ކްލޮޕް ލިވަޕޫލް ދޫކޮށްލުމަށް ނިންމުން: "މިހާރު މާބޮޑަށްވެސް ވަރުބަލިވެއްޖެ"

ކްލޮޕް ލިވަޕޫލް ދޫކޮށްލުމަށް ނިންމުން: "މިހާރު މާބޮޑަށްވެސް ވަރުބަލިވެއްޖެ"
ލިޔުން:
މިހާރު ކުރިއަށްދާ ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލާނޭކަން އެޓީމުގެ ކޯޗް ޔާގަން ކްލޮޕް ބުނެފިއެވެ.
ކްލޮޕްގެ މި ނިންމުމާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ބުނީ، މިހާރު ހުރި ހާލަތުން ކޯޗިން ވަޒީފާގައި އިތުރަށް ކުރިއަށްދާން ބޭނުން ނުވާކަމަށާއި، އެކަން ކުރާވަރަށްވުރެ އޭނާ މާބޮޑަށްވެސް ވަރުބަލިވެއްޖެ ކަމަށެވެ.
ކްލޮޕް ބުނީ ލިވަޕޫލާމެދު އޭނާ ފަހުރުވެރިވާ ކަމަށާއި، ކްލަބާއި ކުޅުންތެރިންގެ ފަރާތުން މިހާތަނަށް އޭނާއަށް ލިބިގެންދިޔަ އެއްބާރުލުން ފާހަގަކުރާ ކަމަށެވެ.
"އަހަރެންނަށް އެނގޭ ސަޕޯޓަރުން މި ވާހަކަ އަޑުއަހާފަ ދެން ވާނެ ގޮތްވެސް. އެކަމް މިއީ މިއަދު ނިންމަންޖެހޭ ނިންމުމެއް" ނޫސްވެރިންނާ ވާހަކަދައްކަމުން ކްލޮޕް ބުންޏެވެ.
https://twitter.com/LFC/status/1750896444708454583
އުމުރުން 56 އަހަރުގެ ކްލޮޕް ލިވަޕޫލް ދޫކޮށްލުމަށް ނިންމި ސީދާ ސަބަބު ހާމަނުކުރި ނަމަވެސް މި ފަހަކަށް އައިސް ކްލޮޕްގެ ސިއްހީ ހާލަތު އެންމެ ރަނގަޅު ނޫންކަމަށް އިނގިރޭސި ނޫސްތަކުން ބުނެއެވެ.
މިގޮތުން ކްލޮޕްގެ ސިއްހީ ހާލަތު ރަނގަޅު ނޫންކަން އަމިއްލަޔަށް ގަބޫލުކުރެވިގެން މީގެކުރިން 2017 އަހަރު ހޮސްޕިޓަލްގައި އޭނާ އެޑްމިޓްކޮށްފައިވާކަން މީޑިއާތަކުން ވަނީ ފާހަގަކޮށްފައެވެ.
ކްލޮޕް ލިވަޕޫލް ދޫކޮށްލާނޭކަން އިއުލާނުކުރުމާއެކު އެކަމާ ގުޅޭގޮތުން އެންމެ ފުރަތަމަ ވާހަކަދެއްކި އެކަކީ ލިވަޕޫލާ އެންމެ ވާދަވެރި މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާއެވެ. ރޭ ސްޕާސް އާ ދެކޮޅަށް ކުޅެ މެންޗެސްޓަރ ސިޓީ މޮޅުވި މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ގާޑިއޯލާ ބުނީ ކޯޗެއްގެ ހައިސިއްޔަތުން ކްލޮޕްގެ އިހުސާސްތައް އޭނާއަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި، ކްލޮޕް މަތިން ވަރަށް ހަނދާން ވާނެ ކަމަށެވެ.
"ކްލޮޕްއަކީ ދެވަނައެއްނެތް ފަދަ މޮޅު ކޯޗެއް. އޭނާގެ ނިންމުމަކީ ބާސެލޯނާގައި އަހަރެންކުރި ތަޖުރިބާއެއް" ގާޑިއޯލާ ބުންޏެވެ.
ޖަރުމަނުވިލާތުގެ ބޮރޫޝިއާ ޑޯޓްމުންޑުގައި ހުރުމަށްފަހު ކްލޮޕް ލިވަޕޫލާ ހަވާލުވީ 2015 ވަނަ އަހަރެވެ. ލިވަޕޫލުގެ ކޯޗްކަމުގައި ބޮޑެތި ހުރިހާ މުބާރާތްތަކެއްހެން ކާމިޔާބުކޮށްފައެވެ. މީގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގް، އެފްއޭކަޕް، ލީގްކަޕް، ޔުއެފާ ޗެމްޕިއަންސްލީގް، ޔުއެފާ ސުޕަ ކަޕް، ފީފާ ކްލަބް ވަރލްޑް ކަޕް ހިމެނެއެވެ.
މީގެ އިތުރުން ކްލޮޕް ލިވަޕޫލްގައި ހޭދަކުރި އަހަރުތަކުގައި އޭނާއަށްވަނީ ފުޓްބޯޅައިގެ ފަރާތްތަކުން ހޮވާ އެންމެ މޮޅު ކޯޗުގެ މަގާމުވެސް އެކިފަހަރުމަތިން ހޯދާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕެނަލްޓީން ބަލިވެ ޖަރުމަނު ވޯލްޑްކަޕް މުބާރާތުން ކަޓައިފި

އަލީ ރަމީޒް މަންފާ ސްޕޯޓްސް އެކަޑަމީގެ ނަމުގައި ކުޅިވަރު އެކަޑަމީއެއް އުފައްދަނީ

މޮރީނިއޯ ސަސްޕެންޑް ކޮށްފި

މޮރީނިއޯ ގަލަތަސަރާއީގެ ކޯޗަށް ހަމަލާދީފި

ލަލީގާ ގެ 1 ވަނައަށް ބާސިލޯނާ ޖެހިލައިފި

ލިވަފޫލުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ދިވެހިރާއްޖެ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
