މާލެ: 31°C

ނިބާލް ފުރަތަމަ ފަހަރަށް ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި

November 20, 2022
2 ފަހަރު ބަލާފައި
ނިބާލް ފުރަތަމަ ފަހަރަށް ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި
ނިބާލް ފުރަތަމަ ފަހަރަށް ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި
48 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަން އަހުމަދު ނިބާލް ހޯދީ ފައިނަލްގައި ޒަޔާން ޒަކީ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. އޮލިމްޕިކް ކޮމިޓީގެ ސްކޮލާރޝިޕް ޕްރޮގްރާމެއްގައި ތަމްރީން ހޯދަމުންދާ ނިބާލް ފައިނަލް މެޗު ކާމިޔާބުކުރީ ކުރީގެ ޗެމްޕިއަން ސޯޅަ އެކާވީސް، ސާދަ އެކާވީހުން ބަލިކޮށްގެންނެވެ. މިއީ މިމުބާރާތުގެ ޗެމްޕިއަންކަން ނިބާލް ހޯދި ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް ނިބާލް ވަނީ މީގެކުރިން ތިން ފަހަރު ފައިނަލްގައި ވާދަކޮށް ދެވަނައިގައި ނިންމާލަން ޖެހިފައިއެވެ. ފިރިހެން ޑިވިޝަންގެ ޑަބަލްސް ޗެމްޕިއަންކަން ހޯދީ ޒަޔާން އާއި ތޯއިފްގެ ޕެއަރ އެވެ. އެއީ ފައިނަލްގައި ނިބާލް އާއި އަޖްފާން ބަލިކޮށްގެންނެވެ. [caption id="attachment_73352" align="aligncenter" width="2048"] ކުޅުންތެރިން[/caption] ޤައުމީ މުބާރާތުގެ އަންހެން ޑިވިޝަންގައި މިފަހަރުވެސް ރަސްކަން ކުރަމުންދަނީ ނަބާ އާއި ނަބީއެވެ. ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ޖެހި ޖެހިގެން ތިން ވަނަ ފަހަރަށް ނަބާހާ ހޯދީ ފައިނަލް މެޗުގައި ނަބީހާ ދެ ސެޓު އެއް ސެޓުން ބަލިކޮށްގެންނެވެ. ނަބާ ވަނީ ސިންގަލްސްގެ އިތުރުން ނަބީ އާއެކު ޑަބަލްސް ޗެމްޕިއަން ކަމާއި ޒަޔާން އާއިއެކު މިކްޑަބަލްސް ވެސް ކާމިޔާބުކޮށް މި ތިން އިވެންޓުގެވެސް ޗެމްޕިއަންކަން ޖެހި ޖެހިގެން ތިންވަނަ ފަހަރަށް ހޯދާ ދިވެހި ކުޅިވަރުގެ އާ ރެކޯޑެއް ޖާއިމްކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ