މި އަހަރުގެ މިސް ވޯލްޑް ގެ ތާޖު ޗެކް ރިޕަބްލިކްގެ ރީތީގެ ރާނީ ކްރިސްޓީނާއަށް

މި އަހަރުގެ މިސް ވޯލްޑް ގެ ތާޖު ޗެކް ރިޕަބްލިކްގެ ރީތީގެ ރާނީ ކްރިސްޓީނާއަށް
ލިޔުން:
މި އަހަރުގެ މިސް ވޯލްޑްގެ ތާޖު ޗެކް ރިޕަބްލިކްގެ ރީތީގެ ރާނީ ކްރިސްޓީނާ ސިކޯވާ ކާމިޔާބުކޮށްފިއެވެ.
އިންޑިއާގެ މުމްބާއީގެ ޖިއޯ ވޯލްޑް ކޮންވެންޝަން ސެންޓަރުގައި ރޭ ބޭއްވި ހަފްލާގައި ކްރިސްޓީނާ މިސް ވޯލްޑް ކާމިޔާބު ކޮށްފައިވަނީ މުޅި ދުނިޔޭން 111 ރީތީގެ ރާނީންނާއި ވާދަކޮށްގެންނެވެ.
ކްރިސްޓީނާ، 23، އަކީ ގާނޫނީ ވަކީލުކަން ކިޔަވަމުންދާ މޮޑެލްއެކެވެ.
ފޯރިގަދަ ހުށަހެޅުންތަކަކާއި އެކު ބޭއްވި މި ކުލަގަދަ ހަފްލާގައި އޭނާގެ ބޮލުގައި ތާޖު އަޅުވައިދިނީ މިދިޔަ އަހަރުގެ މިސް ވޯލްޑްގެ މަގާމު ހޯދި ޕޮލޭންޑްގެ ކެރޮލީނާ ބިއެލޯސްކާއެވެ.
71 ވަނަ މިސް ވޯލްޑް މުބާރާތުގެ ދެވަނަ ކާމިޔާބުކުރީ ލުބްނާންގެ ޔަސްމީމާ ޒޭތޫނެވެ. އަދި ތިން ވަނަ އަކީ ޓްރިނާޑް އެންޑް ޓޮބޭގޯގެ އޭޝީ އަބްރަހަމްސް އެވެ.
މިއީ ދުނިޔޭގެ އެންމެ ބޮޑު ރީތީގެ މުބާރާތް އިންޑިއާގައި ބޭއްވި ދެވަނަ ފަހަރަށްވީއިރު، މި ހަފްލާ ހޯސްޓްކުރީ ބޮލީވުޑްގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރާއި 2013 ގެ މިސް ވޯލްޑް މޭގަން ޔަންގް އެވެ.
އެގޮތުން، މި މުބާރާތް ކާމިޔާބު ކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އެންމެ ފާހަގަ ކޮށްލެވޭ ދެ ރީތީންގެ ރާނީން ވެސް ނިސްބަތްވަނީ އިންޑިއާ އަށެވެ. އެއީ 1991 ވަނަ އަހަރުގެ މިސް ވޯލްޑް އައިޝްވާރިއާ ރާއީ އާއި 2000 ވަނަ އަހަރުގެ މިސް ވޯލްޑް ޕްރިޔަންކާ ޗޯޕްރާއެވެ.
މިސްވޯލްޑަކީ 1951 ވަނަ އަހަރު އިނގިރޭސިވިލާތުގައި ފެށުނު، މިހާރު ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ މިފަދަ މުބާރާތެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ބޮލީވްޑްގެ އެކްޓަރ ސޯނޫ ސޫދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް ނެރެފި

އަމީތާބުގެ ކާފަދަރި އަނެއްކާވެސް ވެބްސައިޓް ތަކުގައި ހުރި ބައެއް ފޮޓޯއާއި މައުލޫމާތު ނަގައިދިނުމަށްއެދި އިންޑިއާގެ ހައިކޯޓަށް މައްސަލަ ހުށަހަޅައިފި

ސައިފް އަލީ ޚާން އަށް ވަޅިން ހަމަލާދިނުމުން ހޮސްޕިޓަލްގައި އެޑްމިޑްކޮށްފި

"ޕުޝްޕާ 2" ޕްރިމިއާގައި އަންހެނަކު މަރުވި މައްސަލާގައި އައްލޫ އަރުޖުން ހައްޔަރުކޮށްފި

ހަފީޒާ 4ވަނަ ބައި

ހަފީޒާ 2ވަނަ ބައި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
