މާލެ: 31°C

މެންޗެސްޓަރ އިން ބޭރުކޮށްލައިފިނަމަ އެހެން ޓީމަކަށް ގޮސް ތަށި ނަގާނެކަމަށްބުނެ ކޯޗް އެރިކް ޓެންހާގް މެންޗެސްޓަރގެ ވެރިންނަށް އިންޒާރު ދީފި!

May 27, 2024
2 ފަހަރު ބަލާފައި
މެންޗެސްޓަރ އިން ބޭރުކޮށްލައިފިނަމަ އެހެން ޓީމަކަށް ގޮސް ތަށި ނަގާނެކަމަށްބުނެ ކޯޗް އެރިކް ޓެންހާގް މެންޗެސްޓަރގެ ވެރިންނަށް އިންޒާރު ދީފި!
މެންޗެސްޓަރ އިން ބޭރުކޮށްލައިފިނަމަ އެހެން ޓީމަކަށް ގޮސް ތަށި ނަގާނެކަމަށްބުނެ ކޯޗް އެރިކް ޓެންހާގް މެންޗެސްޓަރގެ ވެރިންނަށް އިންޒާރު ދީފި!
މެންޗެސްޓަރ އިން ބޭރުކޮށްލައިފިނަމަ އެހެން ޓީމަކަށް ގޮސް ތަށި ނަގާނެކަމުގެ އިންޒާރު އެޓީމުގެ ކޯޗް އެރިކް ޓެންހާގް ދީފިއެވެ. އިނގިރޭސި އެފް.އޭ ކަޕްގެ ފައިނަލުން މެންޗެސްޓަރ ސިޓީގެ މައްޗަށް 2-1 އިން ކުރި ހޯދައި ތަށި ހާސިލްކުރުމަށްފަހު މެންޗެސްޓަރ ޔުނައިޓެޓްގެ ކޯޗް އެރިކް ޓެންހާގް ބުނީ އެނާ މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗްކަމުން ވަކިކޮށްފިނަމަ އެހެން ކޮންމެވެސް ޓީމަކަށް ގޮސް މެޗްތަކުން މޮޅުވެ ތަށި ހޯދާނެކަމަށެވެ. އޭނާ އެހެން ބުނެފައިވަނީ މެންޗެސްޓަރ ގެ ކޯޗްކަމުނ އޭނާ ވަކިކުރުމާ ގުޅޭގޮތުން މެންޗެސްޓަރގެ ވެރިންގެ މެދުގައި ވާހަކަތައް ދެކެވެމުންދާ ދިއުމާ ގުލޭގޮތުންނެވެ. ކޯޗް އެރިކް ޓެންހާގް ބުނެފައިވަނީ އޭނާ ފައިނަލް މެޗަށް ނިކުތީވެސް ކޯޗްކަމުން ވަކިކުރަންއުޅޭ ކަމުގެ އަޑުތަށް އަހަމުންކަމަށާއި ނަމަވެސް އެވާހަކަތަކަށް ބެލުމެއްނެތި ޓީމަށް ކާމިޔާބުހޯދައިދިމުމަށް މަސައްކަތްކޮށްދީފައިވާނެކަމަށާއި މިވަގުތު އޭނާ މަޑުކޮށްލައިގެން އެހުރީ ނަސީބު ދެނެގަތުމަށްކަމަށެވެ. ނަމަވެސް އަދި ވަކިގޮތަކަށް ނިންމިކަން ޓީމުން އަދި އަންގާފައިނުވާކަމަށެވެ. ކޯޗް އެރިކް ޓެންހާގް އިތުރަށް ބުނެފައިފައިވަނީ އޭނާ އެ ޓީމާއި ގުޅުނީ ޓީމެއް ބިނާކޮށް މެޗްތަކުން މޮޅުވުމަށް ކަމަށެވެ. އެހެންކަމުން މިހާރުވެސް އޭނާކުރަމުން އެގެންދަނީ އެ ދެ ކަންތައްކަމަށެވެ. " އެމީހުން އަހަރެން ބޭނުންނުވާނަމަ އެހެން ތަނަކަށް ގޮސް ހަމަ މި މަސައްކަތް ކުރާނަން ތަށިވެސް ނަގާނަން، އަހަރެން މުޅި ކެރިއަރ ގައިވެސް މި ކުރަނީ މި ކަންތައް" އިރިކް ޓެންހާގް ބުންޏެވެ. ފައިނަލް މެޗަށްފަހު ޔުނައިޓެޑުން މި ހަފުތާގައި ޕޯސްޓް ސީޒަން ރިވިއުއެއް ކުރިއަށް ގެންދާނެ ކަމަށް ރިޕޯޓްތައް ބުނާއިރު، އެރިކް ޓެންހާގްގެ މުސްތަގުބަލާމެދު ގޮތެއް ކަނޑައެޅުންވެސް އެޖެންޑާކޮށްފައިވެ އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ