މާލެ: 31°C

ކޯޓްނީ އާއި ޓްރެވިސް އަށް ލިބެނީ ފިރިހެންކުއްޖެއް

June 26, 2023
2 ފަހަރު ބަލާފައި
ކޯޓްނީ އާއި ޓްރެވިސް އަށް ލިބެނީ ފިރިހެންކުއްޖެއް
ކޯޓްނީ އާއި ޓްރެވިސް އަށް ލިބެނީ ފިރިހެންކުއްޖެއް
އެމެރިކާގެ މަޝްހޫރު އާއިލާ އަކަށް ނިސްބަތްވާ އަދި ރިއަލިޓީ ޓީވީގެ ތަރި ކޯޓްނީ ކާޑޭޝިއަންއާއި އޭނާގެ ފިރިމިހާ ޓްރެވިސް ބާކާ އަށް ލިބެން އުޅެނީ ފިރިހެންކުއްޖެއް ކަން ހާމަކޮށްފިއެވެ. މިދެމަފިރިން އެކަން ހާމަކުރީ އިއްޔެ ބޭއްވި "ޖެންޑަރ ރިވީލް" ޕާޓީ ގައެވެ. އުމުރުން 44 އަހަރުގެ ކޯޓްނީ ބަނޑުބޮޑުކަން އިއުލާންކުރީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ލޮސް އެންޖެލިސްގައި އޮތް އޭނާގެ ފިރިމީހާ ޓްރެވިސް ބާކަރގެ، ލައިވް ކޮންސަޓް ތެރޭގައި "ޓްރެވިސް، އަހަރެން ބަނޑުބޮޑު" ލިޔެފައިވާ ނިޝާނެއް ދައްކާލަމުންނެވެ. އަދި އެ ބޯޑު ފެނުމާއިއެކު، ޓްރެވިސް ވަނީ ހުށަހަޅަމުންދިޔަ ލަވައިގެ މެދުތެރެއިން ސްޓޭޖުން ފައިބާ، ކޯޓްނީއާއި އެކު އުފާ ފާޅުކޮށްފައެވެ. މިދިޔަ އަހަރުގެ މޭ މަހު އިޓަލީގައި ކައިވެނިކުރި މި ދެމީހުންގެ ކައިވެންޏަށް އަހަރެއްވެފައިވާއިރު، މި މިދެމަފިރިން އެކުގައި ދަރިއަކު ހޯދަން މަސައްކަތް ކުރާތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. ދެމަފިރިން ދަރިއަކު ހޯދުމަށް އައިވީއެފް ހަދަމުން އައި ނަމަވެސް ގިނަ ފަހަރު މަތިން ނާކާމިޔާބު ވުމުން އައިވީއެފް ހުއްޓާލީއެވެ. އޭގެ އަހަރެއް ފަހުން މިހާރު އޭނާ ބަލިވެ އިންކަން ކޯޓްނީ ވަނީ ހާމަކޮށްފައެވެ. ކޯޓްނީ ބުނީ އައިވީއެފްގެ ސަބަބުން އޭނާގެ ސިއްހަތާއި ނަފްސާނީ ގޮތުން ވެސް ގެއްލުން ލިބުނު ކަމަށެވެ. ހޯމޯނަށް އަންނަ ބަދަލުތަކާއި ތަފާތު ބޭސްތަކުގެ ސަބަބުން ނިދަން އުނދަގޫވެ، މިކަހަލަ އެތަށް ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނު ކަމަށް ކޯޓްނީ ހިއްސާކުރިއެވެ. ކާޑޭޝިއަން އާއިލާގެ އެންމެ ދޮށީ ދަރިފުޅު ކަމުގައިވާ ކޯޓްނީ އަށް ވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާއެކު 3 ދަރިން ލިބިފައެވެ. ހަމައެއާއެކު ޓްރެވިސްއާއި އޭނާގެ ކުރީގެ އަނބިމީހާގެ ދެ ކުދިން ތިބެއެވެ. ނަމަވެސް މިއީ މިދެމަފިރިންގެ ފުރަތަމަ ދަރިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ