މިއަހަރުގެ މިސް އިންޑިއާ ރާޖަސްތާނުގެ ނަންދިނީ ކާމިޔާބު ކޮށްފި

މިއަހަރުގެ މިސް އިންޑިއާ ރާޖަސްތާނުގެ ނަންދިނީ ކާމިޔާބު ކޮށްފި
ލިޔުން:
ރާޖަސްތާނަށް އުފަން ނަންދީނީ ގުޕްތާ މިއަހަރުގެ ފެމިނާ މިސް އިންޑިއާ ވޯލްޑް ގެ ތަށި ކާމިޔާބު ކޮށްފިއެވެ.
އުމުރުން 19 އަހަރުގެ ނަންދީނީ މިއަހަރުގެ ޔޫއޭއީގައި ބާއްވާ 71 ވަނަ މިސް ވޯލްޑް މުބާރާތުގައި ވެސް އޭނަ އިންޑިއާ ތަމްސީލުކުރާނެ އެވެ. އޭނާ އަކީ ބިޒްނެސް މެނޭޖްމަންޓުން ޑިގްރީ ހާސިލުކޮށްފައިވާ މީހެކެވެ.
ރޭ ބޭއްވި ކުލަގަދަ ހަފުލާގައި ހޯސްޓްކޮށް ދިނީ ބޮލީވުޑްގެ ފަންނާނުން ކަމަށްވާ ބޫމީ ޕިޑްނޭކަރާއި މަނީޝް ޕޯލް އެވެ. އަދި އެ ހަފުލާގައި ބޮލީވުޑްގެ ތަރިން ކަމަށްވާ ކާތިކް އާރިއަނާއި އަނަންޔާ ޕާންޑޭވަނީ ފޯރިގަދަ ސްޓޭޖް ހުށަހެޅުންތަކެއް ގެނެސްފައެވެ. އޭގެ އިތުރުން 30 ސްޓޭޓެއްގެ ސަގާފީ ފެޝަން ޑިޒައިން ތަކެއްވެސް ވަނީ ދައްކުވައިދީފައެވެ.
ފެމިނާ މިސް އިންޑިއާ ވޯލްޑް އިން ނަންދިނީ އެއްވަނަ ހޯދާފއިވާއިރު، ދެވަނަ ލިބުނީ ނިއު ދިއްލީ އަށް އުފަން ޝްރެޔާ ޕޫންޖާއަށެވެ. އަދި ތިން ވަނަ ލިބުނީ މަނިޕޫރަށް އުފަން ތޯނާހަމް ސްޓްރެލާ ލުވަންގެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ބޮލީވްޑްގެ އެކްޓަރ ސޯނޫ ސޫދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް ނެރެފި

އަމީތާބުގެ ކާފަދަރި އަނެއްކާވެސް ވެބްސައިޓް ތަކުގައި ހުރި ބައެއް ފޮޓޯއާއި މައުލޫމާތު ނަގައިދިނުމަށްއެދި އިންޑިއާގެ ހައިކޯޓަށް މައްސަލަ ހުށަހަޅައިފި

ސައިފް އަލީ ޚާން އަށް ވަޅިން ހަމަލާދިނުމުން ހޮސްޕިޓަލްގައި އެޑްމިޑްކޮށްފި

"ޕުޝްޕާ 2" ޕްރިމިއާގައި އަންހެނަކު މަރުވި މައްސަލާގައި އައްލޫ އަރުޖުން ހައްޔަރުކޮށްފި

ހަފީޒާ 4ވަނަ ބައި

ހަފީޒާ 2ވަނަ ބައި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
