މާލެ: 31°C

މިފަހަރު އީދުގައި ރަށްރަށުގެ ސްޓޭޖުތައް ގުގުމާލީ "ޕްރޭމް ޕްރޭމް" އިން!

July 2, 2023
2 ފަހަރު ބަލާފައި
މިފަހަރު އީދުގައި ރަށްރަށުގެ ސްޓޭޖުތައް ގުގުމާލީ "ޕްރޭމް ޕްރޭމް" އިން!
މިފަހަރު އީދުގައި ރަށްރަށުގެ ސްޓޭޖުތައް ގުގުމާލީ "ޕްރޭމް ޕްރޭމް" އިން!
މި އަހަރުގެ އަޟްޚާ އީދުގައި ހުރިހާ ރަށެއްގެ ޝޯ ތަކުގައި ވެސް އެންމެ މަގުބޫލުކަން ހޯދާއި ސްޓެޖުތައް ގުގުމާލީ "ޕްރޭމް ޕްރޭމް" ނުވަތަ ލޯމެރި ހިތްއުފާ މި ލަވައިންއެވެ. ޕްރޭމް ޕްރޭމް ލަވަޔަކީ 1993 ވަނަ އަހަރު އޮލިމްޕިއަންސް އިން އިބްރާހީމް ޝަކީބާއި މޫނިސާ ހަލީލް ކިޔާފައިވާ ހިތްގައިމު ލަވަ އެކެވެ. https://www.youtube.com/watch?v=lOP1dYjpm_w އޭގެ ބައްތިރީސް އަހަރު ފަހުން މި ލަވަ އަނެއްކާވެސް ވައިގަ ހިފީ ށ. މިލަންދޫ ގްރީން ކާޕެޓް ގްރޫޕުން މި ލަވައަށް އެކްޓްކޮށް ސޯޝަލް މީޑިއާއަށް ދޫކޮށްލުމުންނެވެ. މިލަންދޫގެ 3 ޒުވާނުން މިލަވައަށް އެކްޓްކޮށްފައި ވަނީ ވަރަށް ފުރިހަމައަށެވެ. މިހާރުގެ ޒުވާނުންގެ ބަހުން ނަމަ އެޒުވާނުން މި ލަވަ "ރޫޅާ އިރާ ކުދި" ކޮއްލީއެވެ. އެހާވެސް އެލަވަ ފޯރިގަދަ ވެފަ ހިތްގައިމެވެ. https://www.youtube.com/watch?v=-aXahGe-itY މި ލަވައަށް އެކްޓްކޮށްފައިވާލެއް ފުރިހަމަކަމުން މި ލަވައިގެ ސްޓެޕްތައް ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކުން ދަނީ ފެންނަމުންނެވެ. ޚާއްސަކޮށް މިފަހަރުގެ ބޮޑުއީދުގައި ކުރިއަށްދިޔަ ޝޯވތަކުގައި މި ލަވަ ނެތި އެ ޝޯވއެއް ފުރިހަމަ ނުވާފަދައެވެ. ގިނަ ރަށްރަށުގެ ސްޓޭޖްތަކުން މި ލަވަ ޖާގަހޯދިއެވެ. ރިކުއެސްޓްކޮށްގެންވެސް މިލަވަ ރިޕީޓްކުރިއެވެ. ދެކުނާއި އުތުރު އަދި މެދު ރާއްޖެތެރެ އަށް ބަލާލި ނަމަވެސް އެލަވަ ކުޅެފައި ނުވާ ޝޯއެއް މި އީދުގައި ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މިލަވައާއެކު ސްޓޭޖާއެކު މުޅި އޯޑިއަންސް ވެސް ގުގުމާލާލައެވެ. ހިތްގައިމު ފޯރިގަދަ މި ލަވަޔަށް އަދިވެސް ގިނަ ބަޔަކު ދަނީ ތައުރީފް ކުރަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ