އެމްބާޕޭ ރެއާލް މެޑްރިޑަށް ސޮއިކޮށްފި

އެމްބާޕޭ ރެއާލް މެޑްރިޑަށް ސޮއިކޮށްފި
ލިޔުން:
ފްރާންސްގެ ސްޕަރ ސްޓަރ ކިލިއަން އެމްބާޕޭ 5 އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ރެއާލް މެޑްރިޑާއެކު ސޮއިކޮށްފިއެވެ.
ފްރާންސްގެ ޕީއެސްޖގައިީ ހޭދަކުރި ހަތް އަހަރުގެ ތެރޭގައި ޕީއެސްޖީގެ ރެކޯޑް ސްކޯރާގެ މަގާމު ހޯދި އުމުރުން 25 އަހަރުގެ ފޯވާޑް ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅުމަކީ އެނާގެ ހުވަފެނެއްކަމުގައި ރެއާލް އަށް ސޮއިކުރިކަން ހާމަކޮށް އެސް ގައި ކޮށްފައިވާ ޕޯސްޓް ގައި ބުނެފައިވެއެވެ.
އެމްބާޕޭ ސޯޝަލް މީޑިއާގައި ލިޔެފައި ވަނީ މިއީ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށެވެ. އާއެކު މެޑްރިޑްގެ ޖާޒީ ގައި ޒުވާން އުމުރުގައި ނަގާފައިވާ ފޮޓޯއަކާ އެކު އޭނާ ބުނެފައިވަނީ ހުވަފެނުގެ ކްލަބާ ގުޅުމަކީ ވަރަށް އުފާވާ އަދި ފަޚުރުވެރިވާ ކަމެއް ކަމަށެވެ. އަދި މިވަގުތު އޭނާ ހުރީ ކިހާ އުފަލުންކަން އެކަކަށްވެސް ނުވިސްނޭނެ ކަމަށެވެ.

Un sueño hecho realidad.
Muy feliz y orgulloso de formar parte del club de mis sueños @realmadrid Es imposible explicar lo feliz y emocionado que me siento en este momento. Estoy impaciente por veros, Madridistas, y gracias por vuestro increíble apoyo.
¡Hala Madrid! 🤍🤍🤍

A… pic.twitter.com/YTumusAXT6
— Kylian Mbappé (@KMbappe) June 3, 2024

އެމްބާޕޭ މެޑްރިޑަށް ބަދަލުވެފައި މިވަނީ 2022 ވަނަ އަހަރު ޕީއެސްޖީއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ދެ އަހަރުގެ މުއްދަތަށް އިތުރުކުރުމުގެ ކުރިންނެވެ.
އޭނާ ވަނީ އެ ކްލަބަށް 308 މެޗް ކުޅެދީ، 256 ލަނޑު ކާމިޔާބުކޮށްދީފައެވެ.
ފްޓްބޯޅައިގެ ގިނަ ކާމިޔާބީތަކެއް ހޯދި އެމްބާޕޭ - ޕީއެސްޖީއާއެކު 6 ލީގު ތަށި އަދި އޭނާގެ ކުރީގެ ކްލަބް، މޮނާކޯއާއެކު އެއް ލީގު ކާމިޔާބުކޮށްފައިވީ ނަމަވެސް، ކެރިއަރުގެ ކާމިޔާބީތަކުގެ ލިސްޓަށް އެމްބާޕޭ އަށް އަދި ޗެމްޕިއަންސް ލީގުގެ ތަށި އިތުރުކުރެވިފައެއް ނުވެއެވެ.
ނަމަވެސް ރެއާލްމެޑްރިޑްގައި އެކަން ބަދަލުވެދާނެ ކަމަށާއި، ފާއިތުވި 10 އަހަރުގެ ތެރޭގައި ޔޫރަޕްގެ 6 މުބާރާތެއް ރެއާލުންވަނީ ކާމިޔާބް ކޮށްފައެވެ.
މޮނާކޯއިން ޕީއެސްޖީއާ އެމްބާޕޭ ގުޅުނީ 2017 ވަނަ އަހަރު 214 މިލިއަން ޑޮލަރުގެ ފީއަކަށެވެ. އެމްބާޕޭ ހޯދުމަށް ރެއާލުން 2021 ވަނަ އަހަރުގެ އޮގަސްޓް މަހު 188 މިލިއަން ޑޮލަރުގެ ބިޑެއް ހުށަހެޅި އިރުވެސް އެމްބާޕޭ ވަނީ ޕީއެސްޖީ ދޫކޮށްލަން ބޭނުންވާ ކަމަށް އޭރު އިއުތިރާފުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕެނަލްޓީން ބަލިވެ ޖަރުމަނު ވޯލްޑްކަޕް މުބާރާތުން ކަޓައިފި

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މޮރީނިއޯ ސަސްޕެންޑް ކޮށްފި

މޮރީނިއޯ ގަލަތަސަރާއީގެ ކޯޗަށް ހަމަލާދީފި

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި

ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!