މެންޗެސްޓަރ ޔުނައިޓުން ލޯނު އެއްބަސްވުމެއްގެ ދަށުން އެސްޓަންވިލާއަށް ރަޝްފޯޑް ވިއްކާލައިފި އެވެ.
އުމުރުން 27 އަހަރުގެ ފޯވާޑް މި ސީޒަން ނިމެންދެން ލޯނު އެއްބަސްވުމުގެ ދަށުން ސޮއިކޮށްފައިވާއިރު، މި ސިޡަނަށްފަހު އެސްޓަންވިލާއިން ރަޝްފޯޑާއެކު ގައުމުގެ އެއްބަސްވުމެއްވެސް ހެދިދާނެ ކަމަށް ލޯނު އެއްބަސްވުމުގައި ހިމަނާފައިވެއެވެ.
އިންސްޓަގްރާމްގައި ރެޝްފޯޑް ބުނެފައިވަނީ މި ލޯން އެއްބަސްވުން ކާމިޔާބުކޮށްދިން ކަމަށްޓަކައި މެންޗެސްޓާ ޔުނައިޓެޑާއި އެސްޓަން ވިލާ އަށް ޝުކުރު އަދާކުރާކަމަށް ލިޔެވައިވެއެވެ.
ވިލާ އިން ވަނީ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އިން ލޯން އެއްބަސްވުމެއްގެ ދަށުން ސްޕެއިންގެ މިޑްފީލްޑަރު މާކޯ އަސެންސިއޯ ގެނައުމާ ގާތަށް ވެސް ގޮސްފަ އެވެ.
ރެލިގޭޝަންގެ ނުރައްކާ އޮތް ވުލްވްސް އަތުން 2-0 އިން ބަލިވި މެޗަށް ފަހު ހޮނިހިރު ދުވަހު ވިލާގެ ކޯޗު އުނައި އެމެރީ ބުނީ އެ ކްލަބަށް "އާ ކުޅުންތެރިން ބޭނުންވާ" ކަމަށެވެ.
އެ ޓީމުން ވަނީ މިދިޔަ ޖެނުއަރީ މަހު ލެވަންޓޭގެ ސްޕެއިންގެ ފުލްބެކް އަންދްރޭސް ގާސިއާ އާއި ބޮރޫޝިއާ ޑޯޓްމަންޑްގެ ނެދަލެންޑްސްގެ ފޯވާޑް ޑޮންޔެލް މަލިން ވެސް ގެނެސްފައެވެ. އަދި ވިލާއިން ވަނީ ކޮލަމްބިއާގެ ފޯވާޑް ޖޯން ޑުރާން 71 މިލިއަން ޕައުންޑްގެ އެއްބަސްވުމެއްގެ ދަށުން ސައުދީ ޕްރޯ ލީގުގެ އަލް ނަސްރަށް ވިއްކާލައި، ސެންޓާ ބެކް ޑިއޭގޯ ކާލޯސް ފެނަރބަޗޭ އަށް ގާތްގަނޑަކަށް 8.45 މިލިއަން ޕައުންޑަށް ވިއްކާލައިފަ އެވެ.







