މާލެ: 31°C

މެންޗެސްޓަރ ޔުނައިޓެޑަށް ގެންނަން މަސައްކަތްކުރި ޕޯޗްގަލްގެ 19 އަހަރުގެ ތަރި ޖޮއާއޯ ނެވޭސް 64 މިލިއަން ޑޮލަރަށް ޕީއެސްޖީ އާއި ގުޅިއްޖެ

August 6, 2024
2 ފަހަރު ބަލާފައި
މެންޗެސްޓަރ ޔުނައިޓެޑަށް ގެންނަން މަސައްކަތްކުރި ޕޯޗްގަލްގެ 19 އަހަރުގެ ތަރި ޖޮއާއޯ ނެވޭސް 64 މިލިއަން ޑޮލަރަށް ޕީއެސްޖީ އާއި ގުޅިއްޖެ
މެންޗެސްޓަރ ޔުނައިޓެޑަށް ގެންނަން މަސައްކަތްކުރި ޕޯޗްގަލްގެ 19 އަހަރުގެ ތަރި ޖޮއާއޯ ނެވޭސް 64 މިލިއަން ޑޮލަރަށް ޕީއެސްޖީ އާއި ގުޅިއްޖެ
ޕޯޗްގަލް ގެ ގައުމީ ފުޓްބޯޅަ ޓީމުގެ ޒުވާން ކުޅުންތެރިއާ އަދި ޕޯޗްގަލް ލީގުގެ ކާމިޔާބު ޓީމް ބެންފީކާއަށް ކުޅެމުންއަންނަ ޖޮއާއޯ ނެވޭސް 64 މިލިއަން ޑޮލަރަށް 5 އަހަރުގެ ކޮންޓްރެކެޓެއްގައި ފްރާންސްގެ ޕީއެސްޖީއާއި ގުޅިއްޖެއެވެ. ބެންފީކާ އަށް 55 މެޗް ކުޅެދީފައިވާ ޖޮއާއޯ ނަވޭސް ބެންފީކާ އާއި ގުޅުމަށްފަހު ބުނީ ޕީއެސްޖީއަކީ  ވަރަށް ބޮޑު ކްލަބެއްގެ ކަމަށާއި، އަދި ވަރަށް މަތީ އަމާޒެއް އޮތް ޒުވާނުންނަށް އިސްކަންދޭ ކްލަބެއް ކަމަށާއި، އޭނާ ދެކޭ ގޮތުގައި އެވިސްނުމާއި އެކު ކްލަބް ހަރުދަނާ ކުރަން މަސައްކަތް ކުރުމަކީ ވަރަށް ރަނގަޅު ކަމެއްކަމަށެވެ. އަދި ޕީއެސްޖީއަކީ ވަރަށް މަތީ އަމާޒެއް އޮތް ކްލަބެއް ކަމަށާއި މިހާރުވެސް ގިނަ ރެކޯޑްތަކެއް ހަދާފައިވާ ކުލަބެއްކަމަށެވެ. މީޑިއާއަށް ދިން ބަޔާނުގައި ޖޮއާއޯ ނަވޭސް ބުނެފައިވަނީ ޕީއެސްޖީއަށް ބަދަލުވުމަށް ނިންމުމުގެ ކުރިން ޕޯޗްގަލް ގެ ހުރިހާ ކުޅުންތެރިންނާ ޕީއެސްޖީއާ ބެހޭގޮތުން ވާހަކަދެއްކި ކަމަށާއި ހާއްސަކޮސް އެންޖަލް ޑި-މާރިއާ ގެ ފަރާތުން ވަރަށް ވަރަށްގިނަ ކަންކަން ފާހަގަކުރެވުނު ކަމަށާއި އެކަންކަމަކީ އޭނާއަށް އެކުލަބުގައި އޭނާ އުފާކުރާނެ ކަންކަން ކަމުގައި ވެސް ބުނެފައިވެއެވެ. ޓްރާންސްފާ މާކެޓް ހުޅުވުމާއެކު ޖޮއާއޯ ނަވޭސް ގެންދަން އެއްމެ ބޮޑަށް މަސައްކަތްކޮސްފައިވަނީ މެންޗެސްޓަރ ޔުނައިޓެޑުންނެވެ. ނަމަވެސް ބުރޫނޯ ފެނާންޑޭސް އިސްވެ ކުރިމަސައްކަތުން އެކުލަބަށް މިވަގުތު ޖޮއާއޯ ނަވޭސް ގެ ނުގެންދެވުނީ އަގުގެ މައްސަލާގައި ކުލަބުގެ މެނޭޖުމަންޓްގެ ހިޔާލުތަފާތުވެ ގޮތެއް ނުނިންމުމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ