މާލެ: 31°C
މެންޗެސްޓާ ސިޓީގެ ޑިފެންޑަރ ކެންސެލޯ ސައުދީގެ އަލް ޚިލާލް އަށް ބަދަލުވެއްޖެ

މެންޗެސްޓާ ސިޓީގެ ޑިފެންޑަރ ކެންސެލޯ ސައުދީގެ އަލް ޚިލާލް އަށް ބަދަލުވެއްޖެ

28 އޯގަސްޓު 2024
18 ފަހަރު ބަލާފައި
މެންޗެސްޓާ ސިޓީގެ ޑިފެންޑަރ ކެންސެލޯ ސައުދީގެ އަލް ޚިލާލް އަށް ބަދަލުވެއްޖެ
މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ޖޮއާއޯ ކެންސެލޯ 21.2 މިލިއަން ޕައުންޑުގެ އެއްބަސްވުމެއްގެ ދަށުން ސައުދީ ޕްރޯ ލީގުގެ ކްލަބް އަލް-ހިލާލް އަށް ބަދަލުވެއްޖެއެވެ. އުމުރުން 30 އަހަރުގެ ޕޯޗުގަލްގެ ޑިފެންޑަރ ކެންސެލޯ އިޓަލީގެ ޔުވެންޓަސް އިން މެންޗެސްޓާ ސިޓީއާއި ގުޅުނީ 2019 ވަނަ އަހަރު 60 މިލިއަން ޕައުންޑުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ސިޓީގެ ކޯޗް ގާޑިއޯލާއާ ޚިޔާލު ތަފާތުވުމާ ގުޅިގެން 2023 ވަނަ އަހަރު ލޯން އެއްބަސްވުމެއްގެ ދަށުން ބަޔާން މިއުނިކަށް ކެނެސެލޯ ފޮނުވާލުމުން 2023 ވަނަ އަހަރުގެ ސީޒަންގެ ފަހު ކޮޅުގައި ބަޔާން މިއުނިކުން ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާ ވަނީ ބާސެލޯނާގައި ހޭދަކޮށްފައެވެ. މި އަހަރުގެ  އާ ސީޒަނަށް ތައްޔާރުވީއިރު ގާޑިއޯލާ ވަނީ ކެންސެލޯއަށް އެ ކްލަބުގައި މުސްތަގުބަލެއް އޮވެދާނެ ކަމުގެ އިޝާރާތެއް ކޮށްފައެވެ، ނަމަވެސް މި ސީޒަނުގައި ސިޓީން ޕްރިމިއާ ލީގުގައި ކުޅުނު ދެ މެޗުގައި އޭނާ ޓީމުގައި ހިމަނާފައެއް ނުވެއެވެ. ކެންސެލޯ ވަނީ ސިޓީއަށް 154 މެޗު ކުޅެދީ 9 ގޯލް ކާމިޔާބުކޮށްދީފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ