ކޮބީ މައިނޫ މެންޗެސްޓާ ޔުނައިޓެޑްގެ އާ ކޮންޓްރެކްޓެއްގައި ސޮއިކޮށް މުސާރަ ހަތަރު ގުނައަށް އިތުރުކުރަން ތައްޔާރުވެއްޖެ

ކޮބީ މައިނޫ މެންޗެސްޓާ ޔުނައިޓެޑްގެ އާ ކޮންޓްރެކްޓެއްގައި ސޮއިކޮށް މުސާރަ ހަތަރު ގުނައަށް އިތުރުކުރަން ތައްޔާރުވެއްޖެ
ލިޔުން:
އެފްއޭ ކަޕްގެ ފައިނަލުގައި މޮޅުވި ލަނޑު ކާމިޔާބުކޮށްދިން މެންޗެސްޓަރ ޔުނައިޓެޑްގެ ޒުވާން ކުޅުންތެރިޔާ މައިނޫގެ މުސާރަ ހަތަރުގުނަ ބޮޑުކޮށް އާ އެއްބަސްވުމެއްގައި ސޮއިކުރުމަށް އެޓީމުން ތައްޔާރުވެފައިވާކަމަށް މީޑިއާ ރިޕޮޓްތައް ބުނެއެވެ.
އާ އެއްބަސްވުމާ އެކު ހަފުތާއަކު 80000 ޕައުންޑްގެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ރިޕޯޓްތައް ބުނާއިރު އުމުރުން 19 އަހަރުގެ ފޯވާޑް މައިނޫ ބުނެފައިވާކަމަށް ރިޕޯޓް ކޮށްފައިވަނީ އޭނާ އެ ހުށަހެޅުމާމެދު އުސޫލެއްގެގޮތުން އެއްބަސްވި ނަމަވެސް ގޮތެއް ނިންމާނީ 2024 ވަނަ އަހަރުގެ ޔޫރޯގެ ފަހުން މަޝްވަރާތައް ބޭއްވުމަށްފަހުކަމުގައިއެވެ.
2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މެންޗެސްޓަރ އާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2027 އެވެ. އަދި އެ އެއްބަސްވުމުގައިބުނާގޮތުން އިތުރު އެއް އަހަރަށް އެއްބަސްވުން ދަންމާލުމުގެ ފުރުސަތުވެސް އެޓީމަށް ލިބިދީފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕެނަލްޓީން ބަލިވެ ޖަރުމަނު ވޯލްޑްކަޕް މުބާރާތުން ކަޓައިފި

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މޮރީނިއޯ ސަސްޕެންޑް ކޮށްފި

މޮރީނިއޯ ގަލަތަސަރާއީގެ ކޯޗަށް ހަމަލާދީފި

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި

ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
