ކިމް ކާޑޭޝިއަން އާއި އެލޮން މަސްކް ވެސް ބޭނުންކުރާ ހިކޭ ބޭހުން ގެއްލުންވޭ

ކިމް ކާޑޭޝިއަން އާއި އެލޮން މަސްކް ވެސް ބޭނުންކުރާ ހިކޭ ބޭހުން ގެއްލުންވޭ
ލިޔުން:
އެމެރިކާގެ ރިއަލިޓީ ޓީވީގެ ތަރި ކިމް ކާޑޭޝިއަންއާއި މަޝްހޫރު ވިޔަފާރި އަދި އިންވެސްޓަރެއް ކަމަށްވާ އެލޮން މަސްކް ބަރުދަން ލުއިކުރުމަށް ބޭނުންކުރި ކަމަށް ބުނާ ވެގޯވީ އާއި އޮޒެމްޕިކް އިން ގެއްލުންވާކަމަށް ކަމާބެހޭ މާހިރުން ބުނެފިއެވެ.
އެނޮރެކްސިއާ އާއި ބޫލިމިއާ ފަދަ ކެއުމުގެ ނުރަނގަޅު އާދަތަކުގެ ސަބަބުން ދިމާވާ ބަލިތައް ޖެހިފައިވާ މީހުން އެ ދެ ބޭސް ގަތުމަށް އީބޭ އާއި އިންސްޓަގްރާމް ފަދަ ސައިޓްތަކުގައި ބޭނުންކުރަމުން އަންނަ ކަމަށް ތަޖުރިބާކާރުން މިދިޔަ އާދިއްތަ ދުވަހު ދަ މެއިލް އަށް ބުނެފި އެވެ.
އެއީ ކާހިތްވުން ކުޑަކޮށްދޭ ވަރުގަދަ އާ ބޭހެއް ކަމަށްވާ ސެމަގްލޫޓައިޑްގެ ތަންކޮޅެއް ތަފާތު ވައްތަރެއްކަމަށްވެއެވެ. ސެމަގްލޫޓައިޑް ބޭނުން ކުރުމަށް އެންއެޗްއެސް އިން ފާސްކުރީ މާޗް މަހު ނަމަވެސް ހަމައެކަނި ފަލަވުމާ ކުރިމަތިލާން ޖެހޭ މީހުންނަށް (ވެގޯވީ) ނުވަތަ ޓައިޕް 2 ހަކުރުބަލި ހުންނަ މީހުންނަށް (އޮޒެމްޕިކް) ބޭނުންކުރުމަށް އިރުޝާދުދީފައިވެއެވެ.
އެގޮތުން ތަޖުރިބާކާރުން ބުނާ ގޮތުގައި ކެއުމުގައި ސީރިއަސް އުދަނގޫތައް ހުންނަ މީހުން ސޭފްޓީ ޗެކް ނުކޮށް 'ކައުބޯއީސް' ގެ އަތުން އެ ދެެ ބޭސް ހޯދައެވެ.
އެޑިންބާރގުގެ އީޓިން ޑިސްއޯޑާ ކައުންސެލަރެއް ކަމަށްވާ ރޫތު މިކަލެފް ބުނީ ކެއުމުގެ އުދަނގޫ ހުރި މީހުންނާއި އަދި "ލޯ އޯރ ހެލްތީ ބީއެމްއައި" ހުރި މީހުންގެ ފަރާތުން ވެގޯވީ ބޭނުންކުރާ ކަމަށް ބުނާ ވަރަށް ގިނަ ޕްރައިވެޓް މެސެޖުތައް ސޯޝަލް މީޑިއާގައި އަންނަ ކަމަށެވެ. އަދި އޮންލައިން ކެމިސްޓް ފާމެސީ ޑޮޓްކޮމްގެ ވެރިޔާ ރޮމިލް ޕަޓޭލް ވިދާޅުވީ ޖިމް އިންސްޓްރަކްޓަރުންނާއި ފަސްޓް ބަކް އޮޕަރޭޓަރުން ގަވާއިދާ ހިލާފަށް ވިއްކަމުންދާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ބޮލީވްޑްގެ އެކްޓަރ ސޯނޫ ސޫދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް ނެރެފި

އަމީތާބުގެ ކާފަދަރި އަނެއްކާވެސް ވެބްސައިޓް ތަކުގައި ހުރި ބައެއް ފޮޓޯއާއި މައުލޫމާތު ނަގައިދިނުމަށްއެދި އިންޑިއާގެ ހައިކޯޓަށް މައްސަލަ ހުށަހަޅައިފި

ސައިފް އަލީ ޚާން އަށް ވަޅިން ހަމަލާދިނުމުން ހޮސްޕިޓަލްގައި އެޑްމިޑްކޮށްފި

"ޕުޝްޕާ 2" ޕްރިމިއާގައި އަންހެނަކު މަރުވި މައްސަލާގައި އައްލޫ އަރުޖުން ހައްޔަރުކޮށްފި

ހަފީޒާ 4ވަނަ ބައި

ހަފީޒާ 2ވަނަ ބައި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
