މާލެ: 31°C

ލަނޑުޖެހުމަށްފަހު ދެއްކި ޙަރަކާތާ ގުޅިގެން ތުރުކީ ކުޅުންތެރިޔާ ސަސްޕެންޑު، އިންގްލަންޑު ކުޅުންތެރިޔާ ޖޫރިމަނާ!

July 5, 2024
2 ފަހަރު ބަލާފައި
ލަނޑުޖެހުމަށްފަހު ދެއްކި ޙަރަކާތާ ގުޅިގެން ތުރުކީ ކުޅުންތެރިޔާ ސަސްޕެންޑު، އިންގްލަންޑު ކުޅުންތެރިޔާ ޖޫރިމަނާ!
ލަނޑުޖެހުމަށްފަހު ދެއްކި ޙަރަކާތާ ގުޅިގެން ތުރުކީ ކުޅުންތެރިޔާ ސަސްޕެންޑު، އިންގްލަންޑު ކުޅުންތެރިޔާ ޖޫރިމަނާ!
ޔޫރޯ 2024 ގައި ލަނޑުޖެހުމަށްފަހު ދެއްކި ޙަރަކާތާ ގުޅިގެން ތުރުކީ މެރީހް ޑެމިރަލް 2 މެޗައް ސަސްޕެންޑު ކުރަން ނިންމިއިރު އިންގްލަންޑުގެ ބެލިންގހަމް 60 ހާސް ޔޫރޯއިން ޖޫރިމަނާ ކުރަން ޔޫއެފާއިން ނިންމައިފިއެވެ. ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގައި އޮސްޓްރިއާ އާއި ތުރުކީ ބައަދަލުކުރި މެޗްގައި ތުރުކީގެ 2 ވަނަ ގޯލް ޖެހުމަށްފަހު މެރީހް ޑެމިރަލް ދަނޑުމަތީގައި ދެއްކި ޙަރަކާތަކީ ނަސްލީ ތަފާތު ކުރުން ރަމްޒްކޮށްދޭ ހަރާކާތެއްކަމަށް ބަލައި އެމައަސަލަ ޔޫއެފާއިން ތަޙްގީގުކޮށް މެރީހް ޑެމިރަލް 2 މެޗަށް ސަސްޕެންޑް ކުރުމަށް ނިންމުމާ ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ޔޫއެފާއަށްވަނީ އަމާޒްވެފައެވެ. ފާޑުކިޔާ ފަރާތްތަކުން ފާހަގަ ކުރާ ގޮތުގައި އެއް މުބާރާތެއްގައި އިންގުލަންޑު ކުޅުންތެރިޔާ ބެލިނގހަމް ލަނޑުޖެހުމަށްފަހު ދެއްކި ޙަރަކާތުގެ އަދަބަކަށް 60 ހާސް ޕައުންޑުން ޖޫރިމަނާ ކުރަން ނިންމި ނިންމުމަކީ ދެ ގައުމެއްގެ ދެމެދުގައި ޔޫއެފާއިން ވަރަށްބޮޑަށް ތަފާތުކުރުން ގެންގުޅެފައިވާކަމުގެ ހެއްކެކެވެ. އިންގުލަންޑުގެ ޓީމުގެ ބެލިންގހަމް ލަނޑުޖެހުމަށްފަހު ދެއްކި ޙަރަކާތަކީ ބޭއަދަބީ ހަރާތެއްކަމަށް ޔޫއެފާއިން ވަނީ ބުނެފައެވެ. ތުރުކީވެސް އަދި އިންގްލަންޑްވެސް ވަނީ ޔޫރޯ 2024 ގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެއެވެ. ކުއާޓާ ފައިނަލުގައި މާދަމާރޭ 12:00 ގައި ތުރުކީ ބައްދަލުކުރާނީ ހޮލެންޑާއެއެވެ. ޔޫއެފާގެ މި ނިންމުމާ ގުޅިގެން ތުރުކީގެ އެއްމެ އިތުބާރު ޑިފެންޑަރު މެރީހް ޑެމިރަލް އަށް ނުކުޅެވޭނެއެވެ. ކުއާޓަރ ފައިނަލުގައި މާދަމާރޭ 21:00 ގައި އިންގުލަންޑު ބައްދަލުކުރާނީ ސްވިޒަލެންޑް އާއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ