މާލެ: 31°C

ލިވަޕޫލާއި ޗެލްސީގެ ކުރިމަތިލުން ލަނޑެއް ނުޖެހި އެއްވަރުވެއްޖެ

January 21, 2023
2 ފަހަރު ބަލާފައި
ލިވަޕޫލާއި ޗެލްސީގެ ކުރިމަތިލުން ލަނޑެއް ނުޖެހި އެއްވަރުވެއްޖެ
ލިވަޕޫލާއި ޗެލްސީގެ ކުރިމަތިލުން ލަނޑެއް ނުޖެހި އެއްވަރުވެއްޖެ
ލިވަޕޫލާއި ޗެލްސީގެ ކުރިމަތިލުން ލަނޑެއް ނުޖެހި އެއްވަރުވެއްޖެއެވެ. ލިވަޕޫލްގެ އެންޕީލްޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެން ނުޖެހިއެވެ. މި މެޗްގައި ލަނޑު ޖަހާނެ މާރަނގަޅު ފުރުޞަތެއް އެއްވެސް ޓީމަކަށް ތަނަވަސްކުރެވިފައެއް ނުވެއެވެ. މެޗްގެ އެންމެ ރަނގަޅު ފުރުޞަތު ލިބުނީ އެންމެ ފަހުން ޗެލްސީއަށް ސޮއިކުރި ޔޫކްރެއިންގެ މުޑްރީކްއަށެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ އަރިމަތީ ދާގަނޑަށެވެ. އަނިޔާގެ ސަބަބުން ލިވަޕޫލް އެންމެ ފަހުން ކުޅުނު 3 މެޗްގައި ނުކުޅެވުނު ޑާރވިން ނޫނޭޒް މި މެޗްގެ ދެވަނަ ހާފުގައި ވަނީ ކުޅެން އަރާފައެވެ. އިނގިރޭސީ ޕްރިމިއާ ލީގުގައި މި 2 ޓީމު އޮތް ހިސާބަށް ބަލާއިރު 19 މެޗުން ލިބުނު 29 ޕޮއިންޓާއެކު ލިވަޕޫލް އޮތީ ތާވަލްގެ 8 ވަނައިގައެވެ. 20 މެޗުން ލިބުނު 29 ޕޮއިންޓާއެކު ޗެލްސީ އޮތީ 10 ވަނައިގައެވެ. ލިވަޕޫލަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ