މާލެ: 31°C

ލިވަޕޫލް ފުޓްބޯޅަ ކުލަބުގެ ތާރީހުން ބައެއް

April 21, 2023
2 ފަހަރު ބަލާފައި
ލިވަޕޫލް ފުޓްބޯޅަ ކުލަބުގެ ތާރީހުން ބައެއް
ލިވަޕޫލް ފުޓްބޯޅަ ކުލަބުގެ ތާރީހުން ބައެއް
1892 އެމްމެ ފުރަތަމަ އެންފީލްޑް އަކީ ރެޑްސްގެ ގެއެއް ނޫނެވެ، އެންފީލްޑް އަކީ ބްލޫސް (އެވަޓަން)ގެ ގެ އެވެ! ބުލޫސް އަކީ ފުޓްބޯޅަ ލީގުގެ އެންމެ ފުރަތަމަ އެއް ކުލަބް ނަމަވެސް 1892 ވަނަ އަހަރު ސްޓޭޑިއަމްގެވެރިޔާ ޖޯން ހައުލްޑިން އެންފީލްޑުން ބުލޫސް ބޭރުކުރުމާއެކު ސްޓޭޑިއަމް އޮތީ ހުސްކޮށެވެ، އެ ދަނޑުގައި ކުޅޭނެ ޓީމެއް ނެތެވެ. އެހެންކަމުން ހައުލްޑިން އަމިއްލަ ޓީމެއް އުފައްދަން ނިންމައި، 3 ޖޫން 1892 ގައި ލިވަޕޫލް ފުޓްބޯލް ކްލަބް އުފެއްދިއެވެ. 1901 ލިވަޕޫލުން ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދާފައިވަނީ 1901 ވަނަ އަހަރު އެވެ. އެ އަހަރުގެ ލީގުގައި އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން 9 މެޗުން މޮޅުވެ 3 މެޗުން އެއްވަރުވި އިރު ރެޑްސް އިން ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ. ތަށި ހިފައިގެން އެނބުރި ސިޓީއަށް އައުމުން އެ ޓީމަށް ހީރޯއިންގެ ދަރަޖާގައި މަރުހަބާ ކިޔާފައިވާއިރު ކެޕްޓަން އެލެކްސް ރައިސްބެކް މަގުމަތިން ގެންދިޔައީ ސަޕޯޓަރުންގެ ކޮނޑުގައެވެ. 1959 ލިވަޕޫލުގެ ތާރީހީ ކާމިޔާބު ކޯޗް ޝެންކްލީ އެ ޓީމުގެ ކޯޗްކަމަށް ހަމަޖައްސާފައިވަނީ 1959 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އޭނާ ވަނީ އެ ކްލަބް ޔޫރަޕްގެ އެންމެ ވަރުގަދަ އެއް ޓީމަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަދަލުކޮށްފަ އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޝެންކްލީ އަކީ ރެޑްސްގެ ތާރީހުގައި ވެސް އެންމެ މޮޅު މެނޭޖަރު އެވެ. 1964 ފުރަތަމަ ލިވަޕޫލުން އަބަދުވެސް ކުޅެމުންއައީ އޯލް ރެޑް ކިޓެއްގައެއް ނޫނެވެ. ހަގީގަތުގައި 1964 ވަނަ އަހަރު މެނޭޖަރު ބިލް ޝެންކްލީ ނިންމީ ހުދު ކުލައިގެ ޝޯޓްސް އާއި ސޯސްގެ ބަދަލުގައި ރަތް ކުލައިގެ ކިޓް ސްޓްރިޕެއް އެޅުމުން އޭނާގެ ކުޅުންތެރިން އިދިކޮޅު ފަރާތްތަކަށް އިތުރަށް ބިރުވެރިވާނެ ކަމަށް. އެހެންކަމުން 1964 ވަނަ އަހަރުގެ ޑިސެމްބަރު މަހު ލިވަޕޫލުން ފުރަތަމަ ފަހަރަށް ޔޫރަޕިއަން ކަޕްގައި އެންޑަލެކްޓާ އެކު ކުޅުނު މެޗެއްގައި އޯލް ރެޑް ޖާޒީގައި ފުޓްބޯޅައިގެ ތަސައްވުރު އަބަދަށް ބަދަލުކޮށްލިއެވެ. 1977 ލިވަޕޫލުން ޔޫއެފާ ކަޕް ފުރަތަމަފަހަރަށް އުފުލާލާފައިވަނީ 1977 ވަނަ އަހަރުއެވެ.  1973 ވަނަ އަހަރުގެ ޔޫއެފާ ކަޕްގެ ފައިނަލާ އެއްގޮތަށް އެފަހަރުވެސް ވާދަކުރަންޖެހުނީ ބޮރޫޝިއާ މޮންޗެންގްލަޑްބެކް އާއި ނަމަވެސް މިފަހަރުގެ ނަތީޖާ އާއިމެދު ސަޕޯޓަރުންގެ އިތުބާރު އޮތުމުން  ފުރަތަމަ ފަހަރަށް ޔޫރަޕިއަން ކަޕް އުފުލާލާ މަންޒަރު ބަލަން 20،000 އަށް ވުރެ ގިނަ ސަޕޯޓަރުން ރޯމަށް ދަތުރުކޮށްފައިވެއެވެ. އެ މެޗްގައި ލިވަރޕޫލުގެ ޓެރީ މެކްޑަމޮޓްގެ ފުރަތަމަ ހަމަލާ މޮންޗެންގްލަޑްބެކް އިން ދިފާއުކުރިނަމަވެސް  ދެވަނަ ހާފުގައި ޓޮމީ ސްމިތު އާއި ފިލް ނީލް ޖެހި ގޯލުތަކާއެކު 1-3 ގެ ނަތީޖާއަކުން ޔޫރަޕިއަން ކަޕް އެންފީލްޑަށް ލިބިގެންދިޔައެވެ. 1983 ލިވަޕޫލްގެ ކުޅުންތެރިއެއްގެ ގޮތުގައި، ކޯޗެއްގެ ގޮތުގައި އަދި މެނޭޖަރެއްގެ ގޮތުގައި 44 އަހަރު ހޭދަކުރުމަށް ފަހު ބޮބް ޕެއިސްލީ ވަނީ ރިޓަޔާކޮށްފަ އެވެ. ލިވަޕޫލުގެ ކޯޗުގެ މަގާމުގައި ހުރިއިރު ޕެއިސްލީ ވަނީ 6 ޔޫރަޕިއަން ކަޕާއި 6 ލީގު ތަށި، 3 ލީގު ކަޕް، 1 ޔޫއެފާ ކަޕް، 1 ޔޫރަޕިއަން ސުޕަ ކަޕް އަދި 5 ޗެރިޓީ ޝީލްޑް ކާމިޔާބުކޮށް، ކްލަބްގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު މެނޭޖަރުގެ މަގާމު ހޯދައިފަ އެވެ. 1996 ވަނަ އަހަރު ޕެއިސްލީ މެނޭޖަރުކަމުން އިސްތިއުފާ ދިނުމަށްފަހު ލިވަޕޫލުގެ ބޯޑް މެންބަރުކަމަށް ބަދަލުވިއެވެ. 1986 ކެނީ ޑަލްގްލިޝްގެ ޕްލޭޔާ-މެނޭޖަރުގެ ގޮތުގައި ކުޅުނު ފުރަތަމަ ސީޒަނުގައި ލިވަޕޫލުން ވަނީ ލީގާއި އެފްއޭ ކަޕްގެ ހޯދައިފައެވެ. އެއަހަރު ލިވަޕޫލު އިން އެންމެ ފަހުން ކުޅުނު 9 މެޗުގެ ތެރެއިން 8 މެޗުން މޮޅުވެ، އަވަށްޓެރި އެވަޓަންގެ ޗެލެންޖް ނައްތާލައި 16 ވަނަ ލީގު ޗެމްޕިއަންޝިޕް ކާމިޔާބުކުރިއެވެ. އެ ސީޒަންގެ އެއްމެ ފަހުމެޗްގައި ސްޓެމްފޯޑް ބްރިޖްގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައި  މޮޅުވެ ޗެމްޕިއަންކަން ކަށަވަރުކޮށްދިނީ ޑަލްގްލިޝް އެވެ. އަދި ހަމަ، ޖެހިގެން އައި ހަފުތާގައި ވެމްބްލީގައި ކުޅުނު އެފް.އޭ ކަޕް ފައިނަލުގައި އެވަޓަންގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކުރި ހޯދައި ލިވަޕޫލުން ބްލޫސް މައްޗަށް އިތުރު ކާމީޔާބީއެއް ހޯދިއެވެ. 1989 އެފްއޭ ކަޕްގެ ސެމީ ފައިނަލަށް ލިވަޕޫލްގެ 25،000 އަށް ވުރެ ގިނަ ސަޕޯޓަރުން ހިލްސްބަރގ އަށް ދަތުރުކުރި އެވެ. އޭގެ ތެރެއިން 96 މީހުން އެނބުރި ނާންނަކަމަށްވެއެވެ. 2001 ލިވަޕޫލުން ވަނީ އެއް ސީޒަނެއްގައި އެފްއޭ، ޔުއެފާ އަދި ލީގު ކަޕާއެކު 3 ތަށި ހޯދައި ފުޓްބޯޅައިގެ ސަޕޯޓަރުން ހައިރާންކޮށްލާފައެވެ. ލީގު ކަޕްގެ ފައިނަލުގައި ބާމިންހަމް ބަލިވިއިރު، އެފްއޭ ކަޕްގައި މައިކަލް އޮވެން ޖެހި ދެ ގޯލާއެކު އާސެނަލް ބަލިކުރިއިރު ޔޫއެފާ ކަޕް ލިވަޕޫލުން ހޯދާފައިވަނީ  ޑޯޓްމަންޑްގައި ކުޅުނު ފައިނަލްމެޗްގައި ސްޕެއިންގެ ކްލަބް އަލަވޭސް އަތުން 5-4 އިން މޮޅުވެގެންނެވެ. 2005 5 ވަނަ ފަހަރަށް ޔޫރަޕިއަން ކަޕް ލިވަޕޫލުން އުފުލާލާފައިވަނީ އޭސީ މިލާން ގެ މައްޗަށް ކުރި ހޯދައިގެންނެވެ. އާދަޔާ ޙިލާފު ފައިނަލްމެޗުގެ ފުރަތަމަ ހާފު ނިމުނުއިރު ލިވަޕޫލުވަނީ 3-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. ނަމަވެސް ދެ ވަނަ ހާފުގައި ޖެރާޑް، ސްމައިސަރ އަދި އަލޮންސޯގެ ގޯލުން ލިވަޕޫލް އެއްވަރުކުރިއިރު، ޕެނަލްޓީ ޖަހައިގެން ލިވަޕޫލް ވަނީ ތަށި ކާމިޔާބުކޮށްފައެވެ. ހަނދާން ނައްތާނުލެވޭ ވަރުގެ ހޯމްކަމިން ކެމްޕެއިންއަކާއެކު އެންފީލްޑަށް އަނބުރައި ޔޫރަޕިއަންކަޕް ގެންދިޔައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ