މާލެ: 31°C

ކުޑަގިރިއަށް ދަތުރު ބުކްކޮށްލެވޭ އެޕްލިކޭޝަން އެއް ތައާރަފުކޮށްފި

February 5, 2023
2 ފަހަރު ބަލާފައި
ކުޑަގިރިއަށް ދަތުރު ބުކްކޮށްލެވޭ އެޕްލިކޭޝަން އެއް ތައާރަފުކޮށްފި
ކުޑަގިރިއަށް ދަތުރު ބުކްކޮށްލެވޭ އެޕްލިކޭޝަން އެއް ތައާރަފުކޮށްފި
މާލޭ ސަރަހައްދުގައި ދިރިއުލޭ ރައްޔިތުން ދަތުރު ދިއުމަށް ހާއްސަކޮށްގެން ތަރައްގީ ކޮށްފައިވާ ކުޑަގިރި ޕިކްނިކް އައިލެންޑް އަށް ދަތުރު ބުކްކުރުމަށް ހާއްސަ އެޕްލިކޭޝަން އެއް ތައާރަފު ކޮށްފިއެވެ. މިމަހު 11 ގައި ހިޅުވުމަށް ތައްޔާރުވަމުން އަންނަ ކުޑަގިރި އަށް ފަސޭހަކަމާއެކު ދަތުރުދިއުމަށް އުފެއްދި މި އެޕްލިކޭޝަނަން މެދުވެރިކޮށް އެކި ހިދުމަތްތައް ލިބޭނެ އެވެ. އެގޮތުން އެރަށުގެ ކޮޓަރިތަކުގެ މައުލޫމާތު ހޯދުމާއި ޖާގަ ހުރި މިންވަރު ބުލުން އަދި ޓިކެޓުގެ މައުލޫމާތު ލިބޭނެއެވެ. [embed]https://twitter.com/KudagiriMv/status/1621439761197182977?s=20&t=gI2kFQ90hM6oP0sy_KvTNg[/embed] މިމަހުގެ 11 ވަަނަދުވަހު ހުޅުވުމަށް ހަމަޖެހިވާ މިރަށުގައި ދަތުރުދާފަރާތްތަކަށް ހާއްސަ ކުރެވިގެން 12 ކޮޓަރިއާއި، ކެފޭއަކާއި، ކްލިނިކެއްގެ އިތުރުން ނަމާދު ކުރުމަށް މިސްކިތެއް ހުންނާނެއެވެ. މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ޕިކްނިކް ދާނެ ރަށެއް ހަމަޖައްސައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. މި ވައުދުގެ ދަށުން އެއްމެ ފުރަތަމަ ޕިކްނިކް އައިލެންޑްގެ ގޮތުގައި ހަމަޖެއްސީ އެނބޫދޫ ފަޅުގައި ހިއްކާފައިވާ ސަރަހައްދެވެ. ނަމަވެސް ސަރުކާރުން ފަހުން ނިންމީ ޕިކްނިކް އައިލެންޑްއެއްގެ ގޮތުގައި ކުޑަގި ތަރައްގީ ކުރާށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ