މާލެ: 31°C

އެމްބާޕޭގެ ހެޓްރިކާއެކު ލަލީގާގެ 1 ވަނާގައި އޮތް ރިއާލްއިން ލީޑް ފުޅާކޮށްފި

January 26, 2025
202 ފަހަރު ބަލާފައި
އެމްބާޕޭގެ ހެޓްރިކާއެކު ލަލީގާގެ 1 ވަނާގައި އޮތް ރިއާލްއިން ލީޑް ފުޅާކޮށްފި
އެމްބާޕޭގެ ހެޓްރިކާއެކު ލަލީގާގެ 1 ވަނާގައި އޮތް ރިއާލްއިން ޕޮއިންޓް ތާވަލްގެ ލީޑް ފުޅާކޮށްފި އެވެ.

އެމްބާޕޭގެ ހެޓްރިކާއެކު ލަލީގާގެ 1 ވަނާގައި އޮތް ރެއާލް މެޑްރިޑްން ޕޮއިންޓް ތާވަލްގެ ލީޑް ފުޅާކޮށްފި އެވެ.

ސްޕެނިސް ލީގުގައި ރޭ ރެއާލް ވަޔަޑޮލިޑް އާއި ދެކޮޅަށް ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި ފެނިގެންދިޔަ 3 ގޯލްވެސް ޖަހާދީފައިވަނީ އެޓީމުގެ ތަރި ކިލިއަން އެމްބާޕޭއެވެ. ރިއާލް ވަޔަޑޮލިޑްގެ ދަނޑުގައި ކުޅުނު މި މެޗުގައި މެޑްރިޑްގެ ފުރަތަމަ ގޯލް ޖޫޑް ބެލިންހަމް ދިން ޕާހަކުން މެޗްގެ 30 ވަނަ މިނެޓް ގައި ކާމިޔާބުކޮށްދިނީ އެމްބާޕޭ އެވެ. އަދި މެޗުގެ 57 ވަނަ މިނެޓްގައި ރެއާލްގެ ދެވަނަ ގޯލުވެސް އެމްބާޕޭ ކާމިޔާބުކޮށްދިން އިރު، އެމްބާޕޭގެ ހެޓްރިކް ހަދާފައިވަނީ މެޗްގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ލިބުނު ޕެނަލްޓީއެއް އެމްބާޕޭ ކާމިޔާބުކޮށްދީގެންނެވެ.

ލީގުގެ އެއްވަނައިގައި ރެއާލް މެޑްރިޑަށް ވަނީ މި މޮޅާއެކު 4 ޕޮއިންޓް ގެ ފަރަގެން ހޯދިފައެވެ. އެގޮތުން ލީގުގެ އެއްވަނާގައި 21 މެޗުން 49 ޕޮއިންޓް ހޯދައިގެން މެޑްރިޑް 1 ވަނާގައި އޮތްއިރު، 21 މެޗުން 45 ޕޮއިންޓު ހޯދައިގެން ލީގުގެ 2 ވަނާގައި އޮތީ އެތްލެޓިކޯ މެޑްރިޑް އެވެ. އަދި 1 މެޗް މަދުން ކުޅެގެން 3 ވަނާގައި  އޮތީ 20 މެޗުން ހޯދި 39 ޕޮއިންޓާ އެކު ބާސެލޯނާ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ