މާލެ: 31°C

ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ މެންބަރުން ވަކިކުރުމުގެ ބާރު މެންބަރު އައްޔަނުކުރި ފަރަތައް ލިބިދޭ ގޮތަށް "ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ ޤަވާއިދު" އިސްލާހު ކޮށްފި

August 13, 2024
2 ފަހަރު ބަލާފައި

ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ މެންބަރުން ވަކިކުރުމުގެ ބާރު މެންބަރު އައްޔަނުކުރި ފަރަތައް ލިބިދޭ ގޮތަށް "ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ ޤަވާއިދު" އިސްލާހު ކޮށްފިއެވެ. މިއަދު މިނިސްޓަރީ އޮފް ސްޕޯރޓްސް، ފިޓްނަސް އެންޑް ރެކުރިއޭޝަން އިން ގެޒެޓްކޮށްފައިވާ ޤަވާއިދު ނަންބަރ 97-އަރ/2016 (ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ ޤަވާއިދު) އަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ އެ ޤަވާއިދުގެ 9 ވަނަ މާއްދާ (މެންބަރުން ވަކިކުރެވޭ ގޮތަ ބަޔާންކުރާ މާއްދާ) ގެ (ނ) ގެ ދަށަށް (ރ) އިރުކުމަށެވެ. އެމާއްދާ އަށް އިތރުކޮށްފައިވާ (ރ) ގައި ބަޔާންކޮށްފައިވަނީ "ކުޅިވަރާބެހޭ ގައިމީ މަޖިލީހުގެ މެންބަރެއްގެ ހައިސީޔަތުން އުފުލަންޖެހޭ އެއްމެ އެކަށީގެންވާ ގޮތުގެ މަތިން އެ މެންބަރަކަށް އަދާނުކުރެވޭކަމަށް އެ މެންބަރަކު އައްޔަނުކުރި ފަރަތަކަށް ފެނުން" އެވެ. ޤަވާއިދު ނަންބަރ 97-އަރ/2016 (ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ ޤަވާއިދު) އަކީ ޤާނޫނު ނަންބަރ 30/2015 (ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު) 3 ވަނަ ބާބުގެ 12 ވަނަ މާއްދާގެ ދަށުން ކުޅިވަރާބެހޭ ވަޒީރު އެކުލަވާލާ ކުޅިވަރާބެހޭ ޤައުމީ މަޖިލީހުގެ ކަންކަން ބަޔާންކުރުމުގެ ގޮތުން އެކުލަވާލާފައިވާ ޤަވާއިދެކެވެ. މިނިސްޓްރ އޮފް ސްޕޯރޓްސް ފިޓްނަސް އެންޑް ރެކުރިއޭޝަން

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ