މާލެ: 31°C

ލިވަޕޫލްގެ ވެންޑައިކަށް އަނިޔާވެ މަހަކަށްވުރެ ގިނަ ދުވަހަށް ކުޅުމާ ދުރަށް!

January 7, 2023
2 ފަހަރު ބަލާފައި
ލިވަޕޫލްގެ ވެންޑައިކަށް އަނިޔާވެ މަހަކަށްވުރެ ގިނަ ދުވަހަށް ކުޅުމާ ދުރަށް!
ލިވަޕޫލްގެ ވެންޑައިކަށް އަނިޔާވެ މަހަކަށްވުރެ ގިނަ ދުވަހަށް ކުޅުމާ ދުރަށް!
ނެދަލޭންޑްސްގެ ކެޕްޓަން، ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކްގެ ފަލަމަސްގަނޑަށް އަނިޔާވެ، މަހަކަށްވުރެ ގިނަ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

ވެންޑައިކަށް އަނިޔާވީ ޕްރިމިއާ ލީގުގައި ލިވަޕޫލުން ބްރެންޓްފޯޑާ ދެކޮޅަށް ކުޅެ، 3-1 އިން ބަލިވި މެޗުގެ ފުރަތަމަ ހާފުގައެވެ. އެމެޗްގެ ހާފް ޓައިމްތައި ވެންޑައިކް ވަނީ ބަދަލުކޮއްފައެވެ.

"ވެން ޑައިކްގެ ފަލަމަސްގަނޑުގެ އަނިޔާއަކީ ލިބުނު ހައިރާން ކަމެއް. އަނިޔާގެ ތަފްސީލު ބެލި އިރު، އެއީ ކުޑަ އަނިޔާއަކަށްވެސް ނުވި. އަނިޔާގެ ސްކޭންތަކަށް ބަލައި ބެލެވޭ ގޮތުގައި ހަފުތާތަކަކަށް، މަހަކަށްވުރެ ގިނަ ދުވަހަށް ވެން ޑައިކް ކުޅުމާ ދުރަށް ދާން ޖެހޭނެ،" ލިވަޕޫލްގެ ކޯޗް ކްލޮޕް ބުންޏެވެ.

ފަލަމަސްގަނޑަށް އަނިޔާވެ މަހެއްހާ ދުވަހަށް ކުޅުމާ ދުރަށްދާންޖެހުމަކީ ފުޓްބޯޅަ ކުޅުންތެރިންނަށް އާންމުކޮށް ދިމާވަމުން އަންނަ އަނިޔާއެކެވެ. ނަމަވެސް މިއީ ވެންޑައިކްގެ ފަލަމަސްގަނޑަށް އަނިޔާވި ފުރަތަމަ ފަހަރެވެ.

ވެން ޑައިކް ވޯލްޑް ކަޕްގައި ނެދަލޭންޑްސްއާއެކު 2022 ގެ ވޯލްޑް ކަޕްގައިވެސް ރަނގަޅު ކުޅުމެއް ދައްކާފައިވެއެވެ. ގްރޫޕް ސްޓޭޖުގައި ބަލިނުވެ، ނެދަލޭންޑްސްއިން ނިންމާލި އިރު، ކޮޅަށް ވަނީ އެންމެ ގޯލެކެވެ. ގަދަ 16 ގައި ނެދަލޭންޑްސްއިން އެމެރިކާ ބަލިކޮށް، ކުއާޓާ ފައިނަލުން ކެޓީ ޗެމްޕިއަން އާޖެންޓީނާ އަތުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ