މާލެ: 31°C

ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ

March 13, 2025
472 ފަހަރު ބަލާފައި
ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
އިނގިރޭސި ޕްރިމިއަރ ލީގުގެ އެންމެ ކުރީގައި އޮތް ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ ހަމަޖައްސައިފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ އެންމެ ކުރީގައި އޮތް ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ ހަމަޖައްސައިފިއެވެ.

އެމެއެޕްޕީއާރުސީ އިން ބުނެފައިވަނީ ލިވަޕޫލާއި އެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ލިވަޕޫލްގެ ދަނޑުގައި ކުޅޭ ޕްރިމިއާ ލީގު މެޗުތަކުގައި ރާއްޖޭގެ އިޝްތިހާރުތައް ފެންނަން ހުންނާނެ ކަމަށާއި، މި އެއްބަސްވުމަށް ރަސްމީކޮށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ ދެވަނަ ދުވަހު އަމިއްލަ ދަނޑުގައި ލިވަޕޫލުން އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުން ފެށިގެން ކަމަށެވެ.

އެގޮތުން އެމްއެމްޕީއާރުސީ އިން ބުނެފައިވަނީ އެ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް އިތުރު 100،000 އަށް ވުރެ ގިނަ ޓޫރިސްޓުން ގެނެވި، ޓޫރިޒަމްގެ އާމްދަނީ އަށް 100 މިލިއަން ޑޮލަރަށް ވުރެ އުރަށް އާމްދަނީ ލިބިގެންދާނެ ކަމަށެވެ.

އެމްއެމްޕީއާރްސީން ބުނިގޮތުގައި މި އެއްބަސްވުމުގެ ދަށުން ލިވަޕޫލްއާއެކު ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ލިވަޕޫލްގެ އެކެޑެމީއެއް ރާއްޖޭގައި ގާއިމުކުރުމާއި ސްޕޯޓްސް ޓޫރިޒަމް ދާއިރާ އިތުރަށް ވަރުގަދަ ކުރުން ހިމެނެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ