މާލެ: 31°C

ކުރުވާހަކަ - ސިއްރު

April 29, 2023
3 ފަހަރު ބަލާފައި
ކުރުވާހަކަ - ސިއްރު
ކުރުވާހަކަ - ސިއްރު
ވެހެމުން ދިޔަ ބޯވާރޭގެ ތެރޭއިން ވިދާލި ވިދުވަރަކާއި އެކު އިވުނީ އަންހެނެއްގެ ވޭނީ ހަޅޭކުގެ އަޑެވެ. ވިދާލި ވިދުވަރުގެ އަލިން ފެނިގެން ދިޔައީ އެ އަންހެން މީހާގެ ކައިރީގައި ކަކޫ ޖަހައިގެން އިން ކުޑަ އަންހެން ކުއްޖެކެވެ. އެ އަންހެންކުއްޖާ އިނީ އެ އަންހެން މީހާ ގައިގައި ބައްދާލައިގެން ލެއިން ތެމިފޯވެފައެވެ. 11 އަހަރުފަސް ....... އުޑުމަތި ސާފު ދުވަހެކެވެ. އުޑުގައި ވިލާކޮޅެއް ނެތް އެ ރީތި ދުވަހުގައި އަޝްޔާ އިނީ ގޮނޑުދޮށުގައެވެ. މޫދުގައި ރާޅުތައް އެއްބާނި އަނެއެއްބާންޏަށް ގުޅޭތަން ބަލަން އަޝްޔާ އިނީ ފުން ހިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. މީގެ 11 އަހަރު ކުރިން ވެ ނިމިފައިވާ ހުރިހާ ކަމެއް އިއްޔެ ހިނގިކަމެއް ފަދައިން އަޝްޔާ ގެ ހަނދާނުގައި ވެއެވެ. އަޝްޔާ އެހިޔާލު ތަކުން ނިކުމެވުނީ މަޤްރިބު ނަމާދަށް ބަންގި ގޮވި އަޑަށެވެ. އަޝްޔާ ތެދުވެގެން ހިނގައިގަތެވެ. މަޤްރިބު ނަމާދުކޮށް ނިއްމާލުމަށް ފަހު ބިންމަތީގައި އޮށޯތެވެ. އެހެން އޮވެވުނީ ކިހާ އިރަކު ކަމެއް ނޭނގެއެވެ. " އަޝްޔާ!" ފިރިހެނަކު ގޮވާލި އަޑު އިވުނެވެ. އަޝްޔާ އަވަސް އަވަހަށް ތެދުވެ، ބޭރަށް ނުކުތެވެ. އޭނާގެ ބައްޕަ ޝަރީފް އިނީ ޖޯލީފަތީގައެވެ. ޝަރީފް އެއްވެސް އެއްޗެއް ނުބުނުމުން އަޝްޔާ އެތެރެއަށް ހިނގައިގަތެވެ. " މާދަމާ އަންނާނެ މާލެއިން އަންނަ އަހުމަދުގެ ދަރިއެއް. އޭނާ ހުންނާނީ މިގޭގަ . ކުޑަ ކޮޓަރި ތައްޔާރު ކޮށްލާތި" ޝަރީފް ބުނެލިއެވެ. ބޯޖަހާލުމަށް ފަހު ކޮޓަރި ސާފު ކުރުމަށް އަޝްޔާ އަވަސް ވެގަތެވެ. އާދުވަހަކަށް އިރު އެރީ އަޝްޔާ ގޮނޑު ދޮށުގައި އިންދައެވެ. އެހެން ދުވަސް ތަކެކޭ އެއްފަދައިން އޭނާ އިނީ އަމިއްލަ ފިކުރު ތަކަށް ގެއްލިފައެވެ. އެހެން އިންދާ އޭނާގެ އަތް ދަބަހުގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. ހިޔާލު ތަކުން ނިކުމެ ފޯނަށް ޖަވާބުދިނެވެ. " ދަރިފުޅާ، ޔަޒާން އަންނާނެ އިރު ކޮޅަކުން އަވަހަށް ގެއަށް އާދޭ ދެން" ގުޅީ ޝަރީފެވެ. އަޝްޔާ އިތުރަށް މަޑު ނުކޮށް ގެއަށް ދިޔައެވެ. އަޝްޔާ އިނީ ޖޯލިފަތީގައެވެ. އެގޭ ދޮރުން އައިސް ވަނީ ފޮށްޓެއް ހިފައިން ހުރި ރީތި ޒުވާނެކެވެ. އޭނާ އަށް ބަލަން ހުރެވުނެވެ. އެވަގުތު ޝަރީފް އައިސް ވަނެވެ. " އަޝްޔާ މީ ޔަޒާން . ޔަޒާން ހުންނާނީ މިގޭގަ." ޝަރީފް ބުނެލިއެވެ. އަޝްޔާ ހިނިތުން ވެލިއެވެ. " ޔަޒާން ކަމެއް ބޭނުމިއްޔާ ބުނެލާތި . މީ އަމިއްލަ ގެ ކަމަށް ބަލައިން އުޅޭތި. މިހެން ބުނެފައި ޝަރީފް ދިޔައީ ބޭރަށެވެ. އަޝްޔާ ގޮސް ޔަޒާން އަށް ކޮޓަރި ދެއްކިއެވެ. ރޭގަނޑުގެ ކެއުން ނިމުމުން  އެންމެންވެސް ގޮސް ވަނީ ކޮޓަރި އަށެވެ. އެނދުގައި ފުރޮޅި ފުރޮޅި ނުނިދިގެން ޔަޒާން ބޭރަށް ނިކުމެލިއެވެ. އަޝްޔާ ބޭރު ޖޯލިފަތީގައި އިން ތަން ފެނުމުން ގޮސް ޖޯލިފަތީގައި ޔަޒާން ވެސް އިށީނދެލިއެވެ. އަޝްޔާ ޔަޒާން އަށް ބަލާލާފައި ފޯނު ނަގައި ކުޅެން ފެށިއެވެ. " އަޝްޔާ! އަހަރެން މިގެއަށް އައި ފުރަތަމަ ދުވަސްމީ އަބަދު ވެސް ފެންނަނީ އަޝްޔާ ކޮންމެވެސް ފިކުރެއްގަ އިންނަތަން . ކަމެއް ގޯސްވީތަ." އިރު ކޮޅަކަކު އިދެލާފަ ޔަޒާން ބުނެލިއެވެ. " އަހަރެންގެ ކަންކަމާ ޔަޒާން ބެހޭކަށް ނުޖެހޭ" އަޝްޔާ މިހެން ބުނެލާފައި ގޮސް ކޮޓަރިއަށް ވަނެވެ. ޔަޒާން ވެސް އެކަމާ އަޅައިނުލައި ގޮސް ކޮޓަރިއަށް ވަނެވެ. ޔަޒާން އުޅޭތާ މިހާރު ހަފްތާއެއްވަނީ އެވެ. އަޝްޔާ ގެ ފިކުރުތަށް ޔަޒާން އަށް ވަރަށް ބޮޑަށް ފާހަނގަ ކުރެވެއެވެ. ނަމަވެސް އަޝްޔާ ރުޅި އަންނާނެތީ ނާހަނީ އެވެ. އެހެން ރޭތަކެކޭ އެއްފަދައިން މިރޭވެސް ޔަޒާން އަކަށް ނުނިދުނެވެ. ބޭރުގައި އަޝްޔާ އިންނާނެ ކަން ވެސް ޔަޒާން އަށް ޔަގީނެވެ. އާނއެކެވެ. އަޝްޔާ ޖޯލީގައި އިނެވެ. އެހެން ކަމުން ޖެހިގެން އިން ޖޯލީގައި ޔަޒާން އިށީނެވެ. އަޝްޔާ އިނީ ރޮވިފައެވެ. އެމަންޒަރު ފެނި ޔަޒާންގެ ހިތަށް އަސަރު ކުރިއެވެ. " އަޝްޔާ ! މީހުން ދެރަވެފަ ހުންނަތަން ފެނުމަކީ އަހަންނަށް ވަރަށް އަސަރު ކުރާ ކަމެއް، ތި ގޮތަށް ރޯތަން ބަލަން އަހަންނަށް ވަރަށް އުނދަގޫ" ޔަޒާން ބުނެލިއެވެ. " ޔަޒާން . އަހަރެން މިރޮނީ ކީއްވެކަން އަހަރެން ކިޔާދޭން ބޭނުން، އެކަމަކު އެއީ ގަބޫލު ކުރެވޭ ކަހަލަ ވާހަކައެއްނޫން އެންމެ ކުޑަ މިނުން އަހަންނަކަށް ނޭނގެ އެހުރިހާ ކަމެއް ވެގެން ދިޔައީ ކިހިނެއް ކަމެއް " އަޝްޔާ އިނދެފައި ބުނެލިއެވެ. " އަޝްޔާ އަކަށް ނޭނގެ ދޯ އަޝްޔާ މަންމަ އަށް ވީ ކިހިނެއް ކަމެއް ؟" ޔަޒާން ގެ މި ޖުމްލަ އަޑު އިވިފައި އަޝްޔާ ދެލޯ ބޮޑުވިއެވެ. " ޔަޒާން އަށް ކިހިނެއް ތިވާހަކަ އެނގުނީ ؟ އަހަރެން ޔަޒާން އަށް ކިޔަ އެއް ނުދެން " އަޝްޔާ ޔަޒާން އަށް ބަލަން އިނދެ ބުނެލި އެވެ. "އަޝްޔާ ކިޔައި ނުދިނަސް އަހަންނަށް އެތަށް ކަމެއް އިނގޭ. އަޝްޔާ އަބަދު ފިކުރު ތިކުރަނީ ވެސް އެކަމާ ކަން އިނގޭ. އެރޭވީގޮތް އަޝްޔާ އަށް ނޭނގޭ ކަން ވެސް އިނގޭ. އަޝްޔާ ކައިރި ބުނެފަ އިނީ އަޝްޔާ މަންމަ ގައިގަ ކާރުން ޖެހުނީއޭދޯ؟އެއީ އެއް ނޫން ވީ ގޮތަކީ" މިހެން ބުނުމަށް ފަހު ޔަޒާން ކޮޓަރިއަށް ދިޔައެވެ. " ޔަޒާން މަޑުކޮށްބަލަ" އަޝްޔާ ގޮވާލިއެވެ. ނަމަވެސް ޔަޒާން އަށް އަޑު ނީވޭކަހަލަ އެވެ. އެދުވަހު އިރުއެރި އިރު ވެސް އަޝްޔާ ހަމަ އެހެން އިނެވެ. މިހާރު ކުރެވޭ ފިކުރު މާބޮޑެވެ. ޔަޒާން އަށް އެކަންތަށް އިނގެނީ ކިހިނެއް ހެއްޔެވެ؟ ޔަޒާން އެކިޔަނީ ކީކޭ ހެއްޔެވެ؟ މިކަހަލަ އެތަށް ކަމަކާ މެދު އެތާ އިނދެ ވިސްނުނެވެ. ހެނދުނު ހޭލައިގެން ޔަޒާން ނިކުތެވެ. އަޝްޔާ ތެދުވެގެން ޔަޒާންއާ ދިމާލަށް ހިނގައިގަތެވެ. " ޔަޒާން! ޔަޒާން އަށް އެނގޭ ހުރިހާ ކަމެއް އަހަންނަށް ކިޔައިދީބަލަ. ތިކަމާ ވިސްނާ ވިސްނާ ގޮސް އަހަރެންގެ ބޯ ހަލާކުވެދާނެ" އަޝްޔާ މިހެން ބުނެލީ ތަންކޮޅެއް ބާރަށެވެ. " އަހަރެން އެވާހަކަ ތަށް ކިޔައިދިނަސް އަޝްޔާ އަކަށް ގަބޫލެއް ނުކުރެވޭނެ. އެވާހަކަތަށް އެންވެ އަޝްޔާ އަށް ސިއްރު ކުރަނީ. އަހަންނަށް އެވާހަކަތަށް އިނގެނީ އަހަރެންގެ ބައްޕަ ކިޔައިދޭތީ. ރޭގަ އަހަންނަށް އެހެން ބުނެވުނީ އަޝްޔާ ދެރަވެފަ އިންތަންބަލަން އަހަންނަށް ކެއްނުވާތީ"  ޔަޒާން ބުނެލި އެވެ. " އަހަރެން ބޭނުން އެނގެން. އޭރު އަހަރެން ކިތައްމެ ކުޑަޔަސް އަހަރެންގެ މަންމަ އޮތް ހާލު އަހަރެން ހަދާން އެބަހުރި. ޔަޒާން އަހަންނަށް ކިޔައިދީބަލަ ހެޔޮ ނުވާނެ" އަޝްޔާ އަށް ރޮވުނެވެ. ކިޔައިދިނުން ނޫން ގޮތެއް ޔަޒާން އަކަށް ނެތެވެ. ޔަޒާން ފުންނޭވާ އެއް ލުމަށްފަހު ޖޯލިފަތީގައި އިށީނެވެ. ކަރީގައި އަޝްޔާ ވެސް އިށީނެވެ. "އަޝްޔާ، މީގެން އެއްވެސް ވާހަކައެއް އަޝްޔާ އަށް ގަބޫލު ކުރެވޭނެ ހެނެއްހިޔެއްނުވޭ. އަޝްޔާ ! ޝަރީފްބެ އެއީ އަޝްޔާގެ ބައްޕަ އެއްނޫން. އަޝްޔާ މަންމަ މަރުވީ ކާރެއްގަ ޖެހިގެނެއް ވެސް ނޫން، އަޝްޔާގެ އަސްލު ބައްޕަގެ އަނިޔާ ތަކަށް ކެއްނުވެގެން، އެރޭ އަޝްޔާ ގެ މަންމަ އާއި ބައްޕަ ޒުވާބުކުރި އިރު އަޝްޔާ ގޮވައިގެން ބޭރުގައި އުޅުނީ ޝަރީފުބެ، އަޝްޔާ ގެ މަންމަ އަށް އެރޭ އޭނާ ކުރި އަނިޔާ ތަކަށް ކެއްނުވެގެން އަޝްޔާ ގެ މަންމަ އަމިއަލަޔަށް މަރުވީ، ކުޑަ ދޮރުން ފުމާލީ، އަހަރެން ކައިރި ބުނިގޮތުގައި އެވަގުތު އެއީ އަޝްޔާ ގޮވައިގެން އެމަގަށް ޝަރީފްބެ ދިޔަ ވަގުތު، އަޝްޔާ ގޮސް އަޝްޔާގެ މަންމަ ކައިރީގައި އިން ކަމަށް ބައްޕަ ބުނި، އަޝްޔާގެ އިތުރުމީހެއް ނެތެއްނުން، އެހެންވެ ޝަރީފްބެ އަޝްޔާ ގެނައީ، އަޝްޔާ ގެ ބައްޕަ ދިޔަތަން އެއްވެސް މީހަކަށް ނޭނގެ" ޔަޒާން އިސް ޖަހާލައިގެން އިނދެ ކިޔައިދިނެވެ. " ޔަޒާން! އަހަރެން ކިހިނެއް ތިވާހަކަތަށް ގަބޫލު ކުރާނީ؟ އަޝްޔާ އަށް އިނީ ރޮވިފައެވެ. " ދަރިފުޅާ ޔަޒާން އެދައްކަނީ ތެދުވާހަކައެއް". ޔަޒާން އަށާ އަޝްޔާ އަށް އެއްފަހަރާ ފަހަތަށް ބަލާލެވުނެވެ. ފެންކަޅިވެފައި ޝަރީފު ހުއްޓެވެ. އަޝްޔާ ގޮސް ޝަރީފް ގައިގައި ބައްދާލިއެވެ. " ދަރިފުޅާ! މާފުކުރޭ، ބައްޕަ އެވާހަކަތަށް ކިޔައިނުދިނީ ހަމަ ގަބޫލު ކުރަން އުނދަގޫވާނެތީ" ޝަރީފު ބުނެލިއެވެ. " ބައްޕާ ! ބައްޕަ މާފަށް އެދޭކަށް ނުޖެހޭނެ. އަހަންނަށް އިނގޭ އަހަންނަށް ރަނގަޅަކަށް ކަން ކިޔަނުދިނީ" އަޝްޔާ ވެފައިވާ ދެރަ ފޮރުވަމުން ހިނިތުން ވެލިއެވެ. އެވާހަކަ ތަކުގެ ހަގީގަތް އެނގުމުން އަޝްޔާގެ ސިކުނޑިއަށް ލުއިކަމެއް ލިބުނެވެ. އެކަން ހިނގާދިޔަ ގޮތާމެދު ފިކުރުކުރުން ހުއްޓުނެވެ. ޔަޒާން އަނބުރާ މާލެ ދިއުމުން އަޝްޔާ އާފެށުމަކާ އެކު ހިޔާލް ތަކާދުރުވެ އުޅެން ފެށިއެވެ. ދޭތެރެ ދޭތެރެއިން ހާލުބަލަން ޔަޒާން ގުޅާހަދައެވެ. މިހާރު އަޝްޔާ އުޅެމުން ދަނީ ވަރަށް އުފަލުގައެވެ. މަންމަ އެއްގެ ލޯބިން މަހުރޫމްވި ނަމަވެސް ބައްޕަ އެއްގެ ފުރިހަމަ ލޯބި ޝަރީފް އަބަދުވެސް އަޝްޔާއަށް ދެއެވެ. = ނިމުނީ =

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ