ތަފާތު ބޮޑު މޮޅަކާއެކު ލިވަރޕޫލް އިން ޕްރެމިއަރ ލީގުގެ ތާވަލްގެ އެއްވަނައިގައި ހަމަޖެހިލައިފި

ތަފާތު ބޮޑު މޮޅަކާއެކު ލިވަރޕޫލް އިން ޕްރެމިއަރ ލީގުގެ ތާވަލްގެ އެއްވަނައިގައި ހަމަޖެހިލައިފި
ލިޔުން:
ދުނިޔޭގެ އެންމެ ވާދަވެރި އެއް ލީގު ކަމުގައިވާ އިނގިރޭސި ޕްރެމިއަރ ލީގުގައި ލިވަރޕޫލާއި ބޯން މައުތު ބައްދަލުކުރި މެޗް 4 :0 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ލިވަރޕޫލް ކާމިޔާބު ކޮށްފިއެވެ.
ރަށުން ބޭރުގައި ކުޅުނު މިމެޗްގައި ލިވަރޕޫލްގެ ލަނޑުތަށް ކާމިޔާބު ކޮށްދިނީ ދާރވިން ނުނޭޒް އާއި ޑީއެގޯ ޖޮޓާ އެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މި މެޗްގައި ދެލަނޑު ޖަހާފައެވެ.
މުޅި މެޗްގައި ވެސް މޮޅަށް ކުޅުނު ލިވަރޕޫލްގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ދެވަނަ ހާފްގައި މެޗްގެ 49 ވަނަ މިނެޓްގައި ނުނޭޒް އެވެ. ދެވަނަ ލަނޑާ ތިންވަނަ ލަނޑު މެޗްގެ 70 ވަނަ މިނެޓާ 79 ވަނަ މިނެޓްގައި ޖޮޓާ ކާމިޔާބު ކޮށްދީފައިވާއިރު އެންމެ ފަހުލަނޑު ނުނެޒް ކާމިޔާބު ކޮށްދިނީ މެޗްގެ އިތުރު ވަގުތުގައެވެ.
މި ނަތީޖާއާއި އެކު ލީގު ތާވަލްގެ އެއްވަނައިގައި ލިވަރޕޫލަށް 48 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައިވާ މެންޗެސްޓަރ ސިޓީއަށް ލިބިފައިވަނީ 43 ޕޮއިންޓެވެ. ނަމަވެސް އެއީ ލިވަރޕޫލަށްވުރެ އެއްމެޗް މަދުން ކުޅިގެންނެވެ.
ލީގުގައި ބާކީ 17 މެޗް އޮތްއިރު މިނަތީޖާއަކީ ލިވަރޕޫލަށް މިވަގުތަށް ރަނގަޅު ނަތީޖާއަކަށް ވީނަމަވެސް ކުރިއަށް ހުރި މެޗްތަށް ފަސޭހަ ނުވާނެކަމަސް ކޯޗް ކްލޮޕް ވެސް ގަބޫލު ކުރެއެވެ.
ލިވަރޕޫލަށް މިވަގުތު ދިމާވެފައިވާ އެންމެބޮޑު ދައްޗަކީ އެޓީމުގެ އިތުބާރު ފޯވާޑް މުހައްމދު ސަލާހް އެފްރިކަން ނޭޝަން ކަޕްގައި ކުޅެނިކޮށް ލިބިފައިވާ އަނިޔާއެވެ.
ރޭގެ މެޗްތަކަށްފަހު މެންޗެސްޓަރ ސިޓީގެ ފަހަތުން ތާވަލްގެ 3 ވަނައިގައި އޮތީ އާސެނަލް އެވެ. އަދި 4 ވަނާގައި އޮތީ އެސްޓަންވިލާއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕެނަލްޓީން ބަލިވެ ޖަރުމަނު ވޯލްޑްކަޕް މުބާރާތުން ކަޓައިފި

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މޮރީނިއޯ ސަސްޕެންޑް ކޮށްފި

މޮރީނިއޯ ގަލަތަސަރާއީގެ ކޯޗަށް ހަމަލާދީފި

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި

ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
