މާލެ: 31°C

ލިވަރޕޫލްގެ ތަރި މުހައްމަދު ސަލާހް ސޮއިކުރި ޖާރޒީއެއް ރައީސް މައުމޫނަށް ހަދިޔާކޮށްފި

January 3, 2023
2 ފަހަރު ބަލާފައި
ލިވަރޕޫލްގެ ތަރި މުހައްމަދު ސަލާހް ސޮއިކުރި ޖާރޒީއެއް ރައީސް މައުމޫނަށް ހަދިޔާކޮށްފި
ލިވަރޕޫލްގެ ތަރި މުހައްމަދު ސަލާހް ސޮއިކުރި ޖާރޒީއެއް ރައީސް މައުމޫނަށް ހަދިޔާކޮށްފި

ލިވަޕޫލުގެ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހް ސޮއި ކޮށްފައިވާ ޖޯޒީ އެއް، ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ހަދިޔާ އަކަށް ފޮނުވައިފި އެވެ.

މައުމޫނަށް ސަލާހު ފޮނުވި ހަދިޔާ ހަވާލު ކޮށްދިނީ ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ރާއްޖެއަށް ގެނައުމުގައި އެންމެ ފުންނާބު އުސް ޓްރެވަލް އެޖެންޓް އަދި ލިވަޕޫލްގެ ކުޅުންތެރިންނާ ގާތް ގުޅުމެއް އޮންނަ ރާއްޖޭގެ ސިމާއު ސައީދެވެ.

މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި އެ ޖާޒީ ސިފަކުރައްވާފައި ވަނީ ހަޒާނާއެއް ފަދައިންނެވެ. އަދި ސަލާހަކީ ޝައްކެއް ވެސް ނެތް ގޮތުގައި ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށް ވެސް މައުމޫން ކުރެއްވި ޓްވީޓުގައި ވެއެވެ.

https://twitter.com/maumoonagayoom/status/1610161280085815297 ރައީސް މައުމޫނަކީ ރާއްޖޭގައި ހުރި އެންމެ ދުވަސްވީ ލިވަޕޫލްގެ ސަޕޯޓަރެވެ. މައުމޫން ވަނީ މީގެ ފަސްދޮޅަހަކަށް އަހަރު ކުރިން ލިވަޕޫލަށް ސަޕޯޓް ކުރައްވަން ފައްޓަވައިފަ އެވެ. ރައީސް މައުމޫނަކީ ރާއްޖޭގައި އުފެދިފައިވާ ލިވަޕޫލް ސަޕޯޓަރުންގެ ޖަމްއިއްޔާގެ އެއް ފައުންޑަރެވެ. މައުމޫން ގެންދަވަނީ ލިވަޕޫލްގެ ދިވެހި ސަޕޯޓަރުންގެ ވައިބަރ ގުރޫޕްގައި ޝުއޫރު ފާޅުކުރަމުންނެވެ. އަދި ލިވަޕޫލްގެ ސަޕޯޓަރުންނާއެކު ބައެއް މެޗްތައް ބައްލަވާފައެވެ. ރައީސް މައުމޫނަށް ސަލާހު ހަދިޔާކުރި ޖޯޒީ ސިމާއުއާ ހަވާލުކުރީ މިދިޔަ ޑިސެމްބަރު މަހު ޑުބާއީންނެވެ. ލިވަޕޫލުން ވަނީ ޑިސެމްބަރު މަހު ޑުބާއީގައި ރަހުމަތްތެރިކަމުގެ މެޗުތަކެއް ކުޅެފައެވެ. [caption id="attachment_76856" align="aligncenter" width="1170"] ލިވަޕޫލުން ޑުބާއީއަށް ކުރި ދަތުރުގައި ސަލާހު އާއެކު ސިމާއު[/caption]  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ