މާލެ: 31°C

މިފަހަރު ކާންސް ގައި އައިޝްވާރިޔާގެ ފުރަތަމަ ފެނިލުން ފޭނުންނަށް ކަމަކުނުދިޔަ

May 19, 2023
2 ފަހަރު ބަލާފައި
މިފަހަރު ކާންސް ގައި އައިޝްވާރިޔާގެ ފުރަތަމަ ފެނިލުން ފޭނުންނަށް ކަމަކުނުދިޔަ
މިފަހަރު ކާންސް ގައި އައިޝްވާރިޔާގެ ފުރަތަމަ ފެނިލުން ފޭނުންނަށް ކަމަކުނުދިޔަ
ބޮލީވުޑްގެ މަޝްހޫރު ބަތަލާ، ރީތީގެ ރާނީ އައިޝްވާރްޔާ ރާއީ ބަޗަން، މިއަހަރުގެ ކާންސް ފެސްޓިވަލުގެ ފުރަތަމަ ފެނިލުމަށް ގިނަބަޔަކު ފާޑުކިޔަން ފަށައިފިއެވެ. އައިޝަވާރިޔާ މިފަހަރު ހުރީ އާންމުކޮށް ކާންސްގައި ލާ ގައުންތަކާއި ސާޅި ތަކާ ހިލާފަށް ބޮޑު ސިންގާ، ރިހިކުލައިގެ ހޫޑެއް ލާފައި ހުރި ކަޅު އަދި ރިހި ހެދުމެއްގައެވެ. މިފެނުލުމުން އޭނާގެ ފޭނުންނާއި ފެޝަން ފުލުހުން ހައިރާން ވެގެން ގޮސްފައިވާ އިރު ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ސޯފީ ކޫޗާ ތައްޔާރުކޮށްފައިވާ އެ ހެދުން  ހަދާފައިވަނީ އެލްމިނިއަމް ޕެލެޓްތަކާއި ކްރިސްޓަލްތަކުންނެވެ.  ސޯޝަލް މީޑިއާ ގައި ފޮޓޯތައް ވައިރަލް ވަމުންދާ އިރު އައިޝްވާރިއާގެ އިސްތަށިހަނޑާއި މޭކަޕަށް ވެސް މިފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް މީހުން ފާޑުކިޔަން ފަށާފައެވެ. "އަބަދު އެއް ހެއާ ސްޓައިލެއް، އަބަދު އެއް ރަތް ލިޕްސްޓިކެއް، ފެނި ފެނި ފޫހިވެއްޖެ" އެތައް ފޭނުންނެއް އެފަދަ ކޮމެންޓް ކޮށްފައިވެއެވެ. މިފަހަރުގެ ފެނުލުމުގައި ހެދުން ކިތަންމެ ތަފާތުނަމަވެސް އޭނާ ހުރީ ހަމަ އެ ހެއާ ސްޓާއިލާއި މޭކަޕްގައެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ