވިޖުއަލް ކުޅިވަރުތަކުގެ ތެރެއިން ރާއްޖޭގައި އެންމެ ޅަ އުމުރުގައި ބައިނަލްއަގުވާމީ ފެންވަރުގެ ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ކުޅުންތެރިޔެކެވެ. ދީނާ ވަނީ އިންޑިއަން އޯޝަން ގޭމްސްއާއި ކޮމަންވެލްތު ގޭމްސްގައި ރާއްޖެ މީގެކުރިން ތަމްސީލުކޮށް ކާމިޔާބީތަކެއް ހޯދާފަ އެވެ. އެގޮތުން، 2019 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ރާއްޖެއަށް ތިން ރަން މެޑަލް ހޯދާފައިވާއިރު، ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް ހޯދި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ