މާލެ: 31°C

މިމަހު ނިކުންނަ ބޮލީވުޑްގެ އުންމީދީ ފިލްމުތައް

January 3, 2024
2 ފަހަރު ބަލާފައި
މިމަހު ނިކުންނަ ބޮލީވުޑްގެ އުންމީދީ ފިލްމުތައް
މިމަހު ނިކުންނަ ބޮލީވުޑްގެ އުންމީދީ ފިލްމުތައް
އާހަރުގައި ނެރޭ ބޮލީވުޑްގެ އުންމީދީ ފިލްމުތަކެއް މިމަހު ނިކުންނާނެ ކަމަށް ބޮލީވުޑްގެ ހަބަރު ދިރާސާކުރާ މީހުން ރިޕޯޓުކޮށްފިއެވެ. މިމަސް ތެރޭގައި ނެރުމަށް ހަަމަޖެހިފައިވާ ފިލްމު ތަކަކީ: 1- ތައުބާ ތެރާ ޖަލްވާ   ރިލީސް ކުރާ ތާރީހް- ޖެނުއަރީ 5 އެންމެ ފަހުން ސަނީ ޑިއޯލް އާއި އެކު ގަދާރު 2 ކުލަގަދަ ކަމްބެކް ރޯލަށް ފަހު  އަމީޝާ ޕަޓޭލް 2024 ވަނަ އަހަރު ފުރަތމަ ފެނިލުމަށް ހަމަޖެހިފައި ވަނީ 'ތައުބާ ތެރާ ޖަލްވާ' އިންނެވެ. މި ފިލްމުގައި ޖަތީން ޚުރާނާ އާއި އިންޑޯ-ޕޮލިޝް ބަތަލާ އެންޖެލާ ކްރިސްލިންޒްކީ އާއި އިތުރު ބައެއް ވެސް ފެނިގެންދެ އެވެ. މި ފިލްމުގެ ވާހަކައިގައި އަމިއްލަ ނަފަސު މާ މޮޅުވެގެން އުޅޭ، ރިއަލް އެސްޓޭޓް ވިޔަފާރިިވެރިއަކާއި ހުވަފެނީ ދުނިޔެއެއްގައި ލޯބި ސިފަކުރާ އަންހެނެއްގެ ދިރިއުޅުން ދައްކުވައިދޭނެއެވެ. މިފިލްމު އުންމީދީ ފިލްމަކަށް ވަނީ އަމީޝާ ގަދަރު 2 އަކުން ވިދާލާފައިވާތީއެވެ. 2- މެރީ ކްރިސްމަސް   ކޮންމެވެސް ވަރެއްގެ ލަސްތަކަކާ ކުރިމަތިލާން ޖެހުމަށްފަހު، ސްރީރާމް ރާގަވަންގެ "މެރީ ކްރިސްމަސް" މި މަހު ރިލީޒް ކުރަން ވަނީ މިހާރު ތައްޔާރިވެފައެވެ. ކެޓްރީނާ ކައިފް އާއި ވިޖޭ ސެތޫޕަތީ ލީޑް ރޯލުން ފެނިގެންދާ މި ފިލްމަކީ، ކްރިސްމަސްއެއްގައި ހިނގާ އާދަޔާ ހިލާފް ކަންކަމެއްގެ މައްޗަށް ލިޔެފައިވާ ފިލްމެއްކަމަަށްވެއެވެ. މި ފިލްމުގެ ޝޫޓިން ހިންދީ އަދި ތަމަޅަ ބަހުން ކޮށްފައިވެއެވެ. ހިންދީ ވާޝަންގައި ސަންޖޭ ކަޕޫރާއި ވިނާއީ ޕަތަކް ފަދަ ތަރިން ފެނިގެންދާއިރު ތަމަޅަ ވާޝަންގައި ރާދިކާ ސަރަތުކުމޭރު، ޝަންމުގަރާޖާ އަދި އިތުރު ތަރިން ފެނިގެންދާނެ އެވެ. މިފިލްމު ރިލީޒް ކުރަނީ މިމަހު 12 ގަ އެވެ. 3- ރުސްލާން   މިމަހު 12 ގައި ނެރުމަށް ހަމަޖެހިފައިވާ އަނެއް ފިލްމާކީ ރުސްލާން އެވެ. ކަރަން އެލް ބޫޓާނީ ޑައިރެކްޓްކޮށްފައިވާ ރުސްލާންގައި އަޔޫޝް ޝަރްމާ އާއި އެކު އަލަށް ނިކުންނަ ސުޝްރީ މިޝްރާ، އަދި ޖަގަޕަތީ ބާބޫ، ވިދްޔާ މަލާވާޑޭ މި ފިލްމުން ފެނިގެންދެ އެވެ. އެއީ އެކްޝަން ތްރިލާއެއް ކަމަށް ބުނާ ފިލްމެކެވެ. 4- މައި އަތަލް ހޫން     އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އަތުލް ބިހާރީ ވަޖްޕޭއީގެ ދިރިއުޅުމާއި ޒަމާނުގެ މައްޗަށް ބިނާކޮށް ހަދާ މި ފިލްމ ދައިރެކްޓްކުރަނީ ރަވީ ޖާދަވް އެވެ. މިފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މިމަހު 19 ގައެވެ. 5- ފައިޓަރ   މިމަހު ނިކުންނަ ފިލްމުތަކުގެ ތެރެއިން ގިނަބަޔަކު އެންމެ އިންތިޒާރު ކުރަނީ މިމަހު 25 ގައި ނެރުމަށް ހަމަޖެހިފައިވާ، 'ފައިޓަރ' އަށެވެ. ސިދާތު އަނަންދު ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ރިތިކް ރޯޝަން، ދީޕިކާ ޕަދުކޯން އަދި އަނިލް ކަޕޫރު ލީޑް ރޯލުން ފެނިގެންދާ އޭރިއަލް އެކްޝަން ފިލްމެކެވެ. އެފިލްމުގެ ޓްރެއިލާއިން ދައްކާލާފައިވަނީ އޭރިއަލް އެކްޝަން ސީކުއެންސްތަކެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ